އިމްރާން ހާންގެ ދަރިންގެ އިންޓަވިއުއެއް ދައްކާނަމަ ޕާކިސްތާނުން މެޗު ކެންސަލް ކޮށްލާނެ ކަމުގެ އިންޒާރެއް

Aug 29, 2026, 7:58 AM
ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އަދި ކާމިޔާބު ކްރިކެޓް ކެޕްޓަން، އިމްރާން ހާންގެ ދެ ފިރިހެން ދަރިން ކަމަށްވާ ސުލެއިމާން ހާން އާއި ކާސިމް ހާން.---- ފޮޓޯ: ރޮއިޓާސް

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އަދި ކާމިޔާބު ކްރިކެޓް ކެޕްޓަން، އިމްރާން ހާންގެ ދެ ފިރިހެން ދަރިން ކަމަށްވާ ސުލެއިމާން ހާން އާއި ކާސިމް ހާން.---- ފޮޓޯ: ރޮއިޓާސް

ލަންޑަން (އޮގަސްޓް 29) - މިދިޔަ ތިން އަހަރު ޖަލުގައި ހުންނެވި ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އަދި ކާމިޔާބު ކްރިކެޓް ކެޕްޓަން، އިމްރާން ހާންގެ ދެ ފިރިހެން ދަރިން ކަމަށްވާ ސުލެއިމާން ހާން އާއި ކާސިމް ހާންގެ އިންޓަވިއުއެއް ސްކައި ސްޕޯޓްސް އިން ދައްކައިފިނަމަ މިހާރު ޕާކިސްތާނުން އިނގިރޭސިވިލާތުގައި ކުރިއަށްގެންދާ ޓެސްޓް ކްރިކެޓް ޓުއާ ކެންސަލް ކޮށްލާނެ ކަމުގެ އިންޒާރު ޕާކިސްތާން ކްރިކެޓް ބޯޑް (ޕީސީބީ) އިން ދީފި އެވެ. 

ކްރިކެޓް ކުޅުންތެރިއެއްގެ ގޮތުގައި މަޝްހޫރުވެވަޑައިގަތުމަށް ފަހު ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެންނެވި އިމްރާން ހާން، ކޮރަޕްޝަންގެ ތުހުމަތުތަކުގައި ޖަލަށްލާފައިވަނީ 2023 ވަނަ އަހަރުން ފެށިގެންނެވެ. ނަމަވެސް އެމަނިކުފާނު ގެންދަވަނީ އެ ހުރިހާ ތުހުމަތުތަކަކަށް އިންކާރު ކުރައްވަމުންނެވެ. ޖަލުގައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާނަށް އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ދުނިޔޭގެ މަޝްހޫރު ކުރީގެ ކްރިކެޓް ކެޕްޓަނުންތަކެއް ޕާކިސްތާނު ސަރުކާރަށް އަންނަނީ ގޮވާލަމުންނެވެ. 

ޕާކިސްތާން އާއި އިންގްލެންޑްގެ ޓެސްޓް ސީރީސްގެ ފުރަތަމަ ދުވަހުގެ ލަންޗް ބްރޭކް ވަގުުތުގައި ސްކައި ސްޕޯޓްސް އިން ވަނީ ސުލެއިމާން އާއި ކާސިމްގެ އިންޓަވިއު ދައްކައިފަ އެެވެ. އެ އިންޓަވިއު ދައްކާފައިވާއިރު، ޕާކިސްތާންގެ ކްރިކެޓް ބޯޑުން ވަނީ ބާކީ ތިން މެޗު ކެންސަލްކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދީފަ އެވެ. 

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އަދި ކާމިޔާބު ކްރިކެޓް ކެޕްޓަން، އިމްރާން ހާންގެ ދެ ފިރިހެން ދަރިން ކަމަށްވާ ސުލެއިމާން ހާން އާއި ކާސިމް ހާން.---- ފޮޓޯ: ގެޓީއިމޭޖަސް
ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އަދި ކާމިޔާބު ކްރިކެޓް ކެޕްޓަން، އިމްރާން ހާންގެ ދެ ފިރިހެން ދަރިން ކަމަށްވާ ސުލެއިމާން ހާން އާއި ކާސިމް ހާން.---- ފޮޓޯ: ގެޓީއިމޭޖަސް

ޕާކިސްތާންގެ ކްރިކެޓް ޓީމުގެ ކޯޗު، ސަރްފަރާޒް އަހުމަދު ބުނެފައިވަނީ، ޕާކިސްތާންގެ ކްރިކެޓް ބޯޑުގެ އެ ފަދަ ކަމެއްގެ މައުލޫމާތު އޭނާ އަށް ލިބިފައިނުވާ ކަމަށެވެ. 

"ތި ވާހަކަ ދައްކާ އިންޓަވިއުއެއްގެ މައުލޫމާތު އަހަރެމެންނަށް ލިބިފައި ނެތް،" ސަރްފަރާޒް ބުންޏެވެ. 

ޕާކިސްތާންގެ ކްރިކެޓް ބޯޑުގެ ޗެއާމަން، މޮހްސިން ނާގްވީ އަކީ އެ ގައުމުގެ އިންޓީރިއާ މިނިސްޓަރެވެ. 

ކާސިމް އާއި ސުލެއިމާންގެ އިންޓަވިއު ނަގާފައިވަނީ އިންގްލެންޑްގެ ކުރީގެ ކެޕްޓަން، މައިކަލް އެތާޓަން އެވެ. އެ އިންޓަވިއުގައި ކާސިމް އާއި ސުލެއިމާން ވަނީ ބައްޕަ، އިމްރާން އަށް ޖަލުގައި ކަންކަން ވަމުން އަންނަ ގޮތާ މެދު ނުތަނަވަސްކަން ހުރި ކަމަށާއި އެކަމާ މެދު އިނގިރޭސި ސަރުކާރުން ގެންގުޅޭ ސިޔާސަތާ މެދު ވެސް ކަންބޮޑުވާ ކަމަށް ބުނެފަ އެވެ. 

ސްކައި އަށް މި އިންޓަވިއުގެ ޝަކުވާ ލިބުމާ ގުޅިގެން އިނގިރޭސި ސަރުކާރުގެ ލަފާ ހޯދި އެވެ. އަދި، އިންޓަވިއު ދެއްކީ ވެސް އިނގިރޭސި ސަރުކާރަށް އަންގާފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު، ޕާކިސްތާނުން ސްކައި އިން ރައިޓްސް ނަގައިގެން މި ޓުއާގެ މެޗުތައް ދައްކަމުން އަންނަ ޕީޓީވީ އިން ސުލެއިމާން އާއި ކާސިމްގެ އިންޓަވިއު ދައްކާފައިނުވެ އެވެ. 

ލެޖެންޑަރީ އޯލްރައުންޑަރު، އިމްރާން ހާން 73، ވަނީ 21 އަހަރު އިންޓަނޭޝަަނަލް ކްރިކެޓް ކުޅެފަ އެވެ. އަދި، 1992 ވަނަ އަހަރު ޕާކިސްތާނަށް އައިސީސީ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނީ އިމްރާން ހާންގެ ކެޕްޓަންކަމުގަ އެވެ. ޕާކިސްތާންގެ ބޮޑު ވަޒީރު ކަމުގައި އިމްރާން ހާން ހުންނެވީ 2018 އިން 2022 އަށެވެ. 

ކާސިމް އާއި ސުލެއިމާން ދިރިއުޅެނީ އިނގިރޭސިވިލާތުގަ އެވެ. އެކި ފަހަރު މަތިން އިމްރާން ހާންއާ ބައްދަލުކުރެވޭތޯ ކާސިމް އާއި ސުލެއިމާން އަންނަނީ މަސައްކަތް ކުރަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox