ޕާކިސްތާނުގެ މިސްކިތަކަށް ދިން ހަމަލާއެއްގައި 21 މީހުން މަރުވެއްޖެ

Sep 20, 2026, 6:23 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ހުންނަ ފުލުހުންގެ މަރުކަޒެއްގެ ތެރޭގައި ހުރި މިސްކިތަކަށް އަމާޒުކޮށް ކާރު ބޮމަކުން ދިން ހަމަލާއެއްގައި މަދުވެގެން 21 މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.

ޕާކިސްތާނުގެ އޭޕީޕީ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހައިބަރު ޕަހްތޫންހުވާ ޕްރޮވިންސްގެ ކޯހާޓް ސިޓީގައި ހުންނަ ފުލުހުންގެ މަރުކަޒަށް ދިން މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ފުލުހުންގެ 15 އޮފިސަރުންނާއި ހަތަރު އަހަރުގެ ކުޑަކުއްޖަކު ހިމެނެ އެވެ. މި ހަމަލާގައި ބަޑި ހިފައިގެން ތިބި ހަނގުރާމަވެރިން ފުލުހުންގެ މަރުކަޒަށް ބަޑީގެ ހަމަލާތަކެއް ވެސް ދީފައިވެ އެވެ.

އެ ސަރަހައްދުގެ ފުލުހުން ތުހުމަތުކުރާ ގޮތުގައި މި ހަމަލާގެ ފަހަތުގައި ވަނީ ޕާކިސްތާނީ ތާލިބާނުންގެ ނަމުން މަޝްހޫރުވެފައިވާ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ގެ ގޮތްޕެކެވެ.

Advertisement

ފުލުހުން ބުނި ގޮތުގައި، ގޮވާތަކެތި އަރުވައިގެން ދިޔަ ކާރު މިސްކިތުގެ ދޮރުމަތީގައި ގޮއްވާލާފައިވަނީ އެ ގައުމުގެ ގަޑިން މެންދުރުފަހު 13:15 ހާއިރު އެވެ. އެ ވަގުތަކީ މިސްކިތުގައި ހުކުރު ނަމާދު ކުރަމުންދިޔަ ވަގުތެވެ.

ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، ބޮން ގޮއްވާލުމަށްފަހު ހިނގި ބަޑީގެ ހަމަލާތަކުގައި ހަމަލާދިން މީހުންގެ ތެރެއިން މަދުވެގެން ހަ މީހަކު ވަނީ މަރާލާފަ އެވެ.

 ދެހާސް ހަތް ވަނަ އަހަރު އުފެއްދި ޓީޓީޕީ ޖަމާއަތަކީ އަލްގައިދާ އާއި އަފްގާނިސްތާނުގެ ތާލިބާނުންނާ ގުޅުން އޮންނަ ބައެކެވެ.

ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ ނެރުއްވި ބަޔާނެއްގައި، މި ހަމަލާގައި ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެ އެވެ. އަދި ބޭރުގެ އެހީތެރިކަން ލިބިގެން ހަރަކާތްތެރިވާ ޓެރަރިސްޓުން މުޅިން ނައްތާލުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ މި ބޮމުގެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފަ އެވެ. އަދި އާންމު ރައްޔިތުންނާއި އަޅުކަންކުރާ ތަންތަނަށް އަމާޒުކޮށްދޭ ހަމަލާތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ ފެބްރުއަރީ މަހު އިސްލާމްއާބާދުގެ ޝިއައީ މިސްކިތަކަށް ދިން ހަމަލާ ހިމެނޭހެން، ޕާކިސްތާނުގައި ދިން ސިލްސިލާ ހަމަލާތަކުގެ ފަހަތުގައި ވަނީ ޕާކިސްތާނީ ތާލިބާނުން ކަމަށް އޮފިޝަލުން ވަނީ ތުހުމަތުކޮށްފަ އެވެ. އެ ހަމަލާގައި 30 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

ފަހަކަށް އައިސް ޕާކިސްތާނުގެ ބޯޑަރު ސަރަހައްދުތަކުގައި ހަނގުރާމަވެރި ޖަމާއަތްތަކުން ސިފައިންނާއި ފުލުހުންނަށް އަމާޒުކޮށްދޭ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އިސްލާމްއާބާދުން ތުހުމަތުކުރާ ގޮތުގައި، ހަނގުރާމަވެރިން އަފްގާނިސްތާނަކީ އެ މީހުންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ބޭނުންކޮށްގެން، ޕާކިސްތާނަށް ހަމަލާދިނުމަށް ތަމްރީނުތައް ހޯދައި ރޭވުންތައް ރާވަމުންދެ އެވެ.

ނަމަވެސް އަފްގާނިސްތާނުގެ ތާލިބާން ސަރުކާރުން މި ތުހުމަތުތައް ދޮގުކުރެ އެވެ. އެ ސަރުކާރުން ބުނާ ގޮތުގައި ހަނގުރާމަވެރި ޖަމާއަތްތަކުގެ މައްސަލައަކީ ޕާކިސްތާނުގެ ދާހިލީ މައްސަލައެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

ޓްރަމްޕް ފިލިޕީންސަށް ވަޑައިގެންފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ފިލިޕީންސަށް ވަޑައިގެން، އިންޑިއާ، ޖަޕާން އަދި އޮސްޓްރޭލިއާ ހިމެނޭ ކުއަޑް ގްރޫޕުގެ ލީޑަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އިންޑޯ-ޕެސިފިކް ސަރަހައްދުގެ އަމާންކަމާއި ގުޅުން ބަދަހިކުރުމާ ގޮތުން މަޝްވަރާކުރެއްވިއިރު، އެމެރިކާގެ އަމާޒަކީ ޗައިނާގެ ނުފޫޒު ކުޑަކޮށް މި ގައުމުތަކާއެކު އޮންނަ އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ގުޅުން ވަރުގަދަކުރުމެވެ.

ހަގިން ފޭސްއަށް ދިން ހަމަލާއާ ގުޅިގެން ދައުވާކޮށްފި

އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތި އޭއައި މޮޑެލްތައް ތަރައްގީކޮށް އާންމުން ނުރައްކަލަށް ހުށަހެޅި ކަމަށް ބުނެ، ކެލިފޯނިއާގެ އެޓާނީ ޖެނެރަލް އޯޕަންއޭއައިއާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ. މި ދައުވާގެ މައިގަނޑު އަސާސަކީ އޯޕަންއޭއައިގެ އެޖެންޓުންތަކެއް "ހަގިން ފޭސް" ގެ ނިޒާމަށް ވަދެ ދިން ހަމަލާއަކަށްވާއިރު، މިއީ އެމެރިކާގެ ސްޓޭޓަކުން އޭއައި ކުންފުންޏަކާ ދެކޮޅަށް ކުރި ފުރަތަމަ ދައުވާއެވެ.

އިންޑިއާ: އޭއައި ބޭނުންކޮށް ބިމާއި މަގުގެ މައްސަލަތަކަށް ހައްލު

އިންޑިއާގެ ސްޓާޓްއަޕްތަކުން އޭއައި ބޭނުންކޮށްގެން ބިމުގެ ރެކޯޑުތައް ބެލެހެއްޓުމާއި، މަގުތަކުގައި ހުންނަ ވަޅުގަނޑުތައް ދެނެގަތުން ފަދަ އިޖުތިމާއީ ބޮޑެތި މައްސަލަތަކަށް އަންނަނީ ހައްލު ހޯދައިދެމުންނެވެ. މީގެ އިތުރުން ސިއްހީ ދާއިރާގައި ލެބް ރިޕޯޓުތައް ތަރުޖަމާކުރުމާއި ބަލިމަޑުކަން ދެނެގަތުމަށް ވެސް މި ޓެކްނޮލޮޖީގެ އެހީގައި ލުއިފަސޭހަ ނިޒާމުތަކެއް ވަނީ ގާއިމުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox