އިމްރާން ޚާން ޖަލުން ހޮސްޕިޓަލަށް ބަދަލުކޮށްފި

Aug 21, 2026, 7:30 AM
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސިއްހީ ހާލަތު ގޯސްވުމާ ގުޅިގެން، ފަރުވާ ދިނުމަށްޓަކައި ވެރިރަށް އިސްލާމްއާބާދުގެ ހޮސްޕިޓަލަކަށް ބަދަލުކޮށްފިއެވެ.

އިމްރާން ޚާން މިހާތަނަށް ހުންނެވި އަދިއާލާ ޖަލުން ޝިފާ އިންޓަނޭޝަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކަކާއެކުގަ އެވެ. އިމްރާން ޚާންގެ ޕާޓީން މިކަން ކަށަވަރުކޮށްދީފައިވީ ނަމަވެސް، ސަރުކާރުގެ ރަސްމީ އިދާރާއަކުން އަދި މިކަމާ ގުޅޭގޮތުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އިމްރާން ޚާން ހޮސްޕިޓަލަށް ބަދަލުކުރުމަށް ނިންމާފައިވަނީ ޕާކިސްތާނުގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ކުރި އަމުރަކާ ގުޅިގެންނެވެ. އެ ކޯޓުން ވަނީ 48 ގަޑިއިރުގެ ތެރޭގައި އިމްރާން ޚާން ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރުންގެ ހާއްސަ ޓީމަކުން އޭނާގެ ބަލިތައް ތަހުލީލު އަމުރުކޮށްފަ އެވެ.

މިއީ 2023 ވަނަ އަހަރު ކޮރަޕްޝަނުގެ ތުހުމަތުގައި އިމްރާން ޚާން ޖަލަށްލީ ފަހުން ކޯޓަކުން އޭނާއަށް ލިބުނު އެންމެ ބޮޑު ލުޔެވެ. އިމްރާން ޚާން އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ މަގުސަދެއްގައި އުފުލާފައިވާ ދޮގު ދައުވާތަކެއް ކަމަށެވެ.

ކޯޓުގެ އަމުރުގައި އިމްރާން ޚާންގެ އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށްވެސް ވަނީ އަންގާފަ އެވެ. މިއީ އެތައް މަސްތަކެއްގެ މެދުކެނޑުމަކަށްފަހު އޭނާއަށް ލިބުނު ފުރުސަތެކެވެ. މިގޮތުން އަންގާރަ ދުވަހުގެ ރޭ އޭނާގެ އަންހެން ކޮއްކޮ ވަނީ ޖަލަށް ޒިޔާރަތްކޮށް އޭނާއާ ބައްދަލުކޮށްފަ އެވެ. އިމްރާން ޚާންގެ ޕާޓީ ކަމަށްވާ ތަހްރީީކޭ އިންސާފުން އާންމުކޮށް ކޯޓުތަކުގެ ނިންމުންތަކަށް ފާޑުކީ ނަމަވެސް، މި ނިންމުމުގެ ފަހަތުގައި ސިޔާސީ ކުޅިގަނޑެއް އޮތް ކަމަށް ބުނެ އެއްވެސް ވާހަކައެއް އަދި ދައްކާފައެއް ނުވެއެވެ.

ޝިފާ އިންޓަނޭޝަނަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދު މިހާރު ވަނީ ފުލުހުން ބަންދުކޮށްފަ އެވެ. އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުންނާއި ސަލާމަތީ ބާރުތަކުގެ އުޅަނދުތައް ދަނީ ހަރަކާތްތެރިވަމުންނެވެ. ސުޕްރީމް ކޯޓުން ވަނީ ހޮސްޕިޓަލް ސަރަހައްދުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށާއި، ނޫސްވެރިންގެ ބައްދަލުވުންތައް ނުބޭއްވުމަށް އިމްރާން ޚާންގެ ޕާޓީއަށް އަންގާފަ އެވެ. މިއީ އޭނާގެ ބަލިހާލަތު ސިޔާސީ ކަމަކަށް ހެދިޔަ ނުދިނުމަށް އެޅި ފިޔަވަޅެކެވެ.

އުމުރުން 73 އަހަރުގެ އިމްރާން ޚާންގެ ވަކީލުން ވިދާޅުވާ ގޮތުގައި އޭނާ ގެންދަވަނީ ސިއްހީ ގިނަ މައްސަލަތަކެއް ތަހައްމަލު ކުރައްވަމުންނެވެ. އޭގެ ތެރޭގައި ލޮލުގެ ފެނުން ދަށްވުމުގެ މައްސަލަ ހިމެނެއެވެ. މިދިޔަ ފެބްރުއަރީ މަހު ވަކީލުން ބުނެފައިވަނީ ޖަލުން އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުން އިމްރާން ޚާންގެ ކަނާތު ލޮލުގެ ފެނުން ސަތޭކައަކުން ފަނަރަ ޕަސެންޓަށް ދަށްވެފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުން މި ވާހަކަތައް ދޮގުކުރެއެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވަނީ ކޮންމެ ގައިދީއެއްގެވެސް ފުރާނައާއި، ސިއްހަތާއި، ކަރާމާތް އަދި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ގާނޫނީ އަދި ދުސްތޫރީ ވާޖިބެއް ކަމަށެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދޭއިރު ލޮލުގެ ހާއްސަ ޑޮކްޓަރަކު ބައިވެރިކުރުމަށްވެސް ފަނޑިޔާރުން ވަނީ އަންގާފަ އެވެ. މީގެ އިތުރުން، އިމްރާން ޚާންގެ ސަޕޯޓަރުން ހޮސްޕިޓަލް ދޮށަށް އެއްނުވުމަށް ޕާޓީގެ އިސްވެރިންނާއި ކޯޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ޕާކިސްތާނުގެ ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން އިމްރާން ޚާން ބޮޑުވަޒީރުކަން ކުރެއްވީ 2018 އިން 2022 އަށެވެ. އޭނާ ޖަލަށްލެވުނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ. އޭނާގެ މައްޗަށް ސަތޭކައަށްވުރެ ގިނަ މައްސަލަ ހުށަހެޅިފައިވާއިރު، އޭގެ ތެރޭގައި ދައުލަތުގެ ސިއްރުތައް ހާމަކުރުމާއި ދައުލަތަށް ލިބުނު ހަދިޔާތައް ވިއްކުމުގެ ތުހުމަތު ހިމެނެއެވެ.

އިމްރާން ޚާންއާއި އޭނާގެ އަނބިކަނބަލުން ބުޝްރާ ބީބީގެ މައްޗަށް އިއްވީ 17 އަހަރުގެ ޖަލު ހުކުމެކެވެ. އިމްރާން ޚާން ޖަލަށްލުމާ ގުޅިގެން އޭނާގެ ސަޕޯޓަރުން ބޮޑެތި މުޒާހަރާތަކެއް ކޮށްފައިވާއިރު، އޭނާއަކީ އަދިވެސް ޕާކިސްތާނުގެ ސިޔާސީ މަސްރަހުގައި ވަރަށް ނުފޫޒުގަދަ ބޭފުޅެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

Newsletter

Get the latest news delivered straight to your inbox