ފޭވަރިޓް ކަމަށް ބުނަން އުނދަގޫ، އަފްގާނިސްތާންގެ އަމާޒު ފައިނަލަށް

May 31, 2026, 8:07 PM
އަފްގާނިސްތާން ކޯޗު ހޯސޭ އެންޓޯނިއޯ ނޮގޭރާ، މިއަދު ބޭއްވި އެ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

އަފްގާނިސްތާން ކޯޗު ހޯސޭ އެންޓޯނިއޯ ނޮގޭރާ، މިއަދު ބޭއްވި އެ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މާދަމާ ރާއްޖޭގައި ފަށާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ވާދަކުރާ އަފްގާނިސްތާން ޓީމަކީ މުބާރާތުގެ ފޭވަރިޓޭ ބުނަން އުނދަގޫ ކަމަށާއި އެހެން ނަމަވެސް އެ ޓީމުގެ އަމާޒަކީ މުބާރާތުގެ ފައިނަލަށް ދަތުރުކުރުން ކަމަށް އަފްގާނިސްތާންގެ ކޯޗު، ބްރެޒިލްގެ ހޯސޭ އެންޓޯނިއޯ ނޮގޭރާ ބުނެފި އެވެ.

އަފްގާނިސްތާން އަށް ޑައިމަންޑް ޖުބިލީ މުބާރާތުން ޖާގަ ލިބުނީ، ސްރީ ލަންކާ މުބާރާތުން ވަކިވުމުންނެވެ. އަފްގާނިސްތާން އާއި ރާއްޖޭގެ އިތުރުން ދެން، މި މުބާރާތުގައި ކުޅެނީ ބަންގްލަދޭޝް އާއި ޕާކިސްތާން އެވެ. 

ކުރިން ސާފް ޗެމްޕިއަންޝިޕްގައި ކުޅެ، ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕްގައި ވެސް ކުޅުނު އަފްގާނިސްތާން ޓީމަކީ، ޔޫރަޕްގެ އެކި ގައުމުތަކުގައި ކުޅޭ ކުޅުންތެރިން ގިނަ ޓީމެކެވެ. އެ ޓީމުން މުބާރާތް ފަށާ މެޗުގައި ބައްދަލުކުރަނީ ރާއްޖެއާ އެވެ. އެ މެޗު އޮތީ މާދަމާ ރޭ 9 ޖަހާއިރު ގަ އެވެ. 

Advertisement

ޑައިމަންޑް ޖުބިލީ މުބާރާތުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ނޮގޭރާ ބުނީ، ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަކީ އޭނާ ހަވާލުވި ފަހުން އަފްގާނިސްތާން ކުޅޭ ތިން ވަަނަ މެޗު ކަމަށްވުމުން، އޭނާ އަށް އެ ޓީމުގައި އާ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. އަދި، އަފްގާނިސްތާން ޓީމު އެއްކޮށް އޭނާ އަށް ލިބުނީ ރާއްޖެ އައި ފަހުން ކަމަށާއި އެހެންކަމުން، ފުރަތަމަ މެޗުގައި ރަނގަޅަށް ތައްޔާރުވެފައި އޮތް ރާއްޖޭގެ ޓީމާ ދެކޮޅަށް ކުޅުމަކީ ޗެލެންޖެއް ކަމަށް ނޮގޭރާ ވަނީ ބުނެފަ އެވެ. 

އަފްގާނިސްތާނަކީ މުބާރާތުގެ ފޭވަރިޓޭ ބުނަން އުނދަގޫ ކަމަށް ނޮގޭރާ ވަނީ ފާހަގަކޮށްފަ އެވެ. 

"އަހަރެމެން މި އައީ ވަޒީފާއެއް އަދާކުރަން، ފުރަތަމަ މެޗު ވެސް މި އޮތީ މުބާރާތް ބާއްވާ ގައުމާ ދެކޮޅަށް. ވަރަށް ރަނގަޅަށް މި މުބާރާތަށް ތައްޔާރުވެފައި އޮންނާނެ ޓީމަކާ ދެކޮޅަށް. އަހަންނަށް އެނގޭ ވަރަށް އުނދަގޫވާނެކަން މި މެޗު އަހަރެމެންނަށް. ދެން، އެ މެޗަށް ފަހު ދެން މި އޮތީ، ބަންގްލަދޭޝް އާއި ޕާކިސްތާނާ ދެކޮޅަށް ކުޅެން ވެސް އުނދަގޫ ދެ މެޗު. އިންޝާﷲ އަހަރެމެން ފައިނަލަށް ދާނެ. އަހަރެމެން ދެން ވެސް ބައްދަލުކުރިއްޔާ ރަނގަޅު،" ނޮގޭރާ ބުންޏެވެ. 

