ހަސަން މުހައްމަދު
26 ލިޔުން
ފަހުގެ
ހަބަރުފުލުހުން އަދަދުގެ އޮފީސް ރެއިޑު ކުރީ ޓޭޒާ ބަޑިއެއް ހިފައިގެން
ރައީސް މުއިއްޒުގެ ތުހުމަތުތަކަކާ ގުޅޭ ޑޮކިއުމެންޓަރީއެއް އާންމުކުރުމުން "އަދަދު" ނޫހުގެ އޮފީސް ފުލުހުން ރެއިޑުކޮށް، އެތަނުން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ވަނީ ގެންގޮސްފައެވެ. މި އޮޕަރޭޝަނުގައި ބައިވެރިވި ފުލުހަކު ޓޭޒާ ބަޑި ގެންގުޅުމުގެ އުސޫލާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭއިރު، މި ރެއިޑު ކުރިއަށް ގެންގޮސްފައިވަނީ އެ މައްސަލަ ތަހުގީގު ކުރަން ރައީސް އެންގެވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ.
ހަބަރުއަދަދު ނޫހާމެދު އެޅީ ބަދަލު ހިފުމުގެ ފިޔަވަޅެއް:އައިޕީއައި
އަދަދު ނޫހުގެ އިދާރާއަށް ފުލުހުން ވަދެ ތަކެތި ގެންދިއުމާއި، އެ ނޫހުގެ އިސްވެރިންގެ މައްޗަށް ތަހުގީގު ހިންގައި ފުރުން މަނާކުރި މައްސަލަ އައިޕީއައި އިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެ ޖަމިއްޔާއިން ސިފަކުރި ގޮތުގައި މިއީ ސަރުކާރަށް ފާޑުކިޔައި ތައްޔާރުކުރި ޑޮކިއުމެންޓަރީއަކާ ގުޅިގެން، ނޫހުގެ އަޑު ކަނޑުވާލުމަށް ހިންގާފައިވާ ބަދަލުހިފުމުގެ އަމަލެކެވެ. މި ފިޔަވަޅުތައް އަޅާފައިވަނީ އަދަދު ނޫހުގެ މައްސަލަ ބެލުމަށް ރައީސް މުއިއްޒު ގޮވާލެއްވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ.
