މާރިޔާއަށް ތަފްސީލް ހިއްސާކުރިން، ފުލުހަށް ރިޕޯޓްކުރާކަށް ނާންގާ: އިލްޔާސް

އިލްޔާސް ލަބީބް: މާރިޔާއަށް ލިބުނު މައުލޫމާތުގެ ތަފްސީލް ހިއްސާ ކުރެއްވި ކަމަށް ވިދާޅުވި - ފޮޓޯ: މަޖިލިސް

އިލްޔާސް ލަބީބް: މާރިޔާއަށް ލިބުނު މައުލޫމާތުގެ ތަފްސީލް ހިއްސާ ކުރެއްވި ކަމަށް ވިދާޅުވި - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވަމުންދާ ކަމަށް އާންމުންގެ މީހެއްގެ ފަރާތުން ލިބުނު މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހިއްސާކުރުމުން، އެކަން ފުލުހަށް އެންގުމަށް އަންގަވާފައިނުވާ ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ ގެކޮޅު ކައިރީ އައިއީޑީއެއް ގޮއްވާލައި، އެމަނިކުފާނު ޒަހަމްކޮށްލާފައިވާއިރު އެ ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުންނާއި ސިފައިންނަށް ލިބިފައިނުވާ ކަމަށް އެ ދެ މުއައްސަސާއިން ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް، އާންމު މީހަކަށް އެ މައުލޫމާތު ލިބިގެން މަޖިލީހުގެ 241 ކޮމިޓީގައި ވެސް ހިމެނޭ އިލްޔާސް ލަބީބަށް އެ މައުލޫމާތު ދިނުމުން މިނިސްޓަރު މާރިޔާއަށް ގުޅުއްވިކަން މިހާރު ވަނީ ހާމަވެފަ އެވެ.

"ރާއްޖެއެމްވީ"އަށް މިނިސްޓަރު މާރިޔާ ވިދާޅުވި ގޮތުގައި މެންބަރު އެކަމުގެ މައުލޫމާތު އެރުމުން، ފުލުހަށް ވެސް އެކަން އެންގުމަށް އެދިވަޑައިގެންފައިވާނެ އެވެ. ތަކުރާރުކޮށް ފުލުހަށް ރިޕޯޓް ކުރުމަށް މެންބަރު ގާތުގައި އެދުމުން ވެސް މާރިޔާ އެކަން ކުރުމަށް މެންބަރު އެދުނު ކަމަށް މާރިޔާ ވިދާޅުވެފައިވެ އެވެ.

ނަމަވެސް، މިނިސްޓަރު މާރިޔާގެ އެ ވާހަކަ އިލްޔާސް ލަބީބު ވަނީ ދޮގު ކުރައްވާފަ އެވެ.

އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު އާންމުންގެ މީހެއްގެ ފަރާތުން ލިބުމާއެކު އެކަން އެމަނިކުފާނަށް ހިއްސާ ކުރެއްވި ކަމަށެވެ. އަދި، އެމަނިކުފާނުގެ އިރުޝާދާއެކު ޑިފެންސް މިނިސްޓަރަށް އެ މައުލޫމާތުގެ ތަފްސީލް އެރުވި ކަމަށެވެ.

"ރައީސް ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގާނޫނީ ޒިންމާ އަދާކުރަން ޖެހޭ ފަރާތަކީ ޑިފެންސް މިނިސްޓަރު ކަމަށްވާތީ އަޅުގަނޑު އެ މައުލޫމާތު އެ މުއައްސަސާއާ ހިއްސާކުރުމުން އެ މައުލޫމާތަށް ފުލުހަށް ނުވަތަ ކޮމިޝަނާ އޮފް ޕޮލިސްއަށް ހިއްސާކުރުމަށް އަޅުގަނޑަށް އެ ފަރާތުން އެއްވެސް ހާލެއްގައި އަންގާފައެއް ނުވޭ،" އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގަށް އޭނާގެ ފަރާތުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދަނީ ދެމުންނެވެ. އިލްޔާސް ވިދާޅުވި ގޮތުގައި، ތަހުގީގު ކުރިއަށް ދަނިކޮށް ދައުލަތުގެ އިދާރާއަކަށް ލިބިފައިވާ މައުލޫމާތު، ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުން އާންމުކޮށް، އެ މައުލޫމާތު މީޑިއާގައި ބަހުސް ކުރުމަށް ހުޅުވާލުމަކީ ޒިންމާދާރުކަމެއް ނޫނެވެ.

އިލްޔާސް، އެ މައުލޫމާތު ހިއްސާކުރުމުން މިނިސްޓަރު މާރިޔާ އަމަލު ކުރެއްވި ގޮތެއް އޭނާ ވިދާޅުވެފައެއް ނުވެ އެވެ. މިކަމާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް "އަދަދު"އިން ތަކުރާރުކޮށް މާރިޔާއަށް ގުޅުމުން ވެސް ފޯނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ.

މިނިސްޓަރު މާރިޔާ: މައުލޫމާތަށް ފިޔަވަޅު ނޭޅުމުން ވަނީ ފާޑުކިޔުން އަމާޒުވެފައި - ފޮޓޯ: ހުސެއިން ވަހީދު \ އަދަދު
މިނިސްޓަރު މާރިޔާ: މައުލޫމާތަށް ފިޔަވަޅު ނޭޅުމުން ވަނީ ފާޑުކިޔުން އަމާޒުވެފައި - ފޮޓޯ: ހުސެއިން ވަހީދު \ އަދަދު

މިނިސްޓަރު މާރިޔާ: މައުލޫމާތަށް ފިޔަވަޅު ނޭޅުމުން ވަނީ ފާޑުކިޔުން އަމާޒުވެފައި - ފޮޓޯ: ހުސެއިން ވަހީދު \ އަދަދު

އާންމު މީހެއްގެ ފަރާތުން އިލްޔާސް ލަބީބަށް މައުލޫމާތު ލިބުނީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ތިން މިލިއަން ރުފިޔާއިން ހަރަކޮށްގެން ބަޔަކާ ހަވާލުކޮށްފައިވާ ކަމެވެ. އެ މައުލޫމާތު ލިބިފައިވުމުން ރައީސް ނަޝީދު ވެސް ވަނީ އާއިލާގެ ބައެއް މެންބަރުންނާ އެކަން ހިއްސާ ކުރައްވާފަ އެވެ. އެގޮތުން، ރައީސް ނަޝީދުގެ ބޭބޭފުޅު ޑރ. ނަޝީދު ވިދާޅުވެފައިވާ ގޮތުގައި، މި ފަހުން ތްރެޓް ބޮޑުވަމުންދާ ވާހަކަ އާއިލާއާ ކޮންމެވެސް ވަރަކަށް އޮތީ ދައްކަވައިފަ އެވެ. ނަމަވެސް، އޭގެ ތަފްސީލެއް އާއިލާއަކަށް ނުދެ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވާ ގޮތުންނަމަ، ނަޝީދަށް އަމާޒުވި ހަަމަލާއާ ގުޅޭ މައުލޫމާތެއް ފުލުހުންނާ ހިސާބަށް ގޮސްފައެއް ނުވެ އެވެ. ހަމީދު ވިދާޅުވެފައިވާ ގޮތުގައި، ނަޝީދަށް އަބަދުވެސް ނުރައްކާ އޮންނަ ކަމަށާއި ނަމަވެސް ސީދާ ހަމަލާއާ ގުޅޭ މައުލޫމާތެއް ނުލިބޭ ކަމަށެވެ.

އާންމުންގެ މީހެއްގެ ފަރާތުން ލިބުނު މައުލޫމާތެއް މިނިސްޓަރު މާރިޔާއާ ހަމައަށް މެންބަރަކު ފޯރުކޮށްދިނުމުން އެކަމުގައި އެމްއެންޑީއެފްއިން އަމަލުކުރި ސީދާ ގޮތެއް ސާފުނުވާއިރު، ޓެރަރިޒަމް ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައިވާ ގޮތުން ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބި އެކަން ފުލުހުންނަށް ނޭންގުމަކީ ކުށެކެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވެފައިވާ ގޮތުގައި، މެންބަރު ދެއްކެވީ ސީދާ ނަޝީދަށް އަމާޒުވި ހަމަލާގެ ވާހަކަ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ނަޝީދަށް ދިން ހަމަލާއާ ގުޅޭ އެއްވެސް "ކްރިޑިބަލް، އެކްޝަނަބަލް އިންޓެލިޖެންސް" މައުލޫމާތެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވި ގޮތުގައި، މެންބަރުގެ ފަރާތުން އެ މައުލޫމާތު ލިބުނުއިރު ވެސް ރައީސް ނަޝީދު ސެކިއުރިޓީ އޮތީ އެންމެ މަތީ ދަރަޖާގަ އެވެ. އެންމެ މަތީ ދަރަޖައަށް ސެކިއުރިޓީ ބަދަލުކުރީ ވެސް މީގެ ދެ މަސް ދުވަސް ކުރިން އޭނާ ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox