ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ މައުލޫމާތު ނުފެތުރުމަށް އަންގައިފި

Nov 6, 2026, 10:15 PM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ކުޑަކުދިން ހިމެނޭ ޖިންސީ ގޯނާގެ މައްސަލަތަކުގައި އެއްވެސް ކުއްޖެއްގެ ކަރާމާތަށް ގެއްލުންވާ ގޮތަށް އެއްވެސް މައުލޫމާތެއް އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން މިއަދު އަންގައިފި އެވެ. 

ހެލްތުން މިހެން އެންގީ މީޑިއާގެ އެކި މަންސަތަކުގައި ކުއްޖެއްގެ ޒާތީ މައުލޫމާތު ހާމަކުރަމުންދާތީ، އެކަން ހުއްޓުވައި ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށް މި ބަޔާނުގައި ބުނެފައިވެ އެވެ. 

މި ބަޔާނުގައި ވަނީ ގާނޫނުއަސާސީގައި ކުޑަކުދިންނަށް ހާއްސަ ރައްކާތެރިކަން ދިނުމާ ގުޅޭ މާއްދާގައި، އާއިލާ އާއި، ޖަމާއަތާއި، އަދި ދައުލަތުގެ ފަރާތުން ކުޑަކުދިންނަށް އެހީތެރިކަން ދޭންޖެހޭނެ ކަމަށް ބަޔާންކުރާ ބަޔާންކުރާ ކަމަށެވެ. އަދި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް ރިއާޔަތްކޮށް ގާނޫނުތައް ހެދިފައިވާކަން ވެސް އެ މިނިސްޓްރީން ހަނދާންކޮށްދިނެވެ.

މީގެ އެއް ގާނޫނަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނެވެ. އެ ގާނޫނާ ހަވާލާދީ ހެލްތު މިނިސްޓްރީން ބުނީ ކުޑަކުދިންގެ ޒާތީ އެއްވެސް މައުލޫމާތެއް ހާމަކުރުމަކީ މަނާކަމެއް ކަމަށެވެ. މި ގާނޫނުގެ ދަށުން ކުށުގެ ތުހުމަތުވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށްވާ ކުދިން އަދި ރައްކާތެރިކަން ބޭނުންވާ ހުރިހާ ކުދިން ވެސް ހިމެނެ އެވެ.

"ކުޑަކުދިންގެ ކަރާމާތަށް އެއްވެސް އުނިކަމެއް އަންނާނެގޮތަށް އެކުދިންގެ ޒާތީ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން ހާމަކޮށްގެން ނުވާނެ،" ހެލްތުގެ ބަޔާނުގައި ބުންޏެވެ.

އެ ގޮތުން ކުދިންގެ ނަމާއި، އެޑްރެހާއި، ތައުލީމު ހާސިލުކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތެއް ނުވަތަ ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ އެކުދިންގެ ތަސްވީރެއް އެއްވެސް މީޑިއާއެއްގައި ޝާއިއުކޮށްގެން ނުވާނެ ކަމަށް ހެލްތުން ބުންޏެެވެ. މިއީ އެކުދިންގެ މަސްލަހަތު ރައްކާތެރިކޮށްދިނުމުގެ ބޭނުމުގައި ކަނޑައަޅާފައިވާ ހަމަތަކެކެވެ.

ހެލްތު މިނިސްޓްރީން ފާހަގަކުރި ގޮތުގައި އާންމުން ދެކޭގޮތަށް ނުފޫޒު ފޯރުވުމަށް ނުވަތަ އެނޫން ވެސް ބޭނުމަކަށް ކުއްޖާގެ މައުލޫމާތު ހާމަކުރުމަކީ ހައްގަކަށް އަރައިގަތުމެވެ.

ބަޔާން ނިންމާލަމުން ހެލްތުން ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަކީ މުޅި މުޖުތަމައުގެ މައްޗަށް އޮތް ގާނޫނީ ބޮޑު ޒިންމާއެއް ކަމަށް ހަނދާންކޮށްދީފަ އެވެ. މިހެންކަމުން އެފަދަ އެއްވެސް މައުލޫމާތެއް މީޑިއާގެ އެއްވެސް މަންސައެއްގައި އެއްވެސް ފަރާތަކުން އާންމު ނުކުރުމަށް އެ މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

ހެލްތު މިނިސްޓްރީގެ ބަޔާނުގައި މިއީ ސީދާ ކޮން މައްސަލައެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ބެލެވޭ ގޮތުގައި މިއީ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ މައްސަލަގައި ސޯޝަލް މީޑިއާގައި ބައެއް އެކައުންޓުތަކުން ދައުރުކުރަމުންދާ ޕޯސްޓުތަކާ ގުޅިގެން ނެރުނު ބަޔާނެކެވެ. އެ ޕޯސްޓުތަކުގައި ކުއްޖާގެ ކަރާމާތަށް ގެއްލުންވާ ފަދަ ވާހަކަތައް ވަނީ ފަތުރައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއާއެކު ހަދާ ނުބައި އެއްބަސްވުން

ރަސްމާލެ މަޝްރޫއުގެ ދަށުން 99 އަހަރަށް ބިން ވިއްކުމަށްޓަކައި ރިއަލް އެސްޓޭޓް ބިލެއް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާއިރު، މި މަޝްރޫއަށް ބައެއް ފަރާތްތަކުން ހުރަސްއަޅާ ކަމަށް ސަރުކާރުން ތުހުމަތުކުރެއެވެ. މީގެ އިތުރުން އަބްދުﷲ ޝާހިދުގެ ހައްޔަރު އަމުރު އިސްތިއުނާފު ކުރުމާއި، ޓާޝަރީ ހޮސްޕިޓަލް ގްރޫޕަށް އާ ސީއީއޯއެއް އައްޔަންކުރުމުގެ އިތުރުން ވިލިމާލޭގެ ނިކަގަސް ކެނޑުމާ ދެކޮޅަށް އިހުތިޖާޖު ކުރުން ފަދަ މުހިންމު ކަންތައްތަކެއް ވަނީ ހިނގާފައެވެ.

Newsletter

Get the latest news delivered straight to your inbox