އާރާއިބާރަކީ ފާފައިގެ ވަސީލަތަކަށް ހެދުމުގެ ނަތީޖާ ހިތި

ހައިބަތުހުރި ތަހުތު

ހައިބަތުހުރި ތަހުތު

"ދެނެގަތުން ކޮންމެހެން މުހިންމު ކަންކަމުގެ ތެރޭގައި ކުށްފާފަތަކަކީ ގެއްލުންހުރި ކަމެއްކަން އެނގުން ހަމަކޮންމެހެންވެސް ހިމެނިގެންވެއެވެ. އެއިން ހިތަށް ކުރާ ގެއްލުމުގެ މިސާލަކީ ހަށިތަކަށް ވިހައިގެ އަސަރުން ލިބޭ އެކި ދަރަޖައިގެ ގެއްލުންފަދަ އެއްޗެކެވެ. 

އޭގެ ސަބަބަކީ ފާފަތަކާއި ކުށްތަކަށް ނުވާ ހަމަ އެއްވެސް ބައްޔެއް ބަދުނަސީބެއް ދުނިޔޭގައި ވިޔަސް އާޚިރަތުގައި ވިޔަސް ލިބިދާނެހެއްޔެވެ؟ އުފާތަކާއި އަރާމުތަކުގެ ގޯތި ސުވަރުގެއިން އަހަރެމެންގެ މައިންބަފައިން ނެރެ، ރިހުންތަކާއި ހިތާމަތަކާއި މުސީބާތްތަކުގެ ގޯއްޗަށް ގެންދިޔައީ ކުށާއިފާފަ ފިޔަވައި އެހެން ކޮން އެއްޗެއްހެއްޔެވެ؟ 

އިބްލީސް މަލަކޫތީ ޢާލަމުން ބޭރުކުރެވި ލައުނަތް ލެއްވި، އޭގެ ސިފަ ބަދަލުކުރެވި، އޭގެ ސޫރައަކީ އެންމެ ހަޑި އެންމެ ހުތުރު އެތިކަމުގައި ލެއްވުނު ސަބަބަކީ އެހެން ކޮން ކަމެއްހެއްޔެވެ؟ ...ބިމުގެ އެންމެހާ އަހުލުވެރިން ގަރަގުކުރެވި ފަރުބަދަތަކުގެ ކުންނާ ހަމައަށް ފެންބޮޑުވެގެންދިޔަ ސަބަބަކީ ކޮން ކަމެއްހެއްޔެވެ؟ 

އާދުބާގައިގެ މީހުންނަށް އައި ތޫފާނުން ހޮއިހެދިފައިވާ ރުކުބުޑުތަކެއްހެން އެބައިމީހުން މޫނުވަތަށް ބިންމަތީގެ އެތަން މިތަނަށް ހޭނެތިގެން އުކިފައިތިބީ ކުށްފާފަ ފިޔަވައި އެހެން ކޮންކަމަކާ ލައިގެންހެއްޔެވެ؟ އެބަޔަކުގެ ހިތްތަކާއި ގޮހޮރުތައް ބުރިވެގެން މަރުވެގެންދިޔަ ބިރުވެރި އަޑުގެ ކޯފާއިން ސަމޫދު ބާގައިގެ މީހުން ހަލާކުވެގެންދިޔައީވެސް ކުށާއި ފާފައިގެ ސަބަބުން ނޫން އެހެން ކޮންކަމަކުންހެއްޔެވެ؟

ކުށްފާފައިގެ ސަބަބުން ދުނިޔޭގައި ލިބޭ އުގޫބާތްތަކުގެ ތެރޭގައި، ތައުފީގު މިންވަރުކުރެއްވުން ކުޑަވެގެންދިއުމާއި ބުއްދި ގޯސްވުމާއި ހައްގުގޮތް ނުފެނުމާއި ހިތް ފަސާދަވުމާއި މީސްތަކުންގެ ކުރިމަތީ ތިމާގެ އަގުވެއްޓުމާއި ވަގުތު ގެއްލުމާއި އަނެކުންގެ ނަފުރަތު ލިބުމާއި ކަލާނގެއާ ގުޅުން ކެނޑުމާއި ދުއާ އިޖާބަވުން ހުއްޓިގެންދިއުމާއި ހިތްގާވުމާއި ރިޒްގާއި އުމުރުން ބަރަކާތް ކެނޑުމާއި އެނގުމުން މަހުރޫމުވުން ހިމެނެއެވެ.

ނިކަމެތިކަމުގެ ފޭރާންލެވި، އަދާވާތްތެރިންގެ އިހާނާތްތެރިކަން ލިބި، މެޔަށް ތާށިކަން ވެރިވެ، ތިމާގެ ހިތްފަސާދަކޮށް ވަގުތު ހަރާބުކުރުމުގައި ތިމާގެ ބައިވެރިންކަމުގައިވި ނުބައިއެކުވެރިންގެ ޒަރީއާއިން ޚުދު ތިމާ އިމްތިހާނުކުރެވިގެންދިއުން ވެސް ހިމެނިގެންވެއެވެ. 

ހާސްކަން އިތުރުވެ ކަންބޮޑުވުން ދިގުވެ ދިރިއުޅުން ދަތިވެގެންދެއެވެ. ފާފައާއި ގަފުލަތުގެ ސަބަބުން ހާސްކަމާއި ކަންބޮޑުވުންތައް އުފަންވެ އިތުރުވެގެންދަނީ ފެނުގެ ސަބަބުން ކުއްލިއަކަށް ހެދިގަންނަ ގޮވާމުގެ މިސާލުގައެވެ. ގަދަ އަލިފާނުން ބަޑިޖަހާފައި ތަކެތި އަނދާ ހުލިވާ މިސާލުގައެވެ."

ކޮމާކޯޅީގައި ބަޔާންވެ އެދިޔައީ އަޅުގަނޑުގެ އަމިއްލަ ބަސްތަކެއް ނޫނެވެ. ބޮޑު އިލްމުވެރިއެއްކަމަށްވާ އަލްޢައްލާމާ އިބްނުލްޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވާ ބަސްފުޅުތަކެކެވެ. އޭގައި އެހުރީ ހަމަ ތެދެވެ. ކުށްފާފައަކީ އޭގެ ސަބަބުން ދުނިޔޭގައި އެތައް ގެއްލުމާއި ބަދުނަސީބާއި ކުރިމަތިލާންޖެހޭ ކަމެކެވެ. ކިއެއްހެއްޔެވެ؟ ދުނިޔޭގައިވެސް ޖެހޭ ހުރިހާ މުސީބާތަކާއި ލިބޭހާ ނާކާމިޔާބެއްގެ އަސްލަކީ ކުށާއި ފާފަތެކެވެ. 

އެހެންވީމާ، ނާކާމިޔާބާއި ބަދުނަސީބުގައި ތައުބާވުމަށްވުރެ ބުއްދިވެރި އެހެން ކަމަކަށް އިރުޝާދެއް ނުދެވޭނެއެވެ. އަދި ތައުބާވުމަށްވުރެ ހިކުމަތްތެރި އެހެން ކަމެއް އެއްވެސް އިންސާނަކަށް ނުމެކުރެވޭނެއެވެ. އެކަމަކު ތައުބާވުމަކީ ވަކި ގޮތަކަށް ކުރަންޖެހޭ ކަމެކެވެ. ތައުބާވުމަކީ އިސްލާމްދީނުގައި އެކަމަށް ޝަރުތުތަކަކާއި ރުކުންތަކެއް ކަނޑައެޅިފައި ހުރި ކަމެކެވެ. 

ކީރިތި ޤުރުއާނާއި ސުންނަތް ދިރާސާކުރެއްވުމަށްފަހު ބޮޑެތި އިލްމުވެރިން ތައުބާވުމުގައި ވަކި ޝަރުތުތަކެއް ފުރިހަމަވުން ލާޒިމްކަމުގައި ވިދާޅުވެފައިވެއެވެ. އިހުލާސްތެރިކަމެވެ. ތެދުވެރިކަމާއެކު ތައުބާވުމެވެ. ތައުބާވާން އެދޭ ފާފަތައް ކުރުން ހުއްޓާލުމެވެ. އެ ފާފަތައް ކުރެވުނުކަމަށް ދެރަވެ ހިތާމަކުރުމެވެ. އެކަންކަން އަލުން ނުކުރުމަށް އަޒުމް ކަނޑައެޅުމެވެ. މީހެއްގެ ނުވަތަ ރައްޔިތުންގެ ހައްގުތަކަކަށް އަރައިގަނެވިފައިވާ ނަމަ ރައްޔިތުންގެ ކިބައިން މާފަށް އެދި ހިތްހަލާލު ހޯދުމެވެ. އަދި ނޭވާހޮޅިއަށް އެޅުމުގެ ކުރިޔަށް ތައުބާވުމެވެ.

ކިތަންމެ ގިނަ ނަމާދެއް ކުރިޔަސް ކިތަންމެ ގިނަ ރޯދައެއް ހިފިޔަސް އަދި އަހަރު ދެކޮޅު އުމުރާ ކުރިޔަސް، މީސްތަކުންގެ ހައްގުތަކަށް އަރައިގަނެ ހިތުހުރިހާ ގޮތަކަށް ފާފަތައް ކުރަމުން ތިމާއަށް ލިބިފައިވާ އާރާއި ބާރަކީ ފާފަތައް އިންތިޒާމުކުރުމުގެ ވަސީލަތްތަކެއްގެ ގޮތުގައި ހަދާނަމަ، އެމީހަކީ ދެދުނިޔޭގައި ބަނގުރޫޓުވެފައި ދުނިޔެއާއި އާޚިރަތުގައިމެ އަބާއްޖަވެރިއެކެވެ. މިއީކީ އަޅުގަނޑުގެ އަމިއްލަ ބަހެއް ނޫނެވެ.

މާތް ނަބިއްޔާ ހަދީސްކުރައްވާފައިވެއެވެ. "ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުން ބަނގުރޫޓުވެފައިވާ މީހާ، ޤިޔާމަތް ދުވަހުގައި އަންނާނީ ނަމާދާއި ރޯދައާއި ޒަކާތާ ހިފައިގެންނެވެ. އެކަމަކު އޭނާ އަންނައިރު، އޭނާ ވަނީ އެމީހާއަށް އެއްޗެހި ގޮވައި، މިމީހާއަށް ބަދުބަސްބުނެ މިހިރަ މީހާގެ މުދާ ކައި، އަނެއް މީހާގެ ލޭ އޮހޮރުވައި، ދެން ހުރި މީހާއާ މާރާމާރީ ހިންގާފައެވެ. ދެން އޭނާގެ ހެޔޮ ކަންކަމުން ނަގާފައި އެމީސް މީހުންނަށް ދެވެއެވެ. އެހެން ގޮސް އޭނާގެ ހެޔޮ ކަންކަން ހުސްވުމުން އެމީސްމީހުންގެ ނުބައިފާފަތަކުން ނަގާފައި މީނާގެ ބޮލުގައި އެޅުވެއެވެ. ދެން އޭނާ ނަރަކައަށް އެއްލާލެވެއެވެ."

ހިތުހުރިހާ ނުބައިކަމެއް  ކޮށްފައި، ވައްކަމާއި ފަސާދައަށް ހުރިހާ ކަމެއް ހިންގާފައި، އާރާއި ބާރުވެރިކަން އެއީ ފާފަތަކުގެ ވަސީލަތެއްގެ ގޮތުގައި ހަދާފައި، ކިތަންމެ ގިނަ ނަމާދަކާއި، ރޯދައަކާއި އެނޫންވެސް އަޅުވެރި ގޮތްތައް މީސްތަކުންގެ ލޯމައްޗަށް ދެއްކިޔަސް، ހަގީގީ ތައުބާއަކުން ތައުބާ ނުވާނަމަ، އެމީހެއްގެ ނިމުން ޤިޔާމަތްދުވަހުގައި ހުންނާނީ މިހަދީސް ބަސްފުޅުގައި ވާރިދުވެފައިވާ ގޮތުގެ މަތީންނެވެ.

އަދި އޭގެ ކުރިއަށް ދުނިޔޭގައި ފާފަވެރިންނާ ފޮށޭނެ އެންމެހާ ބަލާ މުސީބާތްތަކާއި ބަދުނަސީބުތަކާއި ނާކާމިޔާބުތައް އެއީ އެންމެންގެ ކުރިމަތީގައި ހިނގަމުންދާނޭ ހަމަ އެކަކަށްވެސް އެކަންކަން ނުހުއްޓުވޭނެ ގޮތުން ދުނިޔަވީ އުގޫބާތްތަކުގެ ގޮތުގައި ފާފަވެރިންނަށް ލައިގަންނަމުންދާނޭ ކަންކަމެވެ. 

އިބްރާހީމް ސޫރަތުގެ ސާޅީސް ދެވަނަ އާޔަތުގައިވެއެވެ. "އަނިޔާވެރިން ކުރާ ކަންތަކާމެދު، ﷲ ޣާފިލުވެ ވޮޑިގެންވާކަމަށް ކަލޭގެފާނު ހީފުޅުނުކުރައްވާ ހުށިކަމެވެ! އެކަލާނގެ އެއުރެން ފަސްކުރައްވާކަން ކަށަވަރީ ލޯތައް ހުޅުވޭ ދުވަހަކަށެވެ."

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީބިޓީ: ތަރައްގީގެ ފަރުދާގެ ފަހަތުން ވިއްކާލެވޭ ގައުމީ ސިޔާދަތު

ނަމަވެސް، މިއަދު އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތަށް ކުރިމަތިވެފައިވާ ނުރައްކާ އަންނަނީ ބަޑިއާއި ބޮމަކުން ނޫނެވެ؛ އެ ނުރައްކާ ފޯރަމުންދަނީ ތަރައްގީގެ ނަމުގައި ދައްކާ ކުލަގަދަ މަންޒަރުތަކާއި، ސިއްރުން ސޮއިކުރެވޭ އެއްބަސްވުންތަކުގެ ތެރެއިންނެވެ.

ސިޓީބިޓީ: ކަނޑު ކޮމިޝަނަކީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެއް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި "ކަނޑު ކޮމިޝަނަކީ" ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ރަސްމާލެ މަޝްރޫއުގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކޮށް، ބަޖެޓުން ބޮޑެތި އިސްރާފުތަކެއް ހިނގާނެ، ނަތީޖާއެއް ނުނެރެވޭނެ ސިޔާސީ އުކުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރަސްމާލެ މަޝްރޫއު: ބިމުގެ އަގާ ގުޅޭ ބަހުސް

ރަސްމާލެ މަޝްރޫއަށް ހިއްކާފައިވާ ބިމުގެ އަގު ކަނޑައެޅުމުގައި، ހަމައެކަނި ހިއްކުމަށް ހިނގި ހަރަދަށް ބެލުމުގެ ބަދަލުގައި މުސްތަގުބަލުގައި އެ ބިމުން ލިބޭނެ އިގުތިސާދީ މަންފާއާއި ބާޒާރުގެ އަގަށް ރިއާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން، މި މަޝްރޫއަށް ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި މާލީ އިލްތިޒާމްތަކަށް ޒިންމާވާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

Newsletter

Get the latest news delivered straight to your inbox