
ސާއިފް ޝިޔާދު
ސަބް އެޑިޓަރ
ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގައި ނޫސްވެރިކަމަށް ނުކުތް ސާއިފް ޝިޔާދުގެ ގަލަން ގިނަ ދާއިރާތަކެއްގައި ހިނގަ އެވެ. ހާއްސަ ސަމާލުކަމެއް ދީގެން ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ބައިނަލްއަގުވާމީ މަޝްރަހާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު އަދި އިގުތިސޯދީ ދާއިރާގެ ލިޔުންތައް އޭނާ އަންނަނީ ލިޔަމުންނެވެ. މީގެކުރިން ސާއިފް ވަނީ "ރާއްޖެ ޓީވީ" ގެ ނޫސްވެރިޔެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
2400 ލިޔުން
ހަބަރުބްރޯޑްކޮމްއަށް 30 މިލިއަން ރުފިޔާ ނުލިބި އޮތް
އެ ކޮމިޝަނަށް 2023 ވަނަ އަހަރުގެ ނިޔަލަށް 30،578،453ރ. ލިބިފައި ނުވާއިރު ޖެހިގެން އައި 2024 ވަނަ އަހަރު އޭގެ ތެރެއިން ހޯދުނީ ކިހާ ވަރެއް ކަމެއް އޮޑިޓު އޮފީހަށް ދެނެގަނެވިފައެއް ނުވޭ. އެއީ ބްރޯޑްކޮމްގެ ސާވާއަށް ދިމާވި މައްސަލައެއްގެ ސަބަބުން ސާވަރުން ލިޔެކިޔުންތައް ނެގިފައި ނުވާތީ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވޭ.
ހަބަރުޕެންޝަން ފައިސާ ޖަމާކުރަން ވެމްކޯއަށް އެންގުމަށް މައްސަލައެއް
ވެމްކޯގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ އުނިކުރި ނަމަވެސް، 19 މަސްދުވަސް ވަންދެން އެ ފައިސާ ޖަމާނުކޮށް އޮތް މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި މައްސަލަ ހުށަހެޅުއްވި މެންބަރު އެދިވަޑައިގެންފައިވަނީ އެސްއޯއީ ކޮމިޓީ މެދުވެރިކޮށް މިކަން ބަލައި، ނުދައްކާ ހުރި ފައިސާ ޖަމާކުރާނެ ޕްލޭނެއް ހޯދައި ކުންފުނީގެ ވެރިން ޒިންމާދާރު ކުރުވުމަށެވެ.
ހަބަރުކޯލިޝަނާކާ މެދު ސޯލިހާއި ނަޝީދުގެ ހިޔާލު ތަފާތު
ސޯލިހު ގަބޫލުކުރައްވާ ގޮތުގައި އެންމެ ޕާޓީއަކަށް އިންތިހާބު ކާމިޔާބު ނުކުރެވޭނެތީ އެހެން ޕާޓީތަކުގެ އެހީތެރިކަން ބޭނުންވާނެއެވެ. ނަމަވެސް، ނަޝީދު ބާރުއަޅުއްވަނީ ކޯލިޝަންތަކަށް ބަރޯސާވުމުގެ ބަދަލުގައި އެމްޑީޕީގެ އަމިއްލަ ހަރަކާތްތައް ވަރުގަދަކޮށްގެން ކުރިއަށް ދިއުމަށް. މިވަގުތު އެމްޑީޕީން އަންނަނީ ޕީއެންއެފް އާއެކު މަސައްކަތް ކުރަމުން.
