މުއިއްޒު ވިދާޅުވިގޮތަށް މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލު ހިނގަމުންދާ ދައުރުގައި މަޖިލީހަށް ހުށަނޭޅޭނެ

.

.

ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ގޮތަށް މަރުގެ އަދަބު ދިނުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލު މި އަހަރުގެ ހިނގަމުންދާ ދައުރުގެ ތެރޭގައި ހުށަނޭޅޭނެ ކަމަށް އެޓާނީ ޖެނެރަލް އަހްމަދު އުޝާމް މިއަދު ހާމަކުރައްވައިފި އެވެ. 

އުޝާމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މަރުގެ އަދަބާ ގުޅޭގޮތުން މަޖިލީހުގެ ހިނގަމުންދާ ދައުރުގެ ތެރޭގައި ހުށަހަޅަން މަސައްކަތްކުރި ބިލު މި ދައުރުގެ ތެރޭގައި ހުށަހެޅޭނެ ކަމަށް މިހާރު ގަބޫލު ނުކުރެވޭ ކަމަށެވެ. 

"ރައީސް އެ ފާހަގަކުރެއްވި ފަދައިން އަޅުގަނޑުމެން މަސައްކަތް ކުރަމުންދިޔައީ މި ދައުރުގެ ތެރޭގައި އެ ބިލު [މަރުގެ އަދަބާ ގުޅޭ ބިލު] ހުށަހެޅޭތޯ. އަޅުގަނޑު މަސައްކަތް ކުރަމުންދިޔައީ މި ދައުރުގެ ތެރޭގައި ހުށަހެޅޭތޯ. އެހެންނަމަވެސް މިހާރު ގަބޫލެއް ނުކުރެވޭ މި ދައުރުގެ ތެރޭގައި އަޅުގަނޑުމެންނަށް ހުށަހެޅޭނެ ކަމަކަށް،" އޭނާ ވިދާޅުވި އެވެ. 

ނަމަވެސް މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ތެރޭގައި މަރުގެ އަދަބު ދިނުމާ ގުޅޭ ބިލު ހުށަހެޅޭނެ ކަމަށާއި އެ ބިލުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބިލު މަޖިލީހަށް ހުށަހެޅުމުގެ ކުރިން ދީނީގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުން ބަލަންޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށެވެ. 

"އަޅުގަނޑު ގަބޫލުކުރަނީ ދެވަނަ ދައުރުގެ ތެރޭގައި ހުށަހެޅޭނެ ކަމަށް. އެ ބިލުގެ މަސައްކަތް ފުދޭވަރަކަށް ބޮޑަށް ނިމިފައި އޮތީ. މިހާރު ދެން އެކަމުގެ ބާވަތުން އަޅުގަނޑުމެން ބަލަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި. ދީނީ އޭންގަލަކުން ބަލަންޖެހޭ ކަންތައްތައްވެސް އެބަހުރި. އަޅުގަނޑުމެން އެކަންކަން ބެލުމުގެ ޕްރޮސެސް މިހާރު މި ކުރިއަށް މިގެންދަނީ،" އޭނާ ވިދާޅުވި އެވެ. 

މަރުގެ ހުކުމް ތަންފީޒުނުކުރުމަކީ އޮޕްޝަނެއް ނޫންކަން ފާހަގަކުރައްވާ އުޝާމް ވިދާޅުވީ ކޯޓުތަކުން ކުރާ ކޮންމެ ހުކުމެއްވެސް ތަންފީޒުކުރަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް މިހާރު އޮތް ގަވާއިދުގެ ތެެރެއިން މަރުގެ ހުކުމް ތަންފީޒުކުރުމުގެ ބަދަލުގައި ގާނޫނެއްގެ ދަށުން އެކަން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށް އަނެއްކާ ވެސް ރައީސް ވިދާޅުވެއްޖެ

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރުމަށް ހާއްސަ ގާނޫނެއް ގެނައުމަށް ބަންޑާރަނައިބުގެ އޮފީހުން ބިލެއް ތައްޔާރުކުރަމުންދާ ކަމަށާއި އެ ބިލު މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރުގައި ހުށަހަޅާނެ ކަމަށް.

މިދިޔަ މާޗު މަހު ނޫސްވެރިންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލު މަޖިލީހުގެ ހިނގަމުންދާ ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. 

"ބަންޑާރަނައިބުގެ އޮފީހުން އެބަ ކުރިއަށްގެންދަން މިފަދަ ފަރާތްތަކަށް މަރުގެ އަދަބު ތަންފީޒުކުރުމުގެ ހާއްސަ ގާނޫނެއް ގެނައުމަށްޓަކައި އެކަމާ ބެހޭ ބިލެއް އެބަ ތައްޔާރުކުރަން. އެހެންވީމަ މި ބިލު އިރާދަކުރެއްވިއްޔާ ނިމުމަކާ ހަމައަށް ގޮސްފައިވަނީ. މިހާރު ހިނގަމުންދާ މަޖިލީހުގެ، މި އަހަރު ހިނގަމުންދާ ދައުރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މި ބިލު އަޅުގަނޑުމެން މަޖިލީހަށް ފޮނުވާނަން،" މުއިއްޒު ވިދާޅުވި އެވެ.

މަޖިލީހުން ބިލު ފާސްވުމާއެކު އެ ބިލު ތަސްދީގުކުރައްވާނެ ކަމަށާއި އެއަށްފަހު ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންގެ ތެރެއިން ވަކި ބަރުދަނެއް ހަމަވާ މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ބެންޗުގެ އިއްތިފާގުން ހުކުމް ކުރާ ހާލަތުގައި ޑްރަގުގެ ބޮޑުންނަށް މަރުގެ އަދަބު ދިނުމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް މި ސަރުކާރުން ވަނީ ބަދަލު ގެނެސްފަ އެވެ.

ރާއްޖޭގައި 1954 ވަނަ އަހަރުގެ ފަހުން މަރުގެ އަދަބު ތަންފީޒުކޮށްފައި ނުވެ އެވެ. 2024 ވަނަ އަހަރުގެ ނިޔަލަށް ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ނިމި މަރުގެ އަދަބު ދޭ ހިސާބުގައި ހަތަރު މީހަކު ތިބި ކަމަށް ސަރުކާރުން 2024 ވަނަ އަހަރު ހާމަކުރި އެވެ.

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެންނަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ނިންމި އެވެ. އެހެން ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ސިޔާސަތު 2018 ގައި ބަދަލުކުރި އެވެ.

މަރުގެ އަދަބު ތަންފީޒު ކުރަން ކުރިން ވަކާލާތު ކުރެއްވި ނަމަވެސް، ޝަރުއީ ދާއިރާއަށް އިތުބާރު ނެތުމުން އެކަމަށް މިހާރު ތާއިދު ނުކުރައްވާ ކަމަށް ޔާމީން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox