އުޝާމްއަށް އާހިދުގެ ރައްދު: ގާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ހިފާކަމުގެ ހެއްކެއް ނެތް، އިހުމާލުވަނީ އިދާރާތަކުން!

އިންފޮމޭޝަން ކޮމިޝަނަރު އާހިދު: އޭނާ ވަނީ އިންފޮމޭޝަން ކޮމިޝަނުގެ ތަފާސްހިސާބުތައް ބެއްލެވުމަށް އުޝާމްއަށް ދައުވަތު އަރުވާފައި - ފޮޓޯ: އަދަދު

އިންފޮމޭޝަން ކޮމިޝަނަރު އާހިދު: އޭނާ ވަނީ އިންފޮމޭޝަން ކޮމިޝަނުގެ ތަފާސްހިސާބުތައް ބެއްލެވުމަށް އުޝާމްއަށް ދައުވަތު އަރުވާފައި - ފޮޓޯ: އަދަދު

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ކަމަށް ވިދާޅުވެ ބަންޑާރަނައިބު، އަހުމަދު އުޝާމް ދެއްކެވި ވާހަކަފުޅުތަކަށް އިންފޮމޭޝަން ކޮމިޝަނަރު، އާހިދު ރަޝީދު ރައްދު ދެއްވައިފި އެވެ.

އުޝާމް ދެއްކެވި ވާހަކައަށް ރައްދުދެއްވައި އާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާރުޓީއައި ގާނޫނުގެ ބޭނުން ނަހަމަގޮތުގައި އެއްވެސް ފަރާތަކުން ހިފާކަމުގެ ހެއްކެއް ފެންނަން ނެތް ކަމަށެވެ.

"މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ނިޒާމީ ސިފައެއްގައި ހިފަމުންދާ ކަމުގެ އެއްވެސް ހެއްކެއް އަދި ފެންނާކަށް ނެތް. ވަކިވަކި ހާލަތްތަކުގައި އުނދަގޫ ސުވާލުތައް ހުށަހެޅި ނަމަވެސް، އެއީ އާންމުކޮށް ހިނގާ ކަމެއް ނޫން،" އާހިދު ވިދާޅުވި އެވެ.

Advertisement

"އޭގެ ބަދަލުގައި، މައުލޫމާތު ހޯދުމަށް އެދި ހުށަހެޅުމުން ދައުލަތުގެ އިދާރާތަކުން އެއްވެސް ޖަވާބެއް ނުދީ ހަނު ތިބޭ މައްސަލަ މާ ބޮޑަށް ވެސް އާންމު."

އާހިދު ވިދާޅުވީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އިސްވެ މައުލޫމާތު ހާމަކުރުމުގެ ޒިންމާ މިހާތަނަށް އެއްވެސް ވުޒާރާއަކުން ފުރިހަމައަށް އަދާކޮށްފައި ނުވާ ކަމަށެވެ. ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުން އަމިއްލައަށް ހާމަކުރަންޖެހޭ މައުލޫމާތުތައް ހާމަކުރުމުގައި ބޮޑެތި އިހުމާލުތަކެއް ހުރިކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާހިދު މިފަދަ ރައްދެއް ދެއްވައި ވާހަކަދައްކަވާފައި މިވަނީ މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އުޝާމް ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

ގާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ރައީސް އޮފީހުން ޖަވާބު ނުދޭ މައްސަލައިގައި ކުރި ސަުވާލަކަށް ޖަވާބުދެއްވަމުން އުޝާމް ވިދާޅުވީ އާރުޓީއައި ގާނޫނަކީ ވަރަށް މުހިންމު މަގުސަދެއްގައި އެކުލަވާލައިފައިވާ ގާނޫނެއް ކަމަށެވެ. ނަމަވެސް، ބައެއް ފަރާތްތަކުން އެ ގާނޫނުގެ ބޭނުން ނަހަމަގޮތުގައި ހިފާކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ގިނަ ފަހަރަށް ފެނިގެން މިދަނީ މިހާރަކަށް އައިސް އަމުދުން، ގިނަ ފަހަރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އާރުޓީއައި ގާނޫނު ވަރަށް ބޮޑަށް އެބިއުސްކުރާތަން ވެސް އަޅުގަނޑަށް އެބަ ފެނޭ،" އުޝާމް ވިދާޅުވި އެވެ.

އާރުޓީއައި ގާނޫނުގެ ބޭނުން އެ ގޮތަށް ހިފާތީ އާރުޓީއައިތަކަށް ޖަވާބު ދިނުމުގައި ސަރުކާރުގެ އިދާރާތަކުން ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ގިނަ ކަމަށް އުޝާމް ވިދާޅުވި އެވެ. އަދި، މިއީ އެ ގާނޫނު ބޭނުންކޮށްގެން ކުރާ "ކަންތައްތަކުގެ" ސަބަބުން ވާކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭގެ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

އެ ވާހަކަތަކަށް ރައްދުދެއްވައި އާހިދު ކުރެއްވި ޕޯސްޓުގައި ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ހުރި ތަފާސްހިސާބުތަކާއި މައުލޫމާތުތައް ދިރާސާކުރުމަށް އުޝާމްއަށް ދައުވަތު ދެއްވާފައެވެ. ވަކިން ހާއްސަކޮށް މައުލޫމާތު ކޮމިޝަނަރުގެ އޮފީހުގެ އަހަރީ ރިޕޯޓުތަކާއި، ގާނޫނު ތަންފީޒުކުރާ މިންވަރު ބެލުމަށް ތައްޔާރުކޮށްފައިވާ އެސެސްމަންޓް ރިޕޯޓުތަކަށް ބެއްލެވުމަށް އާހިދު އިލްތިމާސް ކުރެއްވި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ އޮފީހަށް ހުށަހެޅި 712 ޝަކުވާގެ ތެރޭގައި ގިނައީ އެއްވެސް ޖަވާބެއް ނުލިބިގެން ހުށަހަޅާފައިވާ ޝަކުވާ (487) އެވެ. 

އެންމެ ގިނަ މައްސަލަތައް ރައްދުވާ އެއް އިދާރާއަކީ ރައީސް އޮފީހެވެ. އެ އޮފީހަށް ހުށަހެޅި ގިނަ ހުށަހެޅުންތަކަށް އެއްވެސް ޖަވާބެއް ނުލިބޭ ތަނުގައި، ބައެއް މައްސަލަތަކުގައި އައިކޮމް އިން އެންގުމުން ވެސް އެ މައުލޫމާތު ނުދީ ގިނަ ދުވަސްތަކެއް ކޮށްފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox