ބަޖެޓު 2027
44 ލިޔުން
ފަހުގެ
ހަބަރުމި އަހަރުވެސް ޓޫރިސްޓު އެރައިވަލް ޓާގެޓު ހާސިލެއްނުވާނެ: ޒަރީރު
މި އަހަރަށް ކަނޑައެޅި ފަތުރުވެރިންގެ އަމާޒު ހާސިލުނުވާނެ ކަމަށާއި، މިދިޔަ އަހަރަށް ވުރެ ވެސް ފަތުރުވެރިން އަންނަ މިންވަރު މަދުވާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ފަތުރުވެރިންގެ އަދަދު މަދުވީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދަތުރުފަތުރުގެ އަގުބޮޑުވެ، ދުނިޔޭގެ އިގުތިސާދަށް އައި ލޮޅުންތަކާ ގުޅިގެން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި ބަދަލާއެކު، ފާއިތުވި ފަސް އަހަރު ފަތުރުވެރިންގެ އަދަދު އިތުރުވަމުން އައި އައުމަށް މި އަހަރު ހުއްޓުމެއް އަންނާނެ ކަމަށް ބެލެވެއެވެ.
ހަބަރުއަންނަ އަހަރުގެ ބަޖެޓު މާދަމާ މަޖިލީހަށް ހުށަހަޅަނީ
އަންނަ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާ މާދަމާ މެންދުރުފަހު 1:30 އަށް ވަނީ ތާވަލުކޮށްފަ. ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ބަޖެޓު ބަޔާން އިއްވަވާ މި ޖަލްސާ ބާއްވަނީ ގާނޫނީ މުއްދަތު ހަމަވާން އެއް ދުވަހަށް ވެފައި ވަނިކޮށް.
