ގޯލު ޖެހުމަށް ފަހު އުފާފާޅުކުރެވުނު ގޮތުން އާނައޮޓޮވިޗް މައާފަށް އެދިއްޖެ

Jun 14, 2021, 6:34 PM
ލަނޑު ޖެހުމަށް ފަހު އާނައޮޓޮވިޗް (މ) ނޯތު މެސެޑޯނިއާ ކުޅުންތެރިއަކާ ވާހަކަ ދައްކަނީ.

ލަނޑު ޖެހުމަށް ފަހު އާނައޮޓޮވިޗް (މ) ނޯތު މެސެޑޯނިއާ ކުޅުންތެރިއަކާ ވާހަކަ ދައްކަނީ.

ބުކަރެސްޓް (ޖޫން 14) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ނޯތު މެސެޑޯނިއާ ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރެވުނު ގޮތުން އޮސްޓްރިއާގެ ފޯވާޑް މާކޯ އާނައޮޓޮވިޗް މައާފަށް އެދެފި އެވެ.

ނޯތު މެސެޑޯނިއާއާ ދެކޮޅަށް އުމުރުން 32 އަހަރުގެ އާނައޮޓޮވިޗް ކުޅެން އެރީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. އޭނާ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. ގޯލު ޖެހުމަށް ފަހު އާނައޮޓޮވިޗް ވަނީ ނޯތު މެސެޑޯނިއާގެ ދެ ކުޅުންތެރިންނާ ދިމާލަށް ވާހަކަތަކެއް ދައްކައިފަ އެވެ. އާނައޮޓޮވިޗް ދައްކަމުން ދިޔަ ވާހަކަތައް ހުއްޓާލަން އެންގީ އޮސްޓްރިއާގެ ކެޕްޓަން ޑޭވިޑް އަލަބާ އެވެ.

މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި އާނައޮޓޮވިޗްގެ އެ ވާހަކަތައް އަމާޒުކުރީ ނޯތު މެސެޑޯނިއާގެ ދެ ކުޅުންތެރިން ކަމަށްވާ އެގްޒޯން ބެއިޓުލާއި އާއި ޖާނީ އަލިއޯސްކީއާ ދިމާލަށެެވެ. އެ ދެ ކުޅުންތެރިންނަކީ ނޯތު މެސޯނިއާ އަށް ކުޅުނު ނަމަވެސް އަލްބޭނިއާ ދަރިކޮޅަށް ނިސްބަތްވާ ބައެކެވެ. އާނައޮޓޮވިޗްގެ އާއިލާގެ ބޮޑުބައި ނިސްބަތްވަނީ ސާބިއާ އަށެވެ. ސާބިއާ އާއި އަލްބޭނިއާ އަދި ނޯތު މެސެޑޯނިއާ އަކީ ގިނަ ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ގައުމުތަކެކެވެ. ހާއްސަކޮށް ކޮސޯވޯ ވަކި ދައުލަތެއްގެ ގޮތުގައި ބަަލައިގަތުމާ މެދު ސާބިއާއާ ގިނަ ގައުމުތަކާ ވަނީ ދެބަސްވުންތަކެއް އުފެދިފަ އެވެ.

އަލަބާާ (ވ) އާނައޮޓޮވިޗް ހުއްޓުވަން މަސައްކަތްކުރަނީ.

އާނައޮޓޮވިޗްގެ އެ ހިތްހަމަނުޖެހުންތަކަކީ ސާބިއާ ދަރިކޮޅަށް ނިސްބަތްވާތީ އޭނާ ނޯތު މެސެޑޯނިއާ ކުޅުންތެރިންނަށް ނަސްލީ ގޮތުން ދިމާކުރީ ކަމަށް ބުނެ ގިނަ ސަޕޯޓަރުން ވަނީ ޝުއޫރު ފާޅުކޮށްފަ އެވެ. އެ ވާހަކަތަކަށް އާނައޮޓޮވިޗް ޖަވާބު ދިނީ އޭނާގެ ރަސްމީ އިންސްޓަގްރާމް މެދުވެރިކޮށެވެ.

"މެޗުގެ ހޫނުކަމުގެ ތެރޭގައި އަހަންނަށް ވަރަށް ގިނަ އެއްޗެހި ބުނެވުނު އެ ކަމަށްޓަކައި އަހަރެން މައާފަށް އެދެން. ހާއްސަކޮށް އަލްބޭނިއާ އާއި ނޯތު މެސެޑޯނިއާގައި ތިބި އަހަރެންގެ އެކުވެރިން ގާތުން މައާފަށް އެދެން،" ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ސްޓޯކް ސިޓީ އާއި ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅުނު އާނައޮޓޮވިޗް ބުންޏެވެ.

"އަހަރެން އެއް ވާހަކައެއް ވަރަށް ސާފުކޮށް ބުނަން ބޭނުން. އަހަންނަަކީ ރޭސިސްޓެއް ނޫން. އަހަރެންގެ ރައްޓެހިން ދުނިޔޭގެ އެކި ގައުމުތަކުގައި އެބަތިބި. އަހަންނަކީ ކޮންމެ ބަޔަކަށް ވެސް އިހުތިރާމްކުރާނެ މީހެއް. އެކަން އަހަރެން ދަންނަ އެންމެނަށް ވެސް އެނގޭނެ،"

އާނައޮޓޮވިޗް އެންމެ ފުރަތަމަ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ބޭނުންކުރީ އަނިޔާއަކުން ރަނގަޅުވަމުން އަންނާތީ އެވެ. ނޯތު މެސެޑޯނިއާ އަތުން އޮސްޓްރިއާ އަށް ލިބުނީ ޔޫރޯގައި އެ ގައުމުގެ ފުރަތަމަ މޮޅެވެ.

މި ފަހަރުގެ ޔޫރޯގައި އޮސްޓްރިއާ އިން ދެން ކުޅެން ޖެހޭނީ ބުރާސްފަތި ދުވަހު ނެދަލެންޑްސްއާ ދެކޮޅަށެވެ. ދެން އެ ގްރޫޕްގައި އޮތީ ޔޫކްރެއިން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox