ތުހުމަތުތަކުގެ ވާހަކަ ނުދައްކަން ކޯޓުން އަމުރު ކުރިއިރު މުއިއްޒު ބާއްވާ ނޫސްވެރިންގެ ބައްދަލުވުން މާދަމާ

May 10, 2026, 11:29 PM
ރައީސް މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމެއްގައި: ކޯޓުން ނެރުނު އަމުރުގައި އޮތީ ޑޮކިއުމެންޓަރީގެ ވާހަކަ ދެއްކުން މަނާކޮށްފައި -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމެއްގައި: ކޯޓުން ނެރުނު އަމުރުގައި އޮތީ ޑޮކިއުމެންޓަރީގެ ވާހަކަ ދެއްކުން މަނާކޮށްފައި -- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ރައީސް މުހައްމަދު މުއިއްޒަށް ކުރާ ޖިންސީ ތުހުމަތުތަކުގެ ވާހަކަ ނުދައްކަން ކްރިމިނަލް ކޯޓުން މިރޭ އަމުރެއް ނެރުނުއިރު، ރައީސް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މާދަމާ އޮންނާނެ އެވެ. 

އެންމެހާ ރައްޔިތުންނަށް ރައްދުވާ ގޮތަށް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ރައީސްއަށް ތުހުމަތު ކުރާ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފުގެ ބަސް ގެނެސްދީ އަދަދު ނޫހުން ޝާއިއު ކުރި ޑޮކިއުމެންޓަރީ "އައިޝާ" ދައުރު ނުކުރުމަށެވެ. އަދި އެކަމާ ގުޅޭ ވާހަކައެއް ވެސް ނުދެއްކުމަށް އެ އަމުރުގައިވެ އެވެ. 

ކޯޓުން އެ އަމުރު ނެރުނުއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މާދަމާ ހެނދުނު 10:00 ޖަހާއިރު މުއިއްޒު ނޫސްވެރިންނާ ބައްދަލު ކުރައްވާނެ އެވެ. އެ ޑޮކިއުމެންޓަރީގެ މައްސަލަ ފުލުހުން ބަލަން ފެށީ ވެސް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މައްސަލަ ބަލަން މުއިއްޒު އަމުރު ކުރުމުންނެވެ. 

އެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލައިފަ އެވެ. އެއީ ގަޒްފު ކުރުމުގެ ކުށުގެ ދައުވާ އެވެ. އޭގެ ކުރިން ފިޔާޒް އާއި ހަސަންގެ ޕާސްޕޯޓު ހިފަހައްޓަން ވެސް ކޯޓުން އަމުރެއް ނެރުނެވެ. 

ޑޮކިއުމެންޓަރީގެ މައްސަލަ ބަލަން މުއިއްޒު އަމުރު ކުރީ އެމަނިކުފާނަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން އަދަދު ނޫހުން ސުވާލު ކުރުމުންނެވެ. ހަމަ އެ ދުވަހު ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީސް ރެއިޑުކޮށް ލެޕްޓޮޕްތަކާއި ހާޑް ޑިސްކް ހިމެނޭހެން 20 އިލެކްޓްރޯނިކް ޑިވައިސް ގެންގޮސްފަ އެވެ. 

އަދަދު ނޫހުގެ އޮފީހަށް ރެއިޑު ކުރީ، އެ މައްސަލަ ތަހުގީގު ކުރުމަށް ރައީސް މުއިއްޒު އެންގެވިތާ 12 ގަޑިއިރެއްހާއިރު ފަހުންނެވެ. އަދަދު ނޫހުގެ މައްސަލަ ތަހުގީގު ކުރަން މުއިއްޒު އެންގެވީ ވަގުތުން ގެނެސްދިން ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ރައީސް މުއިއްޒަށް އަމާޒުވެފައިވާ ސީރިއަސް ތުހުމަތުތަކާ ބެހޭ ގޮތުން މި ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ސުވާލު ކުރުމުންނެވެ. 

"އާދެ، ކަނޑައެޅިގެން ދޮގު ވާހަކައެއް ތިއީ އިނގޭތޯ. އަދަދު ނޫހުން ތި ވިދާޅުވީ ތިބޭފުޅުން ހެއްދެވި ވީޑިއޯގެ ވާހަކަ. އެހެންވީމަ ކަނޑައެޅިގެން ދޮގު ވާހަކަ ހިމެނޭ ގޮތަށް ތިބޭފުޅުން ވީޑިއޯއެއް ހެއްދެވި ހެއްދެވުމަށް ތި އިއުތިރާފުވަޑައިގެންނެވީ. މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް އަޅުގަނޑު ދައުވާ ކުރަން އެދެން ކަމާބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން،" މުއިއްޒު ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox