ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ކޮއްކޯފުޅު ހައްޔަރުކޮށްފި

Sep 22, 2026, 7:00 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި އަންނަ ހަފުތާގައި ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާތަކުގެ ކުރިން، އޭނާގެ ކޮއްކޮ އަލީމާ ޚާނަމް ހައްޔަރުކޮށްފި ކަމަށް އިމްރާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީން ބުނެފި އެވެ.

ޕީޓީއައިގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އަލީމާ ޚާނަމް ހައްޔަރުކޮށްފައިވަނީ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ލާހޯރުންނެވެ. އެ ޕާޓީން ވަނީ މިއީ "ޣައިރު ގާނޫނީ" ހައްޔަރުކުރުމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި އޭނާގެ ދަރިފުޅު އަންނަނީ މަންމަ ވަގުތުން ދޫކޮށްލުމަށް ގޮވާލަމުންނެވެ.

ލާހޯރުގެ ޑެޕިއުޓީ ކޮމިޝަނަރު ނެރުއްވި ހައްޔަރުކުރުމުގެ އަމުރުގައި ބުނެފައިވަނީ، އަލީމާ ޚާނަމް އަންނަނީ ސޯޝަލް މީޑިއާ އާއި އާންމު އެއްވުންތައް މެދުވެރިކޮށް އިމްރާން ޚާނަށް ތާއީދުކުރާ މީހުން މުޒާހަރާއަށް ނެރުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އެ އަމުރުގައިވާ ގޮތުން އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓާނެ އެވެ.

އަލީމާ ޚާނަމް އަކީ އޭނާގެ ބޭބެ އިމްރާން ޚާން ޖަލަށްލާފައި ހުރި ހުރުމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދާ، އަދި ސަޕޯޓަރުންނާއި މީޑިއާތަކާ ގަވާއިދުން ވާހަކަދައްކާ ފަރާތެކެވެ.

އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އަލީމާގެ އާއިލާއިން ބުނެފައިވަނީ، އޭނާ ހުރި ތަނެއްގެ އެއްވެސް ޚަބަރެއް ނުވާތާ ގިނަ އިރުތަކެއް ވެފައިވާ ކަމަށެވެ.

އަލީމާގެ ދަރިފުޅު ޝަހްރޭޒް ޚާން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އޭނާގެ މަންމަ ހުރި ތަނެއް ސަރުކާރުން ވަގުތުން ހާމަކުރުމަށާއި، ރައްކާތެރިކަމާއެކު އޭނާ އަނބުރާ ގެނައުމަށް ގޮވާލާ ކަމަށެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އަލީމާ ހައްޔަރުކުރީ ސެޕްޓެމްބަރު 27 ވަނަ ދުވަހު މުޅި ގައުމުގައި ބޭއްވުމަށް ރާވާފައިވާ މުޒާހަރާތަކާ ގުޅިގެންނެވެ. އެ ދުވަހު މުޒާހަރާގެ ބައިވެރިން ރާވާފައިވަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް އެއްވުމަށެވެ.

ހައްޔަރުކުރުމުގެ އަމުރުގައި ބުނެފައިވަނީ، އަލީމާ ޚާނަމް އަންނަނީ "ގައުމުގެ އަމަންއަމާންކަން ގެއްލުވާލުމަށް" މީހުން އެއްކުރަމުން ކަމަށާއި، އަދި އާންމުންގެ ތެރޭގައި ސަރުކާރާ ދެކޮޅަށް ބަލައިނުގަނެވޭ ފަދަ ޝިއާރުތައް ފަތުރަމުންދާ ކަމަށެވެ.

ޕާކިސްތާނުގެ ދާޚިލީ ވަޒީރާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މުޒާހަރާތަކުގެ ސަބަބުން ގައުމަށް ގެއްލުންވާނެ ކަމަށާއި، މުޒާހަރާތައް ހުއްޓުވުމަށް ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ އެވެ.

އިމްރާން ޚާން 2023 ވަނަ އަހަރު ހައްޔަރުކުރީ ބޮޑުވަޒީރުކަމުގައި ހުންނެވިއިރު ލިބިވަޑައިގެންނެވި ހަދިޔާތައް ވިއްކައިގެން ލިބުނު ފައިސާގެ ތަފްސީލު ހާމަނުކުރި މައްސަލައިގައި ތިން އަހަރުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެންނެވެ.

ދައުލަތުގެ ސިއްރުތައް ހާމަކުރުމާއި، ދައުލަތުގެ ހަދިޔާތައް ވިއްކުމުގެ މައްސަލަތައް ހިމެނޭހެން 100 އަށްވުރެ ގިނަ ދައުވާ އިމްރާން ޚާންގެ މައްޗަށް ވަނީ އުފުލާފަ އެވެ. ނަމަވެސް އޭނާ ވިދާޅުވަމުން ގެންދަވަނީ އެއީ ސިޔާސީ މަގްސަދެއްގައި ކުރާ ދައުވާތަކެއް ކަމަށެވެ.

ކުރީގެ މަޝްހޫރު ކްރިކެޓް ތަރި އަދި ސިޔާސީ ލީޑަރުގެ މައްޗަށް މިދިޔަ އަހަރު ވަނީ ކޮރަޕްޝަންގެ މައްސަލައެއްގައި 14 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. މިއީ މިހާތަނަށް އޭނާގެ މައްޗަށް އިއްވި އެންމެ ދިގު ހުކުމެވެ.

އިމްރާން ޚާންގެ ސިއްހީ ހާލަތު ދަށްވަމުންދާތީ، މިދިޔަ މަހު އޭނާ ވަނީ ޓެސްޓުތައް ހެދުމަށް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox