ތިން ރައީސުން އެކުވެ ސަރުކާރު އިސްލާހުކުރަން ގޮވާލައްވައި ފާހަގަކުރެއްވި ކަންކަން

ތިން ރައީސުންގެ ޕްރެސް --- ފޮޓޯ: މުހައްމަދު އަފްރާހު

ތިން ރައީސުންގެ ޕްރެސް --- ފޮޓޯ: މުހައްމަދު އަފްރާހު

ދިވެހިރާއްޖޭގެ ކުރީގެ ތިން ރައީސުން ގުޅިވަޑައިގެން، ގައުމުގެ މިހާރުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ސަރުކާރުގެ ތެރޭގައި ހުރި ނުރަނގަޅު ކަންކަން އިސްލާހުކޮށް ގައުމު ހަމަމަގަށް އެޅުވުމަށް ގޮވާލައްވައިފި އެވެ. ތިން ރައީސުން އެކުގައި ނެރުއްވި ބަޔާނެއްގައި ވަނީ، ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަނެ، ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވުން އިންތިހާއަށް އިތުރުވެފައިވާ ކަމަށް ތުހުމަތުކުރައްވާފަ އެވެ. މި ބައްދަލުވުމަށްފަހު ތިން ރައީސުން ވަނީ ގައުމުގެ އިސްލާހީ މަސައްކަތުގައި އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެވަޑައިގެންފަ އެވެ.

މި ބަޔާނުގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވާ އެއް ކަމަކީ، މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅައި، ނޫސްވެރިން ޖަލަށްލައި، އެމީހުންގެ މަސައްކަތަށް ދަތިކުރުމެވެ. ނޫސްވެރިންގެ މައްޗަށް މިހާރު ހިންގަމުންދާ ޝަރީއަތްތަކަކީ ސިޔާސީ މަގްސަދެއްގައި ހިންގާ ކަންކަން ކަމަށް ސިފަކުރައްވައި، އެ ޝަރީއަތްތައް ވަގުތުން ހުއްޓާލުމަށާއި، ހައްޔަރުކޮށްފައިވާ ނޫސްވެރިން މިހާރުން މިހާރަށް ދޫކޮށްލުމަށް ތިން ރައީސުން ވަނީ ގޮވާލައްވާފަ އެވެ. މީގެ އިތުރުން، ޝަރުއީ ނިޒާމުގެ ތެރެއަށް ސަރުކާރުން އަތްބާނައި، ފަނޑިޔާރުންގެ މިނިވަންކަން ގެއްލުވާލަމުންދާ ކަމުގެ ކަންބޮޑުވުން ވެސް ވަނީ ފާޅުކުރައްވާފަ އެވެ.

އިގްތިސާދީ ގޮތުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް އަލިއަޅުވާލައްވަމުން، ރައްޔިތުންގެ ދިރިއުޅުމުގެ އާންމު ހާލަތު ދަށަށް ގޮސް، ތަކެތީގެ އަގު އަތްނުފޯރާ މިންވަރަށް ބޮޑުވަމުންދާކަން ތިން ރައީސުން ފާހަގަކުރެއްވި އެވެ. ސަރުކާރުގެ އިސްރާފު ބޮޑުވެ، ދައުލަތުގެ ބަޖެޓުން ބޭކާރު ހަރަދުތައް ކުރަމުންދާއިރު، ރައްޔިތުންގެ ފައިސާއާއި މުދާ އަމާނާތްތެރިކަމާއެކު ބެލެހެއްޓޭނެ ކަމުގެ އިތުބާރު މިހާރު ގެއްލިފައިވާ ކަމަށް ބަޔާނުގައި ވެ އެވެ. ސަރުކާރުގެ ތެރޭގައި އަށަގަނެފައިވާ ކޮރަޕްޝަނާއި ނުރަނގަޅު އަމަލުތައް އިސްލާހު ކުރުމަށް ސަރުކާރު ނުކުޅެދިފައިވާ ކަމަށް ވެސް ތިން ރައީސުން ވިދާޅުވި އެވެ.

Advertisement

ދިވެހިރާއްޖެއަށް ޑިމޮކްރެސީ ގެނައުމަށް ރައްޔިތުން ކުރި ބުރަ މަސައްކަތުން ހޯދި ހަމަތަކާއި އުސޫލުތައް މިއަދު ގެއްލިގެންދާ މަންޒަރު ފެންނަމުންދާ ކަމީ ގައުމަށް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށް މި ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ. ރައްޔިތުންގެ ބާރު ކެނޑި، މުއައްސަސާތަކުގެ މިނިވަންކަން ގެއްލުމަކީ ދިވެހި ދައުލަތުގެ ބިންގާ ބަލިކަށިވެގެންދާނެ ކަމެއް ކަމަށް ވިދާޅުވެ، ގައުމު އަލުން ހަމަމަގަށް އެޅުވުމަށްޓަކައި ހުރިހާ ސިޔާސީ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ތިން ރައީސުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox