ނޭޕާލްގެ މަޝްހޫރު ނިމްސް ބްރޯޑް ޕީކް ފަރުބަދައަށް އަރަނިކޮށް މަރުވެއްޖެ

Aug 2, 2026, 10:46 AM
ނެޓްފްލިކްސް އިން އުފެއްދި ޑޮކިއުމެންޓްރީ "14 ޕީކްސް: ނަތިން އިޒް އިމްޕޮސިބަލް" ރިލީޒްކުރުމާއެކު، އޭނާއަކީ ދުނިޔޭގެ ފެންވަރުގައި ބޮޑު މަގުބޫލުކަމެއް ހޯދި ފަރާތެއް.

ނެޓްފްލިކްސް އިން އުފެއްދި ޑޮކިއުމެންޓްރީ "14 ޕީކްސް: ނަތިން އިޒް އިމްޕޮސިބަލް" ރިލީޒްކުރުމާއެކު، އޭނާއަކީ ދުނިޔޭގެ ފެންވަރުގައި ބޮޑު މަގުބޫލުކަމެއް ހޯދި ފަރާތެއް.

ޕާކިސްތާނުގެ ބްރޯޑް ޕީކް ފަރުބަދައިގައި ކުރިމަތިވި އެވަލާންޗް ހާދިސާގައި މަރުވި 10 މީހުންގެ ތެރޭގައި އިނގިރޭސިވިލާތާއި ނޭޕާލަށް ނިސްބަތްވާ މަޝްހޫރު ނިރްމަލް ޕުރުޖާ ހިމެނޭ ކަމަށް އޭނާގެ ކުންފުނިން ބުނެފި އެވެ.

އެލީޓް އެކްސްޕެޑިޝަންސް ކުންފުނިން ބުނީ، އުމުރުން 43 އަހަރުގެ ޕުރުޖާ މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި މަރުވެފައިވާކަން ކަށަވަރުވެފައިވާ ކަމަށެވެ. 

ނޭޕާލަށް އުފަންވެ، ފަހުން އިނގިރޭސި ސިފައިންގެ ތެރޭގައި ހިދުމަތް ކުރި ޕުރުޖާ މަޝްހޫރުވެފައިވަނީ 2019 ވަނަ އަހަރު ދުނިޔޭގެ އެންމެ އުސް 14 ފަރުބަދައަށް އެންމެ ހަ މަސް ދުވަހުގެ ތެރޭގައި އަރައި ނިންމާލުމުންނެވެ.

Advertisement

ޕާކިސްތާނުގެ އޮފިޝަލުން މީގެ ކުރިން ބުނީ، ޕުރުޖާގެ ޓީމުގައި ހިމެނޭ ތިން މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެމެރިކާގެ މެލޮރީ ގެއިސް އާއި، އޮމާންގެ ނަދީރާ އަހުމަދު އަބްދުﷲ އަލް ހާތީގެ އިތުރުން ނޭޕާލްގެ ޕޫރް ބަހާދުރު ގުރުންގް އެވެ.

ޕުރުޖާގެ މަރުގެ ހަބަރު ނޭޕާލްގެ ބޮޑުވަޒީރު ބަލެންދްރަ ޝާހު ވެސް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. ބޮޑުވަޒީރު ވިދާޅުވީ، ޕާކިސްތާނުގެ ކަރަކޯރަމް ފަރުބަދަ ރޭންޖުގައި ހިނގި މި ހާދިސާގައި ދުނިޔޭގެ ރެކޯޑް އޮތް ނިރްމަލް ޕުރުޖާ ހިމެނޭހެން ނޭޕާލްގެ ހަ މީހަކާއި ބޭރުގެ ހަތަރު މީހަކު މަރުވުމަކީ ލިބުނު ވަރަށް ބޮޑު ސިހުމެއް ކަމަށެވެ.

ކަރަކޯރަމް ރޭންޖުގައި ހިމެނޭ، އުސްމިނުގައި 8،047 މީޓަރު (26،400 ފޫޓު) ހުންނަ ދުނިޔޭގެ 12 ވަނައަށް އެންމެ އުސް ފަރުބަދަ ކަމަށްވާ ބްރޯޑް ޕީކަށް ކުރިމަތިވި އެވަލާންޗްގެ (ކުއްލިއަކަށް ބިންގަނޑާއެކު ސްނޯ ފޭބުން) ސަބަބުން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ޕާކިސްތާނުގެ ޓީމުތަކުން ދަނީ ކުރަމުންނެވެ.

އެކި ގައުމުތަކުގެ މީހުން ހިމެނޭ މި ޓީމުގެ އިސްވެރިއަކީ ޕުރުޖާ އެވެ. "ނިމްސް" ގެ ނަމުން މަޝްހޫރުވި ޕުރުޖާ ދުނިޔޭގެ ސަމާލުކަމަށް އައީ 2019 ވަނަ އަހަރު، ދުނިޔޭގައި 8،000 މީޓަރަށް ވުރެ އުސް 14 ފަރުބަދައަށް އެންމެ 189 ދުވަހުގެ ތެރޭގައި އަރައި، ކުރީގެ ރެކޯޑަށް ވުރެ ހަތް އަހަރު އަވަހަށް އެ މަސައްކަތް ނިންމާލުމުންނެވެ.

އޭނާގެ މި ދަތުރާ ގުޅޭ ގޮތުން ނެޓްފްލިކްސް އިން އުފެއްދި ޑޮކިއުމެންޓްރީ "14 ޕީކްސް: ނަތިން އިޒް އިމްޕޮސިބަލް" އޭގެ ދެ އަހަރު ފަހުން ރިލީޒްކުރުމާއެކު، އޭނާއަކީ ދުނިޔޭގެ ފެންވަރުގައި ބޮޑު މަގުބޫލުކަމެއް ހޯދި ފަރާތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޔޫކޭ ގްރީން ޕާޓީގެ ލީޑަރު އިޒްރޭލަށް އެތެރެވުން މަނާކޮށްފި

ޒަޔަނިސްޓް ފިކުރަކީ ނަސްލީ ތަފާތުކުރުމެއް ކަމަށް ކަނޑައަޅައި އިނގިރޭސި ގްރީން ޕާޓީން ގަރާރެއް ފާސްކުރުމާ ގުޅިގެން، އެ ޕާޓީގެ ލީޑަރު ޒެކް ޕޮލާންސްކީ އިޒްރޭލަށް އެތެރެވުން އެ ގައުމުން މަނާކޮށްފިއެވެ. އިޒްރޭލުން މި ނިންމުން ނިންމީ އެ ގަރާރަކީ ޔަހޫދީންނާ ދެކޮޅު އަމަލެއް ކަމަށް ބުނެފައިވަނިކޮށް، ގްރީން ޕާޓީގެ ގަރާރުގައި ވަނީ ފަލަސްތީނުގެ ބިމުގައި ޑިމޮކްރެޓިކް ދައުލަތެއް ގާއިމުކުރުމަށް ބާރުއަޅާފައެވެ.

އަންހެން ނޫސްވެރިންނަށް ދިއްލީ ފުލުހުން ޖިންސީ ފުރައްސާރަކޮށްފި

އިންޑިއާގެ އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި ދިއްލީގައި ކުރި މުޒާހަރާއެއްގެ ތެރެއިން، ފުލުހުންގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ތިން އަންހެން ނޫސްވެރިއަކު ތުހުމަތުކޮށްފިއެވެ. މި މައްސަލަ ދިއްލީ ފުލުހުންގެ ކްރައިމް ބްރާންޗުން މިހާރު ތަހުގީގު ކުރަމުންދާއިރު، ނޫސްވެރިންނަށް ކުރިމަތިވި މި ހާދިސާއާ ގުޅިގެން ސިޔާސީ ފަރާތްތަކާއި ޕްރެސް ކްލަބުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާ އިލެކްޝަންސްގެ ޗީފްގެ އިސްތިއުފާއަށް ގޮވާ މުޒާހަރާ

އިންޑިއާގެ ވޯޓާ ރޯލަށް ގެނައި ބަދަލުތަކާ ގުޅިގެން، އެ ގައުމުގެ އިލެކްޝަން ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދެއްވުމަށް ގޮވާލައި ކުރާ މުޒާހަރާތައް ވަނީ ވަރުގަދަވެފައެވެ. އިދިކޮޅު ލީޑަރުން އިސްވެ ތިއްބަވައި ކުރިއަށްގެންދާ މި މުޒާހަރާތަކުގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި، މި ބަދަލުތަކަކީ ވެރިކަންކުރާ ބީޖޭޕީއަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ގެނައި ބަދަލުތަކެކެވެ. މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ދަނީ ގިނަ ބަޔަކު ހައްޔަރުކޮށް، އެއްވުން މަނާ ސަރަހައްދުތަކުން މީހުން ދުރުކުރަމުންނެވެ.

ހޫތީން ބަލިކުރަން ޔަމަނުން އަސްކަރީ ބޮޑު އޮޕަރޭޝަނެއް ފަށައިފި

ޔަމަނުގެ ސަރުކާރުގެ ބާރުގެ ދަށުން ބޭރުވެފައިވާ ސަރަހައްދުތައް އަނބުރާ ހޯދުމަށްޓަކައި، ސައުދީ އަރަބިއްޔާގެ އެހީތެރިކަމާއެކު ހޫތީންނާ ދެކޮޅަށް އަސްކަރީ ބޮޑު އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ހޫތީން ވަނީ ސައުދީގެ އަރަމްކޯ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެފައެވެ.

ކޯ-ޕައިލެޓާއި އޮސްޓްރޭލިއާއާ އޮތް ގުޅުން ބަލަނީ

ފްލައިދުބާއީގެ ފްލައިޓެއް ހައިޖެކްކުރަން އުޅުނު ކޯ-ޕައިލެޓަކީ އޮސްޓްރޭލިއާގައި ކިޔަވައި، އެ ގައުމުގެ ހަރުކަށި ފިކުރުގެ މަރުކަޒުތަކާ ގުޅުން އޮތް މީހެއްކަމަށް ތުހުމަތު ކުރެވޭތީ އޮސްޓްރޭލިއާގެ ކައުންޓާ ޓެރަރިޒަމް ޔުނިޓުން އެކަން ތަހުގީގު ކުރަން ފަށައިފިއެވެ. ޔޫއޭއީން ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ސިފަކުރި މި ހާދިސާގައި، ކޯ-ޕައިލެޓް ވަނީ ކޯރާޑިއަކުން ކެޕްޓަނަށް ހަމަލާދީ ބޯޓު ވައްޓާލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ބޯޓު ވަނީ ކޮންޓްރޯލްގެ ދަށަށް ގެނެސް ސަލާމަތްތެރިކަމާއެކު ޖައްސާފައެވެ.

ޖަޕާނުގައި މަރުގެ މައްސަލައެއްގައި އެމެރިކާ ސިފައިންގެ މީހެއް

ޖަޕާނުގެ އޮކިނާވާގައި އަންހެނަކު މަރާލައި ފޭރުނު ކަމުގެ ތުހުމަތުގައި އެމެރިކާގެ މެރިން ސިފައިންގެ މީހަކު ހައްޔަރުކުރުމާ ގުޅިގެން، ޖަޕާނު ސަރުކާރުން އެމެރިކާއަށް ރަސްމީކޮށް އިހުތިޖާޖު ހުށަހަޅައިފިއެވެ. މި ހާދިސާ ކުށްވެރިކުރައްވައި ބޮޑުވަޒީރު ޓަކައިޗީ ވަނީ މައްސަލައިގެ ތަހުގީގަށް އެމެރިކާގެ އެއްބާރުލުން ދިނުމަށާއި، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.

Newsletter

Get the latest news delivered straight to your inbox