
ސާއިފް ޝިޔާދު
ސަބް އެޑިޓަރ
ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގައި ނޫސްވެރިކަމަށް ނުކުތް ސާއިފް ޝިޔާދުގެ ގަލަން ގިނަ ދާއިރާތަކެއްގައި ހިނގަ އެވެ. ހާއްސަ ސަމާލުކަމެއް ދީގެން ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ބައިނަލްއަގުވާމީ މަޝްރަހާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު އަދި އިގުތިސޯދީ ދާއިރާގެ ލިޔުންތައް އޭނާ އަންނަނީ ލިޔަމުންނެވެ. މީގެކުރިން ސާއިފް ވަނީ "ރާއްޖެ ޓީވީ" ގެ ނޫސްވެރިޔެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
2400 ލިޔުން
ހަބަރުނޫސްވެރިން މިނިވަންކުރަން ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފި
ކޯޓު އަމުރަކާ ހިލާފުވި ކަމަށް ބުނެ "އަދަދު" ނޫހުގެ ދެ ނޫސްވެރިން ޖަލަށްލާފައިވާތީ، އެ މީހުން މިނިވަންކޮށް ނޫސްވެރިންނަށް ކުރާ ދައުވާތައް އަނބުރާ ގެންދިއުމަށް ހިއުމަން ރައިޓްސް ވޮޗުން ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން ބުނީ މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ބިރެއް ކަމަށާއި، ސަރުކާރުން މިފަދަ ނުރައްކާތެރި ފިޔަވަޅުތައް އެޅުން ހުއްޓާލަންޖެހޭ ކަމަށެވެ.
ހަބަރުހޮހަޅައިގެ ތެރޭ ތާށިވި ހުރިހާ ޑައިވަރުންގެ ހަށިގަނޑު ނަގައިފި
ވާވު އަތޮޅު ކަނޑުއަޑީގެ ހޮހަޅައެއްގައި ތާށިވި އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު، ހަ ދުވަސް ފަހުން ފިންލެންޑުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު މިއަދު ވަނީ ނަގާފައެވެ. މި ހާދިސާގައި ޖުމްލަ ހަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ރެސްކިއު އޮޕަރޭޝަންގައި އުޅުނު ދިވެހި ސިފައިންގެ މީހަކުވެސް ހިމެނެއެވެ. މިއަދު ނެގި ހަށިގަނޑުތައް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު، މި ހާދިސާއާ ގުޅިގެން ރާއްޖޭގެ ޑައިވިންގް ސަލާމަތީ ކަންކަމާ މެދު ބަހުސްތަކެއް ވަނީ އުފެދިފައެވެ.
ހަބަރުރައީސް އޮފީހުން ހާމަކުރީ 38 ޕަސެންޓު މައުލޫމާތު
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ މައުލޫމާތުގެ ތެރެއިން ރައީސް އޮފީހުން ހާމަކޮށްފައިވަނީ އެންމެ 38 އިންސައްތަ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހާމަކުރައްވައިފިއެވެ. ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަކުރުން މަދުކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ބައެއް ވުޒާރާތަކުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
