ތި ހޯދާލަނީ ރޯދަ މެނޫތަ؟ "އަދަދު"ން މިއޮތީ ފެންނަން!

Apr 17, 2021, 11:04 AM

ކޮވިޑް 19 ގެ ސަބަބުން މިދިޔަ އަހަރުގެ ރޯދަ މަހު އެންމެ ތިބެން ޖެހުނީ "ގޭބަންދު"ގަ އެވެ. އެހެންވެ ރޯދަ ވީއްލަން ބޭރަށް ނުކުމެލެވޭނެ ގޮތް ވެސް އޮތީ ނުވެފަ އެވެ. ނަމަވެސް މި ފަހަރުގެ ރޯދަ މަހު މި ވަނީ ރެސްޓޯރެންޓްތަކާއި ކެފޭތައް ހުޅުވާލައި، އާއިލާ އާއި އެކުވެރިންނާއެކު ރޯދަ ވީއްލަން ދިއުމުގެ ފުރުސަތު ލިބިފަ އެވެ.

އެހެންވެ ރެސްޓޯރެންޓް، ކެފޭ ތަކުން ރޯދަ ވީއްލުމުގެ މެނޫތައް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ވަނީ ޕްރޮމޯޓްކުރަން ފަށައިފަ އެވެ. އެކަމަކު މައްސަލައަކީ އެ ހުރިހާ މެނޫތަކެއް އެއްތަނަކުން ފެންނަން ނެތުމެވެ. އެހެންވެ ރަނގަޅު ރެސްޓޯރެންޓެއް ހިޔާރުކުރުމަކީ ހިސާބަކަށް ދަތިކަމެކެވެ.

"އަދަދު" ނޫހުން މިވަނީ އެކަމަށް ހައްލެއް ހޯދައިދީފަ އެވެ. މި ނޫހުގެ "ރޯދައަދަދު"ގައި ރެސްޓޯރެންޓާއި ކެފޭތައް ފީޗާކުރުމަށްޓަކައި ހާއްސަ ސެގްމެންޓެއް ހިމެނެ އެވެ. އެ ސެގްމެންޓުން މެނޫ ބަލާލުމުގެ އިތުރުން އޯޑަރު ދިނުމަށް ގުޅޭނެ ފޯން ނަންބަރާއި، ސޯޝަލް މީޑިއާގެ ލިންކް ނުވަތަ ވެބްސައިޓްގެ ލިންކު ހިމެނާފައިވެ އެވެ.

މި ސެގްމެންޓްގައި ލިސްޓްކުރުމުގެ ފުރުސަތު ކެފޭ، ރެސްޓޯރެންތަކަށް ވަނީ ހުޅުވާލައިފަ އެވެ. މި ސެގްމެންޓްގައި ލިސްޓްކުރަން ބޭނުންވާނަމަ info@adhadhu.com އަށް އީމެއިލް ކުރައްވައިގެން ނުވަތަ 9907975 ނަމްބަރަށް ގުޅާލައްވައިގެން އެކަން ހަމަޖެހޭނެ އެވެ

ބޭނުންވާ މައުލޫމާތަކީ ކޮބާ؟

1. ރެސްޓޯރެންޓް ކެފޭގެ ނަން

2. ރެސްޓޯރެންޓް، ކެފޭގެ މައުލޫމާތުކޮޅެއް

3. ލޯގޯ

4. އޯޑަރު ދިނުމަށް ގުޅާނެ ނަންބަރު

5. އީމެއިލް އެޑްރެސް

6. ވެބްސައިޓް، ނުވަތަ ސޯޝަލް މީޑިއާ

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox