ޕާކިސްތާން
240 ލިޔުން
ފަހުގެ
ދުނިޔެއިމްރާން ޚާންގެ ކޮއްކޯފުޅު ހައްޔަރުކޮށްފި
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި ބާއްވާ މުޒާހަރާތަކުގެ ކުރިން، އޭނާގެ ކޮއްކޮ އަލީމާ ޚާނަމް 30 ދުވަހުގެ މުއްދަތަށް ހައްޔަރުކޮށްފިއެވެ. ކަމާބެހޭ އިދާރާތަކުން ބުނާގޮތުގައި އޭނާ ހައްޔަރުކުރީ ގައުމުގެ އަމަންއަމާންކަން ގެއްލުވާލުމަށް މީހުން އެއްކޮށް، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަމުންދާތީއެވެ.
ދުނިޔެހޫތީންގެ ހަމަލާތަކުން ސައުދީ ދިފާއުކުރަން ތުރުކީ އޮތީ ތައްޔާރަށް
ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކުން އެ ގައުމު ދިފާއުކުރުމަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭން ތުރުކީ އޮތީ ތައްޔާރަށް ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެއެވެ. މި އެހީތެރިކަން ފޯރުކޮށްދެނީ ތުރުކީ، ސައުދީ އަދި ޕާކިސްތާނުގެ މެދުގައި ސޮއިކޮށްފައިވާ "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް" ގެ ދަށުންނެވެ. ހޫތީންގެ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ސަޕްލައިއަށާއި ވިޔަފާރިއަށް ނުރައްކާވަމުންދާއިރު، އެމެރިކާއިން ވަނީ ސައުދީއަށް އަސްކަރީ އެހީ ދިނުމަށް އިންކާރުކޮށްފައެވެ.
