ބާސެލޯނާ ރައީސްކަން ކުރުމުގެ ހިޔާލެއް ނެތް: ޕީކޭ

ބާސެލޯނާ ރައީސްކަން ކުރުމުގެ ހިޔާލެއް ނެތް: ޕީކޭ

ބާސެލޯނާ (އޭޕްރީލް 1) - މުސްތަގުބަލުގައި ބާސެލޯނާގެ ރައީސްކަން ކުރުމުގެ ހިޔާލެއް އަދި ނެތް ކަމަށް އެ ޓީމަށް ކުޅޭ ސްޕެއިންގެ މިޑްފީލްޑަރު ޖެރާޑް ޕީކޭ ބުނެފި އެވެ.

އުމުރުން 34 އަހަރުގެ ޕީކޭ ވަނީ މީގެ ކުރިން ބާސެލޯނާ ރައީސްކަން ކުރުމުގެ ޝައުގުވެރިކަން ގެންގުޅޭ ކަމަށް ބުނެފަ އެވެ. އެކަމަކު ދާދި ފަހުން ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވާހަކަތަކެއްގެ ތެރެއިން ބާސެލޯނާގެ ރައީސްކަމަށް ޝައުގުވެރިކަން ހުރި ކަމަށް ބުނި ކަމުގައި ވިޔަސް އެއީ ޕްލޭނެއް ހަދައިގެން ކުރަން ނިންމާފައިވާ ކަމެއް ނޫން ކަމަށް ޕީކޭ ބުންޏެވެ.

ކްލަބެއްގެ ރައީސްކަން ކުރުމަކީ ކިހާ ބޮޑު ޒިންމާއެއްކަން އެނގިގެންދިޔައީ ދާދި ފަހުން ނިމިގެންދިޔަ ބާސެލޯނާގެ އިންތިހާބުގައި ކަމަށާއި ކަންތައްތައް ހިނގާދިޔަ ގޮތްތަކަށް ބަލާއިރު އެ ފަދަ މަގާމެއްގައި ހުރެވޭ ވަރަށް ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޝަނުގައި މަސައްކަތްކުރުން މުހިއްމުކަން ޕީކޭ ފާހަގަކުރި އެވެ.

"މި ނިމިދިޔަ އިންތިހާބުގެ ކަންތައްތަކުގެ ތެރޭގައި އަހަރެންގެ ލޯ ހުޅުވިއްޖެ. ހާއްސަ ގޮތެއްގައި ކެންޑިޑޭޓުންގެ ބަހުސްގައި އަހަންނަށް ފެނުނީ އެ މީހުން ކްލަބެއް ކުރިއަށްގެންދަން ޕްރޮޖެކްޓްތަކެއް ގެންދާނެ ގޮތުގެ ވާހަކަތައް. އެ ހިސާބަށް އަދި އަހަރެންގެ ވިސްނުން ނުހިނގައިފާނެ. އެ ސަބަބާ ހުރެ ކަންނޭނގެ އަހަރެން ބާސެލޯނާގެ ރައީސްކަން ކުރުމުގެ ހިޔާލެއް ނެތީ," ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ޕީކޭ ބުންޏެވެ.

ޕީކޭ ބުނީ އޭނާގެ އުއްމީދަކީ ދާދި ފަހުން ބާސެލޯނާގެ އިންތިހާބު ކާމިޔާބުކުރެއްވި ޖޮއާން ލަޕޯޓާގެ ލީޑަޝިޕްގައި ކުރިން އޮތް ލެވަލަށް ބާސެލޯނާ މައްޗަށް ޖައްސާލުމަށް ކަމަށެވެ.

"އަހަރެން އެދެނީ ލަޕޯޓާ އޭނާގެ މެންޑޭޓް ފުރިހަމަކުރުން. ކްލަބްގެ ދަރަނިތައް މަދުކޮށް މި ކްލަބް ކުރިއަށްދާނެ ގޮތަކަށް މަގެއް ކޮށައިދިނުން މުހިއްމު," ޕީކޭ ބުންޏެވެ.

ޕީކޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޮސްމޯސް އިންވެސްޓްމަންޓް ގްރޫޕުން އަންނަނީ އެކި ކުޅިވަރުތަކަށް ބޮޑެތި އިންވެސްޓްތަކެއް ކުރަމުންނެވެ. އެ ގޮތުން އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް)އާ ގުޅިގެން ކޮސްމޯސް އިންވެސްޓްމަންޓުން ވަނީ ބޮޑު ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ. އެއީ އަހަރު ފަހުކޮޅުގައި އޮންނަ ފިރިހެން ޓީމް އިވެންޓް ޓެނިސް މުބާރާތް ކަމަށްވާ މަޝްހޫރު ޑޭވިސް ކަަޕް ކުރިއަށް އޮތް 25 އަހަރު އިންތިޒާމްކޮށް އޭގެއިން ވިޔަފާރީގެ ގޮތުގައި ފައިދާތަކެއް ހޯދުމަށެވެ. އެއީ ތިން ބިލިއަން ޑޮލަރުގެ އަގު ހުރި ކޮންޓްރެކްޓެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox