ހަމަނުޖެހުން ބޮޑުވެދާނެ ކަމަށް ވިދާޅުވެ ބިލް ފާސްކުރަން މެމްބަރުންތަކެއް ދެކޮޅު ހައްދަވައިފި

މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: ނަފްރަތުގެ ބިލް މިހާރު އޮތް ގޮތަށް ފާސްކުރަން މެމްބަރުންތަކެއް ވަނީ ދެކޮޅު ހައްދަވާފައި. -- ފޮޓޯ/ މަޖިލިސް

މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: ނަފްރަތުގެ ބިލް މިހާރު އޮތް ގޮތަށް ފާސްކުރަން މެމްބަރުންތަކެއް ވަނީ ދެކޮޅު ހައްދަވާފައި. -- ފޮޓޯ/ މަޖިލިސް

އިސްލާމްދީނާ ގުޅުވައިގެން ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ސަރުކާރުން ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު މިހާރު އޮތް ގޮތަށް ފާސްކޮށްފި ނަމަ ދީނީ އެއްބައިވަންތަކަން ގެއްލި އިތުރު ހަމަނުޖެހުންތަކެއްގެ ތެރެއަށް ގައުމު ހިނގައިދާނެ ކަމަށް ވިދާޅުވެ މެމްބަރުންތަކެއް މިރޭ ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

މަޖިލީހުގެ 10 މެމްބަރަކު ސޮއި ކުރައްވައި ނެރުއްވި ބަޔާނުގައި ވިދާޅުވީ ބިލް މިހާރު އޮތް ގޮތަށް ފާސްކުރުމަކީ ގޯހެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންވެ އެ މެމްބަރުން ނިންމެވީ މިހާރު އޮތް ގޮތަށް ފާސްކުރަން ތާއީދު ނުކުރެއްވުމަށެވެ.

އޭގެތެރޭގައި، ދަގެނތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހްސިން ހިމެނިވަޑައިގަންނަވަ އެވެ. އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ވެސް މިހާރު އޮތް ގޮތަށް ބިލް ފާސްކުރަން ދެކޮޅެވެ.

Advertisement

މި މެމްބަރުން ނެރުއްވި ބަޔާނުގައި ވިދާޅުވީ އެ ބިލް ހުށަހަޅާފައި އޮތީ އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާނޭ ގޮތެއްގެ މަތިން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ކަމަށާއި ބިލާ މެދު ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

ރައްޔިތުންގެ މެދުގައި ބައެއް ފަރާތްތަކުން އުފައްދާ ނަފްރަތުގެ އަމަލުތައް ހުއްޓުވާން ޖެހޭ ކަމަށް އެ މެމްބަރުން ގަބޫލުކުރައްވަ އެވެ. އެއީ ހައްލު ހޯދަން ޖެހޭ ވެސް މައްސަލައެއް ކަމަށާއި އެކަމަކު އިސްލާހު މިހާރު އޮތް ގޮތަށް ފާސްކޮށްގެންނެއް ނޫން ކަމަށް ވިދާޅުވި އެވެ.

"ދިވެހި ރާއްޖޭގެ ގާނޫނުލްއުގޫބާތަށް 124 ވަނަ މާއްދާގެ ގޮތުގައި އިތުކުރަން މިހާރު ހުށަހަޅާފައިވާ އިސްލާހަކީ މިކަމުގެ ހައްލު ކަމަަކަށް ނުވަތަ މިފަދަ ގާނޫނެއް ފާސްކުރުމުގެ މަގްސަދު ހާސިލްވާނެ ބިލެއް ކަމަކަށް އަޅުގަނޑުމެން ނުދެކެމެވެ،" ބަޔާނުގައިވެ އެވެ.

މެމްބަރުން ވިދާޅުވި ގޮތުގައި ޖުޑިޝަރީ ކޮމިޓީން ބިލަށް ގެނެސްފައިވާ އިސްލާހުތަކަށް ބަލާއިރު ނަފްރަތުގެ އަމަލުތައް ހުއްޓުވުމުގެ ހައްލަަކަށް ވުމުގެ ބަދަލުގައި އިތުރަށް ގޯސްވުމުގެ ފުރުސަތު އެބައޮތެވެ. އަދި ބިލުގެ ސަބަބުން ދިވެހިންގެ މެދުގައި ދީނީ އެއްބައިވަންތަކަން ގެއްލި ހަމަނުޖެހުން އިތުރުވުމުގެ ބިރުއޮތް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި މިފަދަ ބިލަކަށް މަޝްވަރާ ހޯދަން ޖެހޭ ވަރަށް ކޮމިޓީ މަރުހަލާގައި އެކަން ވެސް ކޮށްފައެއް ނުވެ އެވެ. މިބިލަށް އިސްލާމިކް މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަން ފަދަ އިދާރާތަކުން ހުށަހެޅި އިސްލާހުތަކަށް ރިއާޔަތް ނުކޮށް ކޮމިޓީން ބިލް ފާސްކުރުމަކީ ވެސް ކަންބޮޑުވުމެއް ކަމަށް ބަޔާނުގައިވެ އެވެ.

އެ މެމްބަރުން ގޮވާލެއްވީ ބިލް ފާސްކުރުމުގެ ކުރިން އަދިވެސް ވީހާވެސް ފުޅާކޮށް މަޝްވަރާކޮށް އިސްލާހުތައް ގެނައުމަށެވެ.

ކޮމިޓީ މަރުހަލާގައި ބޮޑެތި ކަންބޮޑުވުންތަކެއް އޮތް، ބިލު ނިންމި ގޮތާމެދު ފާޅު ކުރަމުންދާ ކަންބޮޑުވުންތައް ހައްލުކުރަން ސަރުކާރުން އެ ބިލަށް އަނެއްކާވެސް ބޮޑެތި އިސްލާހުތަކެއް މިއަދު ވަނީ ހުށަހަޅައިފަ އެވެ.

އެގޮތުން، ފުރަތަމަ މާއްދާ އިސްލާހުކުރަން ހުށަހަޅާފައިވަނީ ދީނީ ވަކި ރައުޔުއަކަށް ތާއީދުކުރާ މީހަކާމެދު އަނިޔާވެރިވުމަށް ގޮވައިލުން ހިމަނައިފަ އެވެ.

އޭގެ އިތުރުން، އެ މާއްދާގެ ދެ ވަނަ ނަންބަރަށް ކޮމިޓީން އިސްލާހުކުރި ގޮތް، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ހުށަހެޅުއްވި އިސްލާހުގައި ވަނީ ބަދަލުކޮށްފަ އެވެ.

އެ މާއްދާގެ ދެވަނަ ނަންބަރު ކޮމިޓީން އިސްލާހުކުރިއިރު އޮތީ، މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ގަސްދުގައި ފާޅުނުކުރާހާ ހިނދަކު، ނުވަތަ ގަސްދުގައި ފާޅުގައި ދީނުން ބޭރުވެ މުރުތައްދުނުވާހާ ހިނދަކު، އާންމު ތަނެއްގައި، އެމީހަކު ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުން ނުވަތަ އެފަދައިން ތުހުމަތުކުރުން ކުށަކަށްވާ ގޮތަށެވެ.

ނަމަވެސް، ޔައުގޫބު ހުށަހެޅުއްވި އިސްލާހުގައި ކުފުރުގެ އަމަލެއް އިސްލާމީ ޝަރީއަތުގެ މިންގަނޑުގެ ތެރެއަށް ފެއްތުމުގެ އިތުރުން، ކުފުރުގެ ބަހެއް ނުވަތަ އަމަލެއް ބަޔާންކުރުމަށް އެ މާއްދާއިން ހުރަސްނާޅާ ކަމަށް ބަޔާންކޮށްފައިވެ އެވެ.

އެ ބިލު އެންމެ ފުރަތަމަ ހުށަހެޅިގެން އައިއިރު ވެސް، ދީނާ މެދު ނަފުރަތު އުފެއްދުން ހިމަނާފައިނުވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އަދި އެބައި ނުހިމެނީ ދީނަށް ފުރައްސާރަ ކުރާ މީހުން ހިމާޔަތްކުރުމުގެ ބޭނުމުގައި ކަމަށް ބުނެ ސަރުކާރަށް ތުހުމަތު ކުރި އެވެ.

ނަމަވެސް، ކޮމިޓީގެ ރިޕޯޓަށް ޔައުގޫބު ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި، ދީނާ މެދު ނަފުރަތު އުފެއްދުން ވެސް ޖިނާއީ ކުށަކަށް ހަދަން ވަނީ ހިމަނައިފަ އެވެ.

އޭގެތެރޭގައި، ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން، ނުވަތަ ކުރި އަމަލަކުން، އެމީހަކަށް އަނިޔާވެރިވުމަށް ގޮވައިލުން ހިމެނެ އެވެ.

ސަރުކާރުގެ ފަރާތުން ޔައުގޫބު ހުށަހަޅުއްވާ އިސްލާހުތައް ކޮމިޓީ ރިޕޯޓުގައި ހިމެނޭނީ ތަޅުމުން އެގޮތަށް ފާސްކޮށްފި ނަމަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox