އަދަދު ނޫހަށް ޖިނާއީ ފިޔަވަޅު އެޅުން ހުއްޓާލުމަށް ގޮވާލައި ބައިނަލްއަގުވާމީ ހަތް ޖަމިއްޔާއަކުން މުއިއްޒުއަށް ސިޓީއެއް ފޮނުވައިފި

އަދަދުގެ އޮފީހަށް ފުލުހުން ވަންނަނީ: ފުލުހުން ވަނީ އަދަދު ނޫހުގެ ހުރިހާ އިލެކްޓްރޯނިކް ސާމާނެއް ގެންގޮސް މި ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު، ހަސަން މުހައްމަދުގެ ޕާސްޕޯޓު ހިފަހައްޓައިފައި -- ފޮޓޯ: އާދަމް ޒަރީރު / އަދަދު

އަދަދުގެ އޮފީހަށް ފުލުހުން ވަންނަނީ: ފުލުހުން ވަނީ އަދަދު ނޫހުގެ ހުރިހާ އިލެކްޓްރޯނިކް ސާމާނެއް ގެންގޮސް މި ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު، ހަސަން މުހައްމަދުގެ ޕާސްޕޯޓު ހިފަހައްޓައިފައި -- ފޮޓޯ: އާދަމް ޒަރީރު / އަދަދު

އަދަދު ނޫހުން މިދިޔަ މާޗު 28، ގައި ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އެ ނޫހާ ދެކޮޅަށް ހިންގަމުންދާ ޖިނާއީ ތަހުގީގު ވަގުތުން ހުއްޓާލުމަށް ބައިނަލްއަގުވާމީ ހަތް ޖަމިއްޔާއަކުން ގޮވާލައިފި އެވެ.

އެކަމަށް ގޮވާލާފައި ވަނީ ނޫސްވެރިންގެ ހައްގުތަކަށް ވަކާލާތުކުރާ ފަސް ޖަމިއްޔާއަކާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ދެ ޖަމިއްޔާއަކުން ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއަށް ފޮނުވި ސިޓީއެއްގަ އެވެ.

އެ ސިޓީގައި އެދިފައި ވަނީ ފުލުހުން ހިފަހައްޓާފައިވާ އަދަދު ނޫހުގެ ހުރިހާ އިލެކްޓްރޯނިކް ސާމާނު ދޫކޮށްލުމަށާއި އަދަދު ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު، ހަސަން މުހައްމަދު ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރު ބާތިލު ކުރުމަށެވެ. 

Advertisement

އޭގެ އިތުރުން، ޗެނެލް 13 ގެ ލައިވް ބްރޯޑްކާސްޓިން ހުއްޓައިލުމަށް މިދިޔަ މަހުގެ ފަހުކޮޅު ކޮންޓްރޯލް ކޮމިޝަނުން އެންގި އެންގުމާ ގުޅޭގޮތުން ވެސް އެ ސިޓީގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

މުއިއްޒުއަށް ފޮނުވި ސިޓީގައި ސޮއިކޮށްފައި ވަނީ ނޫސްވެރިންގެ ހައްގުގައި ވަކާލާތުކުރާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖީ) އާއި ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެސްއެފް) އާއި ސިވިކަސް: ވޯލްޑް އެލަޔަންސް ފޯ ސިޓިޒެން ޕާޓްނަޝިޕް އަދި، އިންޓަނޭޝަނަލް ޕްރެސް އިންސްޓިޓިއުޓް (އައިޕީއައި) ގެ އިތުރުން ފޯރަމް އޭޝިއާ އިންނެވެ.

އޭގެ އިތުރުން، އިންސާނީ ހައްގުތަކަށް ވާކާލާތުކުރާ ހިއުމަން ރައިޓްސް ވޮޗް އާއި ރޮބާޓް އެންޑް އީތެލް ކެނެޑީ ހިއުމަން ރައިޓްސް ސެންޓާއިން ވެސް އެ ސިޓީގައި ސޮއިކޮށްފައިވެ އެވެ.

ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނަށާއި ބަންޑާރަނައިބުގެ އޮފީހަށް ވެސް ކޮޕީކޮށްފައިވާ އެ ސިޓީގައި ވަނީ ޖުމުލަ ހަތް ކަމަކަށް ގޮވާލައިފަ އެވެ. އެއީ:

  • ނޫސްވެރިކަމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަމަށް ރާއްޖެއިން ދެމުން އައި އަހަންމިއްޔަތުކަން އަލުން ކަށަވަރުކޮށްދިނުން
  • އަދަދު ނޫހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ހުރިހާ ސާމާނެއް ވަގުތުން ވަގުތަށް ދޫކޮށްލުމާއެކު އެ ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު، ހަސަން މުހައްމަދުގެ ޕާސްޕޯޓު ވަގުތުން ދޫކޮށްލުން
  • "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދު ނޫހުގެ ނޫސްވެރިންނަށް ފުލުހުން ހިންގާ މަޖުބޫރުކުރުމުގެ އަމަލުތައް ހުއްޓާލުން
  • ނޫސްވެރިކަމާ ގުޅުންހުރި މައްސަލަތަކުގައި ޖިނާއީ ދައުވާ އުފުލުމުގެ ބަދަލުގައި، މަދަނީ ހައްލުތައް ހޯދުމަށް މިނިވަން ރެގިއުލޭޓަރީ ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރުން.
  • ރާއްޖެއިން ބޭރަށް ފުރުން މަނާކުރި ކަމުގައިވިޔަސް އަދި، ތަނެއް ބަލައިފާސްކުރި ކަމުގައިވިޔަސް، ނޫސްވެރިންނާ ދެކޮޅަށް އަޅާ ހުރިހާ ފިޔަވަޅަކީ އެއީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ބަޔާންކުރާ ހަމަތަކާއި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކުގައިވާ ހަމަތަކުގެ ތެރެއިން ޝަރުއީ ހަމަތަކާ އެއްގޮތަށް އަޅާ ފިޔަވަޅަކަށް ވުން.
  • ސިޔާސީ ހަރަކާތްތަކާއި އިދިކޮޅު ފަރާތްތަކުގެ އެއްވުންތައް ވަގުތުން ދެއްކުމަށް ހުރަސްއެޅުމަށް ރެގިއުލޭޓަރީ އިދާރާތަކާއި ޓެކްނިކަލް ގަވާއިދުތައް ނަހަމަ ގޮތުގައި ބޭނުންކުރުމުން ދުރުހެލިވެ، އެފަދަ ހުރިހާ ފިޔަވަޅުތަކަކީ "އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް" އާ އެއްގޮތްވާ ފިޔަވަޅުތަކެއްކަން ކަށަވަރުކުރުން
  • ދި ދައުލަތުގެ އިސްވެރިންނަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ އެއްވެސް ތަހުގީގެއް ހިނގަމުންދާއިރު، އެކަން މިނިވަންކަމާއެކު ބެލޭނެ އިންތިޒާމު ކަށަވަރުކޮށްދިނުން

އަދަދު ނޫހުން "އައިޝާ" ޑޮކިއުމެންޓްރީ އާންމުކުރިތާ މަސްދުވަސް ފަހުން ފުލުހުން ތަހުގީގެއް ހިންގަން ފެށީ އެ ޑޮކިއުމެންޓްރީއާ ގުޅޭގޮތުން މުއިއްޒުއާ މި ނޫހުން ސުވާލުކުރުމުންނެވެ.

 ޑޮކިއުމެންޓަރީގެ މައްސަލަ ބަލަން އަމުރު ކުރީ މުއިއްޒެވެ. އެމަނިކުފާނު އެގޮތަށް އެންގިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީހަށް ވަދެ ލެޕްޓޮޕްތަކާއި ހާޑްޑިސްކުތަކެއް ގެންގޮސްފަ އެވެ. 

އެ މައްސަލައާ ގުޅިގެން އަދަދު ނޫހަށް ރެއިޑު ކުރުމުގެ އިތުރުން މި ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އަދި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ހިފަހައްޓަން ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް ފިޔާޒް އާއި ހަސަން ވަނީ މިދިޔަ ހަފުތާގައި ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްފަ އެވެ. 

އޭގެ އިތުރުން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއްގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފަ އެވެ. އޭނާގެ ބަޔާން ވެސް ފުލުހުން ވަނީ ނަގައިފަ އެވެ. ނަމަވެސް، އޭނާގެ ފަރާތުން ދިފާއުގައި އެއްވެސް ވާހަކައެއް ދެއްކުމުގެ ފުރުސަތެއް ފުލުހުން ދީފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox