ރެމިޓެންސް ޓެކްސް އުވާލުމުން ރާއްޖެއިން ބޭރުކުރި ފައިސާގެ އަދަދު އިތުރުވެއްޖެ

އެސްޓީއޯ ކާޑު ގުދަނުގައި ބައެއް ބިދޭސީ މުވައްޒަފުން މަސައްކަތުގައި: ރާއްޖޭން ފައިސާ ބޭރުކުރި އަދަދު މިދިޔަ އަހަރު އިތުރު. -ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އެސްޓީއޯ ކާޑު ގުދަނުގައި ބައެއް ބިދޭސީ މުވައްޒަފުން މަސައްކަތުގައި: ރާއްޖޭން ފައިސާ ބޭރުކުރި އަދަދު މިދިޔަ އަހަރު އިތުރު. -ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ކޮވިޑް-19 ބަލިމަޑުކަމުގައި ރާއްޖޭގެ އިގުތިސޯދު ހީނަރުވި އަހަރު، ރެމިޓެންސް ފައިސާގެ ގޮތުގައި ރާއްޖެއިން ބޭރުކުރި ބޭރު ފައިސާގެ އަދަދުތައް އިތުރުވި ކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ހާމަކޮށްފި އެވެ.

އެ އޮތޯރިޓީގެ 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި، ރާއްޖެއިން ބޭރު ފައިސާގެ ގޮތުގައި ބޭރުކުރި އަދަަދަކީ 92.4 މިލިއަން ޑޮލަރު (1.4 ބިލިއަން ރުފިޔާ) އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 24 ޕަސެންޓު އިތުރު އަދަދެކެވެ.

މި މުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރުގައި ވަޒީފާ އަދާ ކުރަން މީހުން ރާއްޖެއަށް ފޮނުވީ 2.7 މިލިއަން ޑޮލަރު ނުވަތަ 41.6 މިލިއަން ރުފިޔާ އެވެ. އެއީ 2019 ވަނަ އަހަރަށް ވުރެ 45 ޕަސެންޓު ދަށް އަދަދެކެވެ.

Advertisement

އެންމެ ގިނަ ފައިސާ ފޮނުވީ ބަންގްލަދޭޝްއަށް

އެމްއެމްއޭއިން ބުނި ގޮތުގައި މި މުއްދަތުގެ ތެރޭގައި ރެމިޓެންސް ވިޔަފާރިތައް މެދުވެރިކޮށް ގައުމުން ބޭރުކުރި ފައިސާގެ އަދަދުގެ ތެރެއިން 80 ޕަސެންޓު ބޭރުކުރީ ބިދޭސީންނެވެ. މިއީވެސް އޭގެ ކުރީ އަހަރާ ބަލާއިރު އިތުރު އަދަދެކެވެ.

ރާއްޖެއިން ބޭރު ފައިސާ ފޮނުވި ގައުމުތަކަށް ފޮނުވި އަދަދު ހިއްސާކުރާ ގޮތުގެ ތާވަލު
ރާއްޖެއިން ބޭރު ފައިސާ ފޮނުވި ގައުމުތަކަށް ފޮނުވި އަދަދު ހިއްސާކުރާ ގޮތުގެ ތާވަލު

ރާއްޖެއިން ބޭރު ފައިސާ ފޮނުވި ގައުމުތަކަށް ފޮނުވި އަދަދު ހިއްސާކުރާ ގޮތުގެ ތާވަލު

ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ ތެރެއިން 62 ޕަސެންޓު ފައިސާ ފޮނުވީ ބަންގްލަދޭޝްއަށެވެ. އެއީ ގާތްގަނޑަކަށް 55 މިލިއަން ޑޮލަރު ނުވަތަ 854 މިލިއަން ރުފިޔާ އެވެ. އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ބަންގްލަދޭޝްއަށް ބޭރުކުރި ފައިސާ އޭގެ ކުރީ އަހަރަށް ވުރެ 83 ޕަސެންޓު އިތުރެވެ.

ދެން އެންމެ ގިނައިން ރާއްޖެއިން ފައިސާ ފޮނުވި ގައުމުތަކަކީ އިންޑިއާ، ނޭޕާލް، އިޖިޕްޓް, ލަންކާ އަދި ފިލިޕީންސް އެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ އަދަދުތައް އިތުރުވީ ސަރުކާރުން ނަގަމުން ދިޔަ ރެމިޓެންސް ޓެކްސް އުވާލުމާ ގުޅިގެންނެވެ. އަދި މި ޓެކްސް އުވާލުމުން ނުރަސްމީ ނިޒާމުގެ ތެރެއިން ފޮނުވަމުން ދިޔަ ބޭރު ފައިސާ ރަސްމީ ނިޒާމުގެ ތެރެއަށް ވަދެގެން ދިޔައީ ކަމަށް ބުންޏެވެ.

އޭގެ އިތުރުން ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ބައިނަލްއަގުވާމީ ދަތުރުފަތުރަށް އައި ހުއްޓުމާއި ހީނަރުކަމުގެ ސަބަބުން ނުރަސްމީ ނިޒާމުގެ ތެރެއިން ގަވާއިދާ ހިލާފަށް ފައިސާ ފޮނުވަން ހުރަސް އެޅުނީ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިނެޓެކްސްގެ ވެބްސައިޓް އަލުން ފަރުމާކޮށްފި

ދިވެހި ތިން ޒުވާނުން އުފެއްދި "ސިނެޓެކްސް" ކުންފުނިން ބައިނަލްއަގުވާމީ ބާޒާރަށް އަމާޒުކޮށް އެ ކުންފުނީގެ ވެބްސައިޓް އަލުން ފަރުމާކޮށްފިއެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ދިވެހިބަހާ އެއްގޮތަށް ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށް އޭއައި މޮޑެލްތަކާއި ސައިބަރ ސެކިއުރިޓީ ހައްލުތައް ފޯރުކޮށްދިނުމެވެ. އެގޮތުން 'ތާނަ އޭއައި' މެދުވެރިކޮށް ލިބޭ ހިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތް "ސްލަޝް 2026" ކޮންފަރެންސްގައި ދުނިޔޭގެ ފެންވަރުގައި މި ޓެކްނޮލޮޖީ ތައާރަފުކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

Newsletter

Get the latest news delivered straight to your inbox