ނޮގޭރާ ވަނީ މީގެ ކުރިން، 2018 އާއި 2019 ވަނަ އަހަރު ޕާކިސްތާންގެ ކޯޗަކަށް މަސައްކަތްކޮށްފަ އެވެ. އެ ގޮތުން، އެ ފަހަރު ނޮގޭރާ ވަނީ ދިގު މުއްދަތަކަށް ފަހު، ޕާކިސްތާނުން އެކުލަވާލި ގައުމީ ޓީމު ގޮވައިގެން ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ގޮތުން، 13 އަހަރަށް ފަހު، ޕާކިސްތާނަށް ސާފް ޗެމްޕިއަންޝިޕް ސެމީ ފައިނަލުން ޖާގަ ހޯދައިދިނީ  ނޮގޭރާގެ ކޯޗުކަމުގަ އެވެ. އެކަމަކު، ވިއްސާރަ ދުވަހަކު ކުޅުނު ސެމީ ފައިނަލް މެޗުގައި 2-1 އިން އިންޑިއާ އަތުން ބަލިވެ ޕާކިސްތާން ކެޓީ އެވެ. 

ސާފް ސަރަަހައްދުގެ ފުޓްބޯޅައިގެ ތަޖުރިބާ އޭނާ އަށް ވަރަށް ރަނގަޅަށް ލިބިފައިވާ ކަމަށެވެ. އަދި، ސާފް ސަރަަހައްދެކޭ އެއްގޮތަށް މިހާރު އަފްގާނިސްތާނުން ކުޅެމުން އަންނަ ކާފާ ސަރަހައްދަކީ ވެސް ވަރުގަދަ ގައުމުތަކެއް ހިމެނޭ ސަރަހައްދެއް ކަމަށް ނޮގޭރާ ވަނީ ބުނެފަ އެވެ. 

"މި ދައްކަނީ ގައުމުތުައް ވާދަކުރާ އިންޓަނޭޝަނަލް ފުޓްބޯޅައެއްގެ ވާހަކަ. ކޮންމެ ޓީމެއް ކޮންމެ ޓީމަކަށް ވެސް އިހުތިރާމް ކުރަން ޖެހޭނެ. ހަމަ އެ ގޮތަށް ރަނގަޅަށް ކުޅެގެން މޮޅުވާނީ، އެކަން ވެސް ދަންނަންޖެހޭ،" ނޮގޭރާ ބުންޏެވެ. 

ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) ވެސް ޓީމުގައި އެބަަހުރި ކަމަށާއި އޭނާ އުމުރުން ދުވަސްވެފައި ހުރި ކަމުގައި ވިޔަސް ހުނަރަށް ބަލާނަމަ މޮޅުވާނެ ކަމަށް ނޮގޭރާ ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ވޭގާގެ ނަމެއް ނެތް، ފީފާ އިންތިހާބުގައި ތިން ކެންޑިޑޭޓުން!

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރާ ތިން ކެންޑިޑޭޓުންގެ ނަން އިއުލާނުކުރިއިރު، ކުރީގެ ކުޅުންތެރިޔާ ރަމޮން ވޭގާގެ ނަން ޝަރުތު ހަމަނުވުމުގެ ސަބަބުން ވަނީ ބާކީވެފައި. މި އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް އިންފަންޓީނޯގެ އިތުރުން ފްރާންސްގެ ފިލިޕޭ ޑިއާލޯ އަދި ޖަޕާނުގެ ކޯޒޯ ޓަޝީމާ

އަނިޔާއިން ރަނގަޅުވެ އިލާން އެނބުރި އަންނަން ތައްޔާރު

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު، މާޒިޔާގެ ފޯވާޑް މުހައްމަދު އިލާން އިމްރާން އަލުން ކުޅުމަށް އެނބުރި އަންނަން ތައްޔާރުވެއްޖެ. މި އަނިޔާގެ ސަބަބުން އިލާނަށް ސާފް ޗެމްޕިއަންޝިޕާއި ލީގުގެ މުހިންމު މެޗުތަކެއް ގެއްލުނު ނަމަވެސް، އޭނާ މިހާރު ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައި

ފީފާ އިން ނޭޕާލްގެ ސަސްޕެންޝަން އުވާލަނީ؟

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނަށް ދީފައިވާ ސަސްޕެންޝަން، ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އުވާލާނެ ކަމަށް ނޭޕާލުން ވަނީ ބުނެފައި. މި ސަސްޕެންޝަން އުވާލުމަށް ނޭޕާލް ސަރުކާރުގެ މަންދޫބުން ފީފާ އާއި އޭއެފްސީއާ އެކު މަޝްވަރާކޮށްފައި

އެފްއޭއެމްގެ އޮފިޝަލެއް ނެތް، ޓްރޮފީއާ ހަވާލުވީ ނޫސްވެރިއެއް!

ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފެއާ ޕްލޭ ޓްރޮފީ ރާއްޖެއަށް ލިބުނުއިރު، އެފްއޭއެމްގެ އޮފިޝަލަކު ނެތުމުން އެއާ ހަވާލުވީ ދިވެހި ނޫސްވެރިއެއް. އެފްއޭއެމް އިން ބުނި ގޮތުގައި ޓްރޮފީ ލިބޭކަން ސާފް އިން އެންގީ ވަރަށް ކުޑަ ވަގުތުކޮޅެއް އޮއްވާ ކަމަށާއި، ނޫސްވެރިއަކު ސްޓޭޖަށް އެރީ ސާފްގެ އޮފިޝަލުން އެދިގެން

އިންފަންޓީނޯގެ ޝަރުތު ހަމަވޭތޯ ގާނޫނީ ގޮތުން ބެލި

ފީފާގެ ރައީސްކަމަށް ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ޖިއާނީ އިންފަންޓީނޯގެ ޝަރުތު ހަމަވޭތޯ އިނގިރޭސި އެފްއޭއިން ގާނޫނީ ގޮތުން ބަލައިފި. ފީފާ ކައުންސިލުން ނިންމާފައިވަނީ އިންފަންޓީނޯގެ ފުރަތަމަ ދައުރަކީ ބާކީ އޮތް މުއްދަތެއް ފުރިހަމަކުރުން ކަމަށްވާތީ، އޭނާއަށް އިތުރު ދައުރަކަށް ކުރިމަތިލެވޭނެ ކަމަށް

އުމުރުން 38 އަހަރުގައި މަޓާ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

ސްޕެއިނާއެކު ވޯލްޑް ކަޕާއި ޔޫރޯ ކާމިޔާބުކޮށް، ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ފަދަ ބޮޑެތި ކްލަބްތަކަށް ކުޅުނު ހުއާން މަޓާ އުމުރުން 38 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ. ކުޅުމުން ރިޓަޔާކުރި ނަމަވެސް، ކުރިއަށް އޮތް ތަނުގައިވެސް ފުޓްބޯޅައިގެ ދާއިރާއިން ފެންނާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޕާކިސްތާން ފުޓްބޯޅަ ކުރިއަރާނީ ޕްރޮފެޝަނަލް ލީގެއް އޮވެގެން

ޕާކިސްތާން ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި އެ ގައުމުގައި ވަރުގަދަ ޕްރޮފެޝަނަލް ލީގެއް އޮތުން މުހިންމު ކަމަށް ގައުމީ ކޯޗު ނޮލްބާޓޯ ސޮލާނޯ ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ހަމައެކަނި ބޭރުގައި ކުޅޭ ކުޅުންތެރިންނަށް ބަރޯސާވުމުގެ ބަދަލުގައި، ލޯކަލް ކުޅުންތެރިން ކުރިއެރުވޭނީ ގަވާއިދުން ކުޅޭނެ ލީގެއް އޮވެގެން

Newsletter

Get the latest news delivered straight to your inbox