އަފްގާނިސްތާން ޖަލުގައި ތިބި ކުޑަކުދިން ނުގެނެވުނީ ބެލެނިވެރިން ގަބޫލު ނުވުމުން ކަމަށް އެޗްއާރްސީއެމުން ބުނެފި

އެޗްއާރުސީއެމްގެ މެމްބަރު އަހުމަދު އަދުހަމް އަބްދުﷲ: އެ ކޮމިޝަނުން ބުނީ އެ ކުދިން ގެނައުމުގެ ދޮރު ކުރިން ފަހިވެފައި އޮތް ކަމަށާއި އެކަން ފެއިލިވީ ބެލެނިވެރިން ގަބޫލުނުވުމުން ކަމަށް -- ފޮޓޯ: އަދަދު ފައިލް

އެޗްއާރުސީއެމްގެ މެމްބަރު އަހުމަދު އަދުހަމް އަބްދުﷲ: އެ ކޮމިޝަނުން ބުނީ އެ ކުދިން ގެނައުމުގެ ދޮރު ކުރިން ފަހިވެފައި އޮތް ކަމަށާއި އެކަން ފެއިލިވީ ބެލެނިވެރިން ގަބޫލުނުވުމުން ކަމަށް -- ފޮޓޯ: އަދަދު ފައިލް

އަފްގާނިސްތާނުގައި ހަރަކާތްތެރިވަނިކޮށް ހައްޔަރުކޮށް 21 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ދިވެހި ދެމަފިރިންގެ ހަތަރު ދަރިން ދިވެހިރާއްޖެ ނުގެނެވުނީ މައިންބަފައިން ބޭނުން ނުވެގެން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

އަގްފާނިސްތާނުގެ ނަންގަހަރު ޕްރޮވިންސުގައި ހަރަކާތްތެރިވަނިކޮށް ހ. މޫންލައިޓްވެލީ، އަލީ ޝާފިއު އާއި އޭނާގެ ކުރީގެ އަނބިމީހާ، ހައްޔަރު ކުރީ ނޮވެމްބަރު، 11، 2018 ގަ އެވެ.

ޝާފިއުގެ ދެމަފިރިން ހައްޔަރު ކުރިއިރު އެމީހުންނާއެކު ކިރުބޯ ޅަކުއްޖަކާއެކު ޖުމްލަ ހަތަރު ކުދިން ތިއްބެވެ. އެމީހުން އަފްގާނިސްތާނަށް ދަތުރު ކުރީ ޓެރަރިސްޓު ޖަމާއަތް އިސްލާމިކް ސްޓޭޓުގެ ގޮތްޕެއް ކަމަށްވާ "އިސްލާމިކް ސްޓޭޓް ހޮރިސާން ޕްރޮވިންސް" އާ ގުޅުމަށެވެ.

އޭގެ ކުރިން 2015 ވަނަ ޖިހާދު ކުރަން ދާން ކަމަށް ބުނެ ޝަހުދާ އާއި ދަރިއަކު ގޮވައިގެން ސީރިއާ ފުރަން އުޅެނިކޮށް އެއާޕޯޓުން ވަނީ ހިފަހައްޓައިފަ އެވެ.

ޝާފިއުގެ ދެމަފިރިންގެ އިތުރުން އަގްފާނު ޖަލުގައި ތިބި އެމީހުން ދަރިންނަށް ލާއިންސާނީ އަނިޔާ ދެމުންދާ ކަމަށް ބުނެ އާއިލާއިން ވާހަކަދައްކާފައިވަނިކޮށް އެ މައްސަލައިގައި އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނީ އެ ހަތަރު ކުދިން ރާއްޖެ ގެނައުމާމެދު އަފްގާނިސްތާން ސަރުކާރުން ދެކޮޅު ނޫން ކަމަށެވެ.

އެ ހަތަރު ކުދިން ވެސް ރާއްޖެ ގެނެވެން އޮތް ކަމަށާއި ނަމަވެސް ކުދިން ނުގެނެވުނީ ބެލެނިވެރިން އެކަމާ ދެކޮޅު ހެދުމުން ކަމަށް ކަމާ ބެހޭ ފަރާތްތަކުން އެ ކޮމިޝަނަށް މައުލޫމާތު ދީފައިވާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.

އެއްވެސް ކުށެއް ނެތި އެ ހަތަރު ކުދިން ޖަލުގައި ތިބޭތީ އަލީ ޝާފިއުގެ އާއިލާއާ ކޮމިޝަނުން އިސްވެ މަޝްވަރާ ކުރުމުން ކުދިންގެ ބެލެނިވެރިން އެ ކުދިން ރާއްޖެ ގެނައުމަށް ފަހުން އެއްބަސްވި ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ. އެގޮތަށް ބެލެނިވެރިން އެއްބަސްވުމާއެކު ކަމާ ގުޅޭ ފަރާތްތަކަށް އެކަން އެންގި ކަމަށް ވެސް ކޮމިޝަނުން ބުނެ އެވެ.

އެކަމަކު އެޗްއާރުސީއެމުން ބުނީ ކޮވިޑްގެ ސަބަބުންނާއި އެހެނިހެން މައްސަލަތަކާ ހެދި އެ ކުދިން ރާއްޖެ ގެނައުމުގައި ގޮންޖެހުންތައް ހުރި ކަމަށް ކަމާ ބެހޭ މުއައްސަސާތަކުން އެ ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.

އެކަންބޮޑުވުންތަކާއެކު އެޗްއާރުސީއެމުން އަފްގާނިސްތާނު އިންޑިޕެންޑެންޓް ހިއުމަން ރައިޓްސް ކޮމިޝަނާ ލިޔުމުން މުއާމަލާތްކޮށް އެ އާއިލާއަށް ޒިޔާރާތް ކުރުމަށް އެދުނެވެ. އެއާއެކު އަފްގާނިސްތާނުގެ އެ ކޮމިޝަނުން އެ އާއިލާއާ ބައްދަލުކޮށް ފާހަގަވި ކަންކަން އެޗްއާރުސީއެމްއަށް އަންގާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

"މި މައްސަލައިގައި ހިމެނޭ ހަތަރު ކުދިން ރައްކާތެރި މާހައުލަކަށް ގެންދިއުމަށް ކޮމިޝަނުގެ އެދުމުގެ މަތިން އެ މުއައްސަސާއިން މަސައްކަތް ކުރައްވާފައިވެ. އެހެން ނަމަވެސް ކުދިން ބަހަލައްޓާ މަރުކަޒުތަކުން މިކުދިން އެ މަރުކަޒުތަކަށް ނެގުމުގައި ގޮންޖެހުންތައް ހުރިކަން ފާހަގަކޮށްފައިވެ،" އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.

ކޮމިޝަނުން ބުނީ އެ މައްސަލައަށް ހައްލެއް ހޯދުމަށް ކަމާ ބެހޭ މުއައްސަސާތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލަ އެޗްއާރުސީއެމްއަށް ޝާފިއުގެ އާއިލާއިން ހުށަހެޅީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. އެއާއެކު ވަރަށް އިސްކަންދޭ މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުން އަންނަ ކަމަށް އެޗްއާރުސީއެމުން ބުނެ އެވެ.

ޖަލަށްލި ފަހުން ޝާފިއުއާ އޭނާގެ އާއިލާއާމެދު އަފްގާންގެ ޖަލުގައި ލާއިންސާނީ އެތައް އަމަލެއް ހިނގާފައިވާ ކަމަށް އާއިލާއިން ދަނީ ތުހުމަތު ކުރަމުންނެވެ.

އެގޮތުން، އާއިލާއިން ތުހުމަތުކުރާ ގޮތުގައި ޖަލުގައި އެ ދެމަފިރިންނާއި ކުދިންނަށް އިންސާނީ ކަރާމަތާ ހިލާފަށް އަމަލުތައް ކުރަމުންދެ އެވެ. އެކަމުގައި ދިވެހި ފުލުހުން ވެސް ބައިވެރިވި ކަމާއި، އެމީހުން ޖަލުގައި ތިބީ ދިވެހި ފުލުހުން ފޮނުވާފައިވާ އޮތް އިންޓެލް ރިޕޯޓެއްގެ މައްޗަށް ކަމަށް ވެސް އާއިލާއިން ތުހުމަތު ކުރެ އެވެ.

ނަމަވެސް، އެ ތުހުމަތުތައް ދޮގުކޮށް ފުލުހުން ރޭ ވަނީ ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައިވާ ގޮތުން، އަލީ ޝާފިއު އާއި އޭނާގެ އާއިލާ ހައްޔަރުކުރި ކަމުގެ މައުލޫމާތު އިންޓަޕޯލް މެދުވެރިކޮށް 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 18 ވަނަ ދުވަހު ލިބުނެވެ. އޭގެ ކުރިން އެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ލިބިފައި ނެތް ކަމަށެވެ.

އެމީހުން ހައްޔަރުކުރި ކަމުގެ މައުލޫމާތު ލިބުމާއެކު އަފްގާނިސްތާނުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޓީމެއް 2019 ފެބުރުއަރީ މަހު ތެރޭގައި އަފްގާނިސްތާނަށް ދިޔަކަން ބަޔާނުގައި ފާހަގަކުރި އެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ކޮށްފައިވާ އެއްވެސް މަސައްކަތެއްގެ ތެރެއިން، އިންސާނީ ހައްގަށާއި ކަރާމަތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އާއިލާއިން އެދިފައިވަނީ ދެމަފިރިންނާއި ކުދިން ހެޔޮހާލުގައި ރާއްޖެ ގެނެސްދިނުމަށެވެ. އާއިލާއިން ބުނާ ގޮތުގައި، ކުދިންނަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ގިނަ އަނިޔާތަކެއް ދަނީ ލިބެމުންނެވެ. އެ ކުދިންގެ ކުރިމަތީގައި މަންމަގެ ބޮލުގައި ބަޑި ޖައްސައި މަރާލާނެ ކަމަށް ބުނާ ކަމަށާއި އެ ކުދިން އަނިޔާވާ ގޮތަށް ވެސް އަމަލުތައް ބަހައްޓާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox