ނޫސްވެރިންނަށް ގަޒުފްގެ ދައުވާކުރުމުގެ ގާނޫނީ ހަމައެއް ނެތް: ނަޝީދު

May 20, 2026, 6:01 PM
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

އަދަދު ނޫހުން އުފެއްދި އައިޝާ ޑޮކިއުމެންޓަރީގައި ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ޒިނޭގެ ތުހުމަތެއްކޮށްފައި ނުވާ ކަމަށާއި، އެހެންކަމުން އެ މައްސަލައިގައި ނޫސްވެރިންގެ މައްޗަށް ގަޒުފްގެ ދައުވާ އުފުލުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިހާރު ވައިރަލްވެފައިވާ އެ ޑޮކިއުމެންޓްރީ އުފެއްދި މައްސަލައިގައި ގަޒުފްގެ ދައުވާ އުފުލާފައި ވަނީ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށެވެ.

މި ދައުވާ ސާބިތުވެއްޖެ ނަމަ 80 އެތިފަހަރުން ހައްދު ޖެހުމުގެ އިތުރުން ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. 

Advertisement

އިއްޔެ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ނަޝީދު ފާހަގަކުރެއްވި ގޮތުގައި ޑޮކިއުމެންޓަރީގައި މަސްދަރަކާ ހަވާލާދީ ތުހުމަތުކޮށްފައިވަނީ މުއިއްޒު، ރައީސް އޮފީހުގެ މުވައްޒަފަކާ އެކު ބަދުއަހުލާގީ އަމަލެއް ހިންގާފައިވާ ކަމަށެވެ.

ނަމަވެސް އެއީ ޒިނޭ ކުރި ކަމުގެ ތުހުމަތެއް ނޫން ކަމަށާއި، އެކަން ފާހަގަކުރެވިދާނީ ބަދުއަހުލާގީ އަމަލެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގަޒުފްގެ ދައުވާއަކީ މީހެއްގެ މައްޗަށް ޒިނޭގެ ތުހުމަތު ކުރުމުން އަންނަ ދައުވާއަކަށް ވާއިރު، ޑޮކިއުމެންޓަރީގައި އެފަދަ ވާހަކައެއް ނެތް ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވިއެވެ.

"އަޅުގަނޑަށް އެނގޭ މިންވަރުން ގަޒުފްގެ ދައުވާއަކީ ޒިނޭ ކުރިކަމުގެ ތުހުމަތުގެ ދައުވާ. އަޅުގަނޑު އެހިން އެ ޑޮކިއުމެންޓަރީގައި ޒިނޭގެ ވާހަކައެއް ނާދޭ. ސެކްސްކުރި ކަމަށް އެ ތުހުމަތު ކުރަނީ. ބަދުއަހުލާގީ އަމަލު ގޮތުގައި އެކަން ފާހަގަ ކުރެވިދާނެ. އެހެން ނަމަވެސް އެއީ ޒިނޭގެ ގޮތުގައި ގާނޫނީ ހަމަތަކުން ފާހަގަ ކުރެވޭ ކަމެއް އަޅުގަނޑަށް އެނގިފައެއް ނެތް، " ނަޝީދު ވިދާޅުވި އެވެ. 

މި މައްސަލައިގައި ދައުލަތުން އަމަލުކުރަމުންދާ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ނަޝީދު ވިދާޅުވީ، އެ ތުހުމަތުތައް ކުރި ކަމަށް ބުނާ މީހާގެ މައްޗަށް އެއްވެސް ދައުވާއެއް ނުކުރުމަށް ޕީޖީ އޮފީހުން ނިންމާފައިވާ ކަމަށެވެ.

އެހެން ނަމަވެސް، އެ މީހާ ދެއްކި ވާހަކަތައް ރިޕޯޓުކުރި ނޫސްވެރިންގެ މައްޗަށް ދައުވާ އުފުލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ޝަރީއަތް ނިމެންދެން މި ވާހަކަ ނުދެއްކުމަށް ކޯޓުން އަމުރުކޮށްފައި އޮތުމަކީ ވެސް މައްސަލައެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި މިކަމެއް އަދި އެއްގޮތަކަށް ވެސް ވާއެއް ނުވާއެއް އަޅުގަނޑުމެންނަކަށެއް ސާފެއް ނުވޭ. އެހެންވީމަ ތަކުރާރުކޮށް މި ވާހަކަ ދައްކަމުން ގެންދާން އެބަޖެހޭ. އަދި އަޅުގަނޑު ދެކޭ ގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަތުން އެއީ މި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން. މިކަމުގައި އަޅުގަނޑުމެން އިހުތިޖާޖުކުރަން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ. 

މި މައްސަލައިގައި ރާއްޖޭގެ ކުރީގެ ތިން ރައީސުންގެ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވައި، ނަޝީދު ވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި ޕާޓީން ތެދުވުމަށް އެދިވަޑައިގެންފައެވެ.

މި ޑޮކިއުމެންޓްރީގެ މައްސަލައިގައި ދުއުވާ އުފުލުމަށް ފަހު ޝަރީއަތްތައް ސިއްރުކޮށްގެން ގެންދިޔުމަށާއި މައްސަލަ އާއި ޑޮކިއުމެންޓަރީއާ ގުޅޭ ވާހަކަ އަދި ހަސްމެއްގެ ވާހަކަ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެއްކުން ހުއްޓުވުމަށް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ. 

މި މަހުގެ 10 ވަނަ ދުވަހު އެ އަމުރު ނެރުނު ހަބަރު ލިޔުނު ނޫސްވެރިންގެ ތެރެއިން ހަމައެކަނި އަދަދު ނޫހުގެ ލީވާން އަލީ ނަސީރުގެ މައްޗަށް ދައުވާ އުފުލައި 10 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވާއިރު، މެއި 11 ގައި ބޭއްވި ރައީސްގެ ޕްރެސް ކޮންފަރެންސްގައި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ސުވާލަކާކާ ގުޅިގެން  ޖެހިގެން އައި ދުވަހު ޝަހުޒާން 15 ދުވަހަށް ޖަލަށްލި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox