މުވައްޒަފުން ގިނަ ކަމަށް ބުނެފައި، ކޮންމެ އިދާރާއަކުން ވެސް އެދެނީ އިތުރު މުވައްޒަފުންނަށް: ފިނޭންސް

ފިނޭންސާއި ޕޭ ކޮމިޝަންގެ މެންބަރުން މަޖިލީހުގެ ކޮމިޓީގައި މައުލޫމާތު ދެނީ: ޕޭ ފްރޭމްވާކް ކަމު ނުދާނަމަ ބަހުސްކޮށްގެން ބަދަލުކުރަންވީ ކަމަށް ފިނޭންސުން ބުނި --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފިނޭންސާއި ޕޭ ކޮމިޝަންގެ މެންބަރުން މަޖިލީހުގެ ކޮމިޓީގައި މައުލޫމާތު ދެނީ: ޕޭ ފްރޭމްވާކް ކަމު ނުދާނަމަ ބަހުސްކޮށްގެން ބަދަލުކުރަންވީ ކަމަށް ފިނޭންސުން ބުނި --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދައުލަތުގައި ޖުމްލަކޮށް މުވައްޒަފުން މާ ގިނަ ކަމަށް ސަރުކާރުގެ ހުރިހާ އިދާރާތަކަކުން ވެސް އެއްބަސްވި ނަމަވެސް، ކޮންމެ އިދާރާއަކުން އިތުރު މުވައްޒަފުން ބޭނުންވެގެން އެ ކަމަށް ޕްރެޝަރު ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގައި މިއަދު ބުނެފި އެވެ.

ފީނޭންސުން މިހެން ބުނީ، ދައުލަތުގެ ޕޭ ފްރޭމްވޯކް ތަންފީޒުކުރުމާ ގުޅޭގޮތުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ކޮމިޓީގައި، އެ މިނިސްޓްރީ އާއި ނޭޝަނަލް ޕޭ ކޮމިޝަން ހާޒިރުކޮށްގެން ބޭއްވި ބައްދަލުވުމުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެމުންނެވެ. 

ކޮމިޓީގައި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ އަހުމަދު ސާއިދު މުސްތަފާ ވިދާޅުވި ގޮތުގައި ކޮންމެ އަހަރަކު ބަޖެޓު ހަދާއިރު ވެސް ދައުލަތުގެ ޒިންމާދާރު އިދާރާތަކާ އެކު ދިރާސާތައް ހަދަ އެވެ.

އެ ގޮތުން ދައުލަތުގެ މުވައްޒަފުން ގިނަތޯ އެހުމުން ހުރިހާ އިދާރާއަކުން ވެސް ބުނަނީ ގިނަ ކަމަށެވެ. ނަމަވެސް އެ އިދާރާއަކަށް ބޭނުންވާ ވަރަށް މުވައްޒަފުން އެބަތިބިތޯ އެހުމުން، އެއްވެސް އިދާރާއަކުން އެކަމަށް އެއްބަސްނުވެ މުވައްޒަފުން މަދު ކަމަށް ބުނާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ބަޖެޓު ހަދާއިރު ހުރިހާ އިދާރާއަކުން ބުނަނީ ދައުލަތުގެ މުވައްޒަފުން މާ ގިނައޭ، އެކަމަކު އަމިއްލަ އިދާރާއާ ބެހޭގޮތުން އަހާއިރު ބުނަނީ މުވައްޒަފުން މަދޭ." އޭނާ ވިދާޅުވި އެވެ.

މި ދެ ހަގީގަތް އެއްގޮތް ކުރާނެ ގޮތަކާ މެދު ސުވާލު އުފެދޭ ކަމަށް ސާއިދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދައުލަތުގެ ވަރަށް ގިނަ މަސައްކަތްތަކުގައި އެފިޝެންސީ ނެތް ކަމަށް އޮޑިޓް އޮފީހުން ވެސް ފާހަގަކުރާ ކަމަށެވެ. އަދި އިދާރާތަކަށް މުވައްޒަފުން އިތުރުކުރުމުގެ ބަދަލުގައި ތިބި މީހުން ލައްވައި ގިނަ ވަގުތު މަސައްކަތް ކުރުވަން ޖެހުމަކީ އޯވާޓައިމް ހަރަދު ބޮޑުވާ މައިގަނޑު ސަބަބު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޯވާޓައިމްގެ މައްސަލައިގައި ސާއިދު ވިދާޅުވީ، މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ އެކު މުވައްޒަފުންނަށް ލިބޭ އާމްދަނީ ބޮޑުކުރެވުނީ އޯވާޓައިމަށް ބަރޯސާނުވާ ގޮތަށް ކަމަށެވެ.

ނަމަވެސް ޕޭ ފްރޭމްވޯކްގައި ކަނޑައަޅާފައިވާ މި އަސާސްތަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެއީ ބަހުސްކުރެވެން ހުރި ކަންކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ކަންކަމުގައި މަޖިލީހުގެ ލަފަޔާއި އިމްޕުޓް ލިބިއްޖެ ނަމަ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާ ވާހަކަދައްކައިގެން ހައްލުތަކެއް ހޯދިދާނެ ކަމަށް ވެސް ސާއިދު ފާހަގަކުރެއްވި އެވެ.

މި ބައްދަލުވުމުގައި ޕޭ ކޮމިޝަނުން ވަނީ  ދައުލަތުގެ އިދާރާތަކުން ފާހަގަކުރާ ކަންބޮޑުވުންތަކަށް ބަލައި ޕޭ ފްރޭމްވޯކްގެ ތެރެއިން އިތުރު އިނާޔަތްތައް ތައާރަފުކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. އަދި އުސޫލުތައް ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރަން އިދާރާތަކާ އެކު އަބަދުވެސް މަޝްވަރާކުރަމުންދާ ކަމަށް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިހަވަންދިއްޕޮޅުގައި ވިޔަފާރި ބަނދަރު ހަދަން ސޮއިކޮށްފި

އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަކާއި މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ޔޫއޭއީގެ ސަހު ގްރޫޕާއެކު ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ޓޫރިޒަމް ތަރައްގީކުރުން ވެސް ހިމެނޭއިރު، މިއީ ރާއްޖޭގެ އެންމެ އުތުރުގައި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މާދަމާރޭގެ ޖަލްސާއަށް ދާން ސަރުކާރު މުވައްޒަފުންނަށް އަންގައިފި

މާދަމާރޭ ބާއްވާ ޖަލްސާއަށް، ސަރުކާރުގެ ހުރިހާ މުވައްޒަފުން އެމީހުންގެ އަނބިން ނުވަތަ ފިރިންނާއެކު ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުވަތު އަރުވާފައެވެ. މި ޖަލްސާއަށް ދާ މުވައްޒަފުންނާއި އެމީހުންގެ އަނބިފިރިންގެ މައުލޫމާތު މިއަދު މެންދުރުގެ ކުރިން ރައީސް އޮފީހަށް އެންގުމަށް ވުޒާރާތަކަށް ވަނީ އަންގާފައެވެ.

އަދާލަތުން ސަރުކާރަށް ތާއީދުކުރުމުން އަލީ ޒާހިރު ފާޑުވިދާޅުވެއްޖެ

އޭނާ ވިދާޅުވީ މިއީ ގިނަ ބައެއްގެ އުއްމީދުތަކާއި ބުރަ މަސައްކަތް ފޮހެވިގެންދާނެ ހިތާމަވެރި ނިންމުމެއް ކަމަށެވެ. އަދާލަތުން މި ނިންމުން ނިންމާފައިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ތާއީދުކުރުމުގެ ގޮތުންނެވެ.

ބަޖެޓު ރާވާފައި ވަނީ މުވައްޒަފުން ނުނަގާ ހިންގޭ ގޮތަށް: ފިނޭންސް

މަޖިލީހަށް މައުލޫމާތު ދެމުން ފިނޭންސުން ބުނީ އަންނަ އަހަރުގެ ބަޖެޓު ރާވާފައި ވަނީ އާ މުވައްޒަފުން ނުނަގާ ދައުލަތް ހިންގޭ ގޮތަށް ކަމަށް. އަދި މުސާރަ ކަނޑައެޅުމުގައި ބަލަނީ ދައުލަތުގެ ފޯރުންތެރިކަން ހުރި މިންވަރަށް ކަމަށް.

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން ޝިއުނާ ވަކިކޮށްފި

ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުން މަރިޔަމް ޝިއުނާ ވަކިކޮށްފައިވަނީ، އެ އޮފީހުގެ ޗެއާޕާސަނާ ގުޅޭ މައްސަލަތަކެއް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމާއި ސަރުކާރުން ފައިސާ ޗާޕުކުރި މުއާމަލާތާ ދެކޮޅު ހެދުމުންނެވެ. މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ސަސްޕެންޝަނުގައި ހުރި ޝިއުނާ އެ މަގާމުން ވަކިކުރިއިރު، އޭނާއަކީ މީގެ ކުރިން އޭސީސީގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ގޮވާލައިފި

ބޭރުގެ ބަޔަކަށް 99 އަހަރަށް ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އެމްޑީޕީން އެކަތިގަނޑެއްގެ ގޮތުގައި އިހުތިޖާޖަށް ނުކުތުމަށް މެންބަރު މީކާއިލް ގޮވާލައްވައިފިއެވެ. މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން ގަރާރެއް ހުށަހަޅާފައިވާއިރު، އެކަމުގައި ޕާޓީގެ ޒިންމާ ބޮޑުކަމަށް މީކާއިލް ފާހަގަކުރެއްވިއެވެ.

ޕީއެންސީއާއެކު އަދާލަތުން ކޯލިޝަން ހަދައިފި

މި އެއްބަސްވުމުގެ ދަށުން ސަރުކާރުގެ އިސް މަގާމުތައް އަދާލަތު ޕާޓީގެ މެންބަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދާލަތު ޕާޓީއަކީ މީގެ ކުރިން އެމްޑީޕީ އަދި ޕީޕީއެމްގެ ސަރުކާރުތަކުގައިވެސް ކޯލިޝަން ބައިވެރިއެކެވެ.

Newsletter

Get the latest news delivered straight to your inbox