ދެވަނަ ކަނޑުގެ ހޮހަޅައިގެ ތެރެއިން ބާކީ ދެ ޑައިވަރުންގެ ހަށިގަނޑު ވެސް ނަގައިފި

އިޓަލީގެ ޑައިވަރުން ގެއްލުނު ހޮހޮޅައިގެ އެތެރެ އޮންނަ ގޮތް: މި ތަނަށް ފީނި މީހުން ބުނަނީ މިއީ ވަރަށް ނުރައްކާތެރި، އުނދަގޫ ޑައިވެއް ކަމަށް --- ފޮޓޯ: އަދަދު

އިޓަލީގެ ޑައިވަރުން ގެއްލުނު ހޮހޮޅައިގެ އެތެރެ އޮންނަ ގޮތް: މި ތަނަށް ފީނި މީހުން ބުނަނީ މިއީ ވަރަށް ނުރައްކާތެރި، އުނދަގޫ ޑައިވެއް ކަމަށް --- ފޮޓޯ: އަދަދު

ވާވު އަތޮޅު ދެވަނަ ކަނޑުގެ އަޑީގައި ހުންނަ ހޮހޮޅައެއްގައި ތާށިވެފައި ތިބި އިޓަލީގެ ހަތަރު ޑައިވަރުންގެ ތެރެއިން އިއްޔެ ފެނުން މައްޗަށް ނުނެގޭ ދެ މީހުންގެ ހަށިގަނޑު ވެސް މިއަދު ނަގައި ރެސްކިއު އޮޕަރޭޝަން ނިންމާލައިފި އެވެ. 

އިއްޔެގެ ވަގުތެއްގައި ވެސް ދެ ޑައިވަރުންގެ ހަށިގަނޑު ފެނުން މައްޗަށް ނެގި އެވެ. ސަރުކާރުގެ ތަރުޖަމާނު ވަނީ ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ވެސް މިހާރު ނަގާފައިވާކަން އަދަދު ނޫހަށް ކަށަވަރުކޮށްދީފަ އެވެ. 

އެ މީހުންގެ ހަށިގަނޑު ލޮކޭޓު ކުރެވުނީ މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގަ އެވެ. ހުރިހާ ޑައިވަރުންގެ ހަށިގަނޑުތައް ނެގިފައި މިވަނީ ހޮހޮޅައިގައި އެ މީހުން ތާށިވިތާ ހަ ދުވަސް ފަހުންނެވެ.

Advertisement

 ރިކަވަރީ އޮޕަރޭޝަން ލީޑުކުރީ އިޓަލީގެ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖެއަށް ފޮނުވި ފިންލެންޑުގެ ތަޖުރިބާކާރު ކޭވް ޑައިވަރުންގެ ޓީމުންނެވެ. 

މުންދު ވިދާޅުވި ގޮތުގައި މިއަދު ނެގި މީހުންގެ ހަށިގަނޑުތައް މާލެއަށް ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެ މީހުންގެ ހަށިގަނޑުތައް ގެންދާނީ މޯޗަރީއަށެވެ. 

ފަސް ދޮޅަސް މީޓަރަށް ވުރެ ފުނުގައި ހުރި އެ ހޮހަޅައިގެ ތެރެއަށް ޑައިވްކުރި އިޓަލީގެ ފަސް މީހުންގެ ތެރެއިން ފުރަތަމަ ފެނުނީ ޑައިވް އިންސްޓަރަކްޓަރު ޖިއަންލޫކާ ބެނެޑެއްޓީގެ ހަށިގަނޑެވެ. އޭނާ ހަށިގަނޑު ވަނީ އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ. 

އިއްޔެ ނެގީ ޖެނޯއާ ޔުނިވާސިޓީގެ ދަރިވަރެއް ކަމަށްވާ ފެޑެރީކޯ ގަލްޓިއޭރީ އާއި ޕްރޮފެސަރު މޮނިކާ މޮންޓެފެލްކޯންގެ ހަށިގަނޑެވެ. މިއަދު ނެގީ މޮނިކާގެ އަންހެން ދަރި ކަމަށްވާ ޖޯޖިއާ ސޮމަކަލް އަދި  އެ ޔުނިވާސިޓީގެ ރިސާޗު ފެލޯއެއް ކަމަށްވާ މުރިއެލް އޮޑެނީނޯގެ ހަށިގަނޑެވެ. 

މި ހާދިސާގައި ޖުމުލަ ހަ މީހުން ވަނީ މަރުވެފަ އެވެ. އެއީ ފަސް ޑައިވަރުންގެ އިތުރުން ރެސްކިއު އޮޕަރޭޝަންގައި ހަރަކާތްތެރި ވަނިކޮށް ނިޔާވި ސިފައިންގެ ސްޓާފް ސާޖަންޓު މުހައްމަދު މަހުދީ އެވެ.

މި ހާދިސާއާއެކީ ރާއްޖޭގައި ފީނުމުގެ ސަލާމަތާއި ރައްކާތެރިކަމާއި ގަވާއިދުތަކަށް ބޯނުލެނބުމާއީ ސަލާމަތީ ހިދުމަތްތަކުގެ ގާބިލިއްޔަތުކަމާއި ރެސްކިޔު އޮޕަރޭޝަންތަކުގައި ގޮތް ނިންމާ ގޮތާ ބެހޭ އުނދަގޫ ބަހުސެއް ވަނީ ފެށިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox