މައުލޫމާތު ހޯދަން ހުށަހަޅާ މީހުން އާރުޓީއައި ގާނޫނު "އެބިއުސް" ކުރާ ކަމަށް އުޝާމް ވިދާޅުވެއްޖެ

ބަންޑާރަނައިބު އަހްމަދު އުޝާމް: މިހާރަކަށް އައިސް އާރުޓީއައި ގާނޫނު ނުރަނގަޅު ގޮތުގައި ބޭނުންކުރުން އާންމުކަމަށް ވިދާޅުވި -- ފޮޓޯ: އޭޖީ

ބަންޑާރަނައިބު އަހްމަދު އުޝާމް: މިހާރަކަށް އައިސް އާރުޓީއައި ގާނޫނު ނުރަނގަޅު ގޮތުގައި ބޭނުންކުރުން އާންމުކަމަށް ވިދާޅުވި -- ފޮޓޯ: އޭޖީ

ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ގޮތުން އަމަލުކުރަމުން އަންނަ އާރުޓީއައި ގާނޫނު އޮންނަ ގޮތުން މައުލޫމާތު ހޯދުމުގެ ނަމުގައި އެ ގާނޫނު "އެބިއުސް" ކުރަމުން އަންނަ ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ. 

އާރުޓީއައި ގާނޫނުގެ ނާޖާއިޒު ގޮތެއްގައި ބޭނުންކުރާ ކަމަށް އުޝާމް ވިދާޅުވީ، އެ ގާނޫނުގައި ބަޔާންކުރާ މުއްދަތުތަކުގެ ތެރޭގައި އާރުޓީއައި ހުށަހެޅުންތަކަށް ރައީސް އޮފީހުން ޖަވާބު ނުދޭ މައްސަލައިގައި ނޫސްވެރިޔަކު ސުވާލުކުރުމުންނެވެ. 

އުޝާމް ދެއްވީ ޖަވާބުގައި އޭނާ ވަނީ އެ ގާނޫނަކީ މުހިންމު މަގުސަދެއްގައި އެކުލަވާލާފައިވާ ގާނޫނެއް ކަމަށް ވިދާޅުވެފަ އެވެ. އަދި، އެ ގާނޫނުގެ ބޭނުން "ހެޔޮ ގޮތުގައި" ކުރާ މީހުންނަށް މައުލޫމާތު ދިނުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement

"އެހެން ނަމަވެސް އަޅުގަނޑުމެންނަށް ވަރަށް ގިނަ ފަހަރަށް ފެނިގެން މިދަނީ މިހާރަކަށް އައިސް އަމުދުން، ގިނަ ފަހަރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އާރުޓީއައި ގާނޫނު ވަރަށް ބޮޑަށް އެބިއުސްކުރާތަން ވެސް އަޅުގަނޑަށް އެބަ ފެނޭ،" އުޝާމް ވިދާޅުވި އެވެ. 

އާރުޓީއައި ގާނޫނުގެ ބޭނުން އެ ގޮތަށް ހިފާތީ، އުޝާމް ވިދާޅުވީ، އާރުޓީއައިތަކަށް ޖަވާބު ދިނުމުގައި ސަރުކާރުގެ އިދާރާތަކުން ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ގިނަ ކަމަށެވެ. އަދި، މިއީ އެ ގާނޫނު ބޭނުންކޮށްގެން ކުރާ "ކަންތައްތަކުގެ" ސަބަބުން ވާކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭގެ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

މައުލޫމާތު ހޯދަން ލިބޭ ހުށަހެޅުންތަކުގެ ސަބަބުން ދަތިވާ ކަމަށް އުޝާމް ވިދާޅުވިއިރު، މިދިޔަ އަހަރު ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް އާރުޓީއައި ގާނޫނާ ގުޅޭ ގޮތުން މި މޭރުމުން ވާހަކަ ދައްކަވަމުން، އެއީ ހަރަދު ބޮޑު ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

ސަރުކާރުގެ ވަޒީރުން މި މޭރުމުން ވާހަކަ ދެއްކެވިއިރު، އާރުޓީއައިތަކަށް ޖަވާބު ނުދީ ތިބުމާއި، ގާނޫނުގައި މައުލޫމާތު ސިއްރުކުރަން ލިބޭ އެކި މާއްދާތަކުގެ ބޭނުން ހިފައި ގިނަ މައުލޫމާތުތައް ސަރުކާރުން ހިފަހައްޓާ ކަމުގެ ޝަކުވާ ބޮޑެވެ. އަދި މައުލޫމާތު ފޯރުކޯށްދޭއިރު، ގޯސް ނޫނީ ފުރިހަމަ ނޫން މައުލޫމާތު ދޭ ކަމުގެ ޝަކުވާތަކެއް ވެސް އެބައުޅެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ އޮފީހަށް ހުށަހެޅި 712 ޝަކުވާގެ ތެރޭގައި ގިނައީ އެއްވެސް ޖަވާބެއް ނުލިބިގެން ހުށަހަޅާފައިވާ ޝަކުވާ (487) އެވެ. 

އެންމެ ގިނަ މައްސަލަތައް ރައްދުވާ އެއް އިދާރާއަކީ ރައީސް އޮފީހެވެ. އެ އޮފީހަށް ހުށަހެޅި ގިނަ ހުށަހެޅުންތަކަށް އެއްވެސް ޖަވާބެއް ނުލިބޭ ތަނުގައި، ބައެއް މައްސަލަތަކުގައި އައިކޮމް އިން އެންގުމުން ވެސް އެ މައުލޫމާތު ނުދީ ގިނަ ދުވަސްތަކެއް ކޮށްފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox