ސައްހަ ނިޔަތުގައި ހުށަހަޅާ އާރުޓީއައިތަކަށް ޖަވާބު އަރުވާނެ ކަމަށް ތަރުޖަމާނު ވިދާޅުވެއްޖެ

މުހައްމަދު ހުސައިން ޝަރީފް (މުންދު)

މުހައްމަދު ހުސައިން ޝަރީފް (މުންދު)

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހަޅާ އާރުޓީއައިތަކަށް ޖަވާބު ދިނުމުގައި ސަރުކާރުން ބަލާ މިންގަނޑުތައް މިއަދު ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ހާމަކުރައްވައިފި އެވެ. 

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ކަމަށް ވިދާޅުވެ ބަންޑާރަނައިބު، އަހުމަދު އުޝާމް ދެއްކެވި ވާހަކަފުޅުތަކަށް އިންފޮމޭޝަން ކޮމިޝަނަރު، އާހިދު ރަޝީދު ރޭގެ ވަގުުތެއްގައި ރައްދު ދެއްވި އެވެ. 

އެ ވާހަކަތަކާ ގުޅިގެން މިހާރު ހިނގަމުންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުން މުންދު ވިިދާޅުވި ގޮތުގައި ރައީސް އޮފީހަށް ހުށަހަޅާ އާރުޓީއައިތަކުގެ ތެރެއިން ގިނަ އާރުޓީއައިތަކަށް ޖަވާބު ވަނީ ދީފަ އެވެ.

“ސައްހަ ފަރާތްތަކުން މީގެ ބައެއް ފަހަރު ބަލާލާއިރު އައިޑެންޓިޓީ ވެސް ދިމާނުވޭ. އޭގެ މާނައަކީ ސައްހަ ނިޔަތުގައި ސައްހަ ގޮތަށް، ޒިންމާދާރުކަމާއެކު ކުރައްވާ ސުވާލުތަކަށް ޖަވާބު އަރުވާނަމޭ،” މުންދު ވިދާޅުވި އެވެ. 

މިވަގުތު ޖަވާބު ނުދީ ހުރި އާރުޓީއައިތަކަކީ ވަގުތުން ޖަވާބު އެރުވުމަށް އުނދަގޫ އާރުޓީއައިތަކެއް ކަމަށާއި ނަމަވެސް އެ ސުވާލުތަކަށް ވެސް ޖަވާބު އެރުވުމަކީ ސަރުކާރުގެ އަމާޒު ކަމަށް މުންދު ވިދާޅުވި އެވެ. 

“ހާރިޖީ ގުޅުންތަކަށް ބުރޫ އަރާ ގޮތަށް އެދިފައި ހުންނަ މައުލޫމާތާއި ބައެއް މިސާލަކަށް މާލީ އެއްބަސްވުންތަކުގައި ހުންނަ ކޮންފިޑެންޝަލިޓީ ކްލޯސްތަކާ ގުޅޭ މައުލޫމާތާއި، ގައުމީ ސަލާމަތާ ގުޅޭ މައުލޫމާތު ވެސް ހުންނާނެ ހިސާބަކަށް، ބައެއް އެއްޗެއްސަކީ ޖަވާބު ނޭރުވޭނެ އެއްޗެހި،” ސަރުކާރުން ޖަވާބުދިނުމުގައި ގެންގުޅޭ މިންގަނޑު މުންދު ހިއްސާކުރެއްވި އެވެ. 

އެ ގާނޫނުގެ ދަށުން ހުށަހަޅާ ބައެއް އާރުޓީއައިތަކަކީ ސައްހަ ގޮތުގައި ހުށަހަޅާފައި ހުންނަ އާރުޓީއައި ނޫން ކަމަށް މުންދު ގަބޫލުކުރައްވަ އެވެ. 

“ސައްހަ މީހަކު ހުށަހަޅާފައި އޮންނަން ވާނީ، ގާނޫނުގައި ވެސް އޮވޭ ކަންކަން، ޖަވާބުދާރީވާން ޖެހޭއިރު ޖަވާބުދާރީވާން ޖެހޭ ފަރާތް ވެެސް އެނގެން ޖެހޭ، އޭ ބޭފުޅާ ބަލައި ހޯދާއިރު އެއީ އިންސާނަކަށް ނުވާ ކަހަލަ އާރުޓީއައި ވެސް އެބަ އާދޭ،” މުންދު ވިދާޅުވިި އެވެ. 

ސަރުކާރުން މި ގޮތަށް ހާމަކޮށްފައިވާއިރު އިންފޮމޭޝަން ކޮމިޝަނަރު އާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާރުޓީއައި ގާނޫނުގެ ބޭނުން ނަހަމަގޮތުގައި އެއްވެސް ފަރާތަކުން ހިފާކަމުގެ ހެއްކެއް ފެންނަން ނެތް ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ އޮފީހަށް ހުށަހެޅި 712 ޝަކުވާގެ ތެރޭގައި ގިނައީ އެއްވެސް ޖަވާބެއް ނުލިބިގެން ހުށަހަޅާފައިވާ ޝަކުވާ (487) އެވެ. 

އެންމެ ގިނަ މައްސަލަތައް ރައްދުވާ އެއް އިދާރާއަކީ ރައީސް އޮފީހެވެ. އެ އޮފީހަށް ހުށަހެޅި ގިނަ ހުށަހެޅުންތަކަށް އެއްވެސް ޖަވާބެއް ނުލިބޭ ތަނުގައި، ބައެއް މައްސަލަތަކުގައި އައިކޮމް އިން އެންގުމުން ވެސް އެ މައުލޫމާތު ނުދީ ގިނަ ދުވަސްތަކެއް ކޮށްފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox