ހަމަލާއާ ގުޅިގެން އިންޓެލިޖެންސްގެ އޮޑިޓެއް ހަދަން ރައީސް އަންގަވައިފި

ރައީސް ނަޝީދުގެ ހާލުކޮޅު ބެއްލެވުމަށް މިއަދު އޭޑީކޭއަށް ވަޑައިގެންނެވުމަށްފަހު ރައީސް ސޯލިހު މީޑިޔާއާ ވާހަކަ ދައްކަވަނީ. - ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ރައީސް ނަޝީދުގެ ހާލުކޮޅު ބެއްލެވުމަށް މިއަދު އޭޑީކޭއަށް ވަޑައިގެންނެވުމަށްފަހު ރައީސް ސޯލިހު މީޑިޔާއާ ވާހަކަ ދައްކަވަނީ. - ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާ ގުޅިގެން ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސްގެ އޮޑިޓެއް ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންގަވައިފި އެވެ.

ނަޝީދުގެ ހާލުބެއްލެވުމަށް އޭޑީކޭއަށް ވަޑައިގަތުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ނެޝަނަލް ސެކިއުރިޓީ ކައުންސިލާ ރޭ ބައްދަލުކޮށް އިންޓެލިޖެންސްގެ އޮޑިޓެއް ހަދަން އަންގަވާފައިވާނެ ކަމަށެވެ.

"އޭގައި ރަނގަޅު ކުރަން ހުރީ ކޮންކަންތައްތަކެއްތޯ އާއި އަދި މިވަރު ކަމެއް ވެގެން ދިޔައިރުގައި އިންޓެލިޖެންސްއާ ހިސާބަށް މިކަން ތިލަވެގެން ނައި ސަބަބާއި ނޭންގުނީ ކީއްވެގެންތޯ މިހުރިހާއެއްޗެއް ބަލާފައި،" އޭޑީކޭގެ ގޯތިތެރޭގައި ހުންނަވައި ރައީސް ވިދާޅުވި އެވެ.

މިހަމަލާ ދޭން އުޅޭކަމުގެ އިންޓެލިޖެންސް މައުލޫމާތު ދުރާލައި ލިބިފައި ނުވާ ކަމަށް ސިފައިންނާއި ފުލުހުން ވެސް ވަނީ ބުނެފަ އެވެ. އެހެންވެ އެ ދެ މުއައްސަސާއިން ވެސް އަންނަނީ އިންޓާނަލް ތަހުގީގުތައް ކުރަމުންނެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަށް ގަބޫލު ކުރެއްވޭ ގޮތުގައި އިންޓެލިޖެންސް މިހާރަށް ވުރެ ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އަދި ސަލާމަތީ ކަންކަން ވެސް މިހާރަށް ވުރެ ރަނގަޅުވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސެކިއުރިޓީ ބެހޭ ގޮތުން ދިރާސާއެއް ހެދުމަށް ވެސް ސިފައިންނާ ހަވާލު ކުރައްވާފައިވާ ކަމަށެވެ. މިއަދުގެ ވަގުތެއްގައި އެމްއެންޑީއެފުން ރައީސް ނަޝީދުގެ ސެކިއުރިޓީއާ ބަލަހައްޓަމުން ގެންދިޔަ ގޮތާ ގުޅޭ ތަފްސީލީ ރިޕޯޓެއް އެމަނިކުފާނަށް ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ރައީސް ވިދާޅުވީ ތަހުގީގު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެ މައްސަލާގެ ތުހުމަތުގައި ތިން މީހަކު ހައްޔަރު ކޮށްފައިވާއިރު ވަރަށް އަވަހަށް ތަހުގީގު ނިންމައި ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލްއަށް ފޮނުވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މީގެ ފަހަތުގައި އެތައް ބަޔަކު ހިމެނުމަކީ ވެސް އެކަށީގެންވާ ކަމެއް. ތަހުގީގު ވަރަށް ފުޅާކޮށް އެބަ ކުރިއަށް ގެންދޭ،" ރައީސް ވިދާޅުވި އެވެ.

ނަޝީދާ ބައްދަލު ކުރެއްވުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ ނަޝީދުގެ ހާލު ވަރަށް ރަނގަޅަށް "ރިކަވާ" ވަމުން އަންނަ ކަމަށެވެ.

"ވަރަށް ގިނަ ވާހަކަ ދެއްކެވި އަޅުގަނޑާ. ރައްޓެއްސެއްގެ ހައިސިއްޔަތުން ދެއްކެވި ވާހަކައާއި އާއިލާއާއި ސަރުކާރާއި އެހެންގޮސް ވަރަށް ގިނަ ވާހަކަތަކެއް ދެއްކެވި. އަޅުގަނޑަށް ފެނުނީ ވަރަށް ހިތްވަރު ގަދަ ކޮށް އޮންނެވިތަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ނަޝީދުގެ ހުރިހާ ސަޕޯޓަރުން ވެސް ހިތްވަރު ގަދަ ކުރެއްވުމަށް އެދިވަޑައިގެންފަ އެވެ. ދެން މިފަދަ ކަމެއް ވިޔަ ނުދިނުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox