ފެން ކުންފުނީގެ ޗެއާޕާސަންކަމުން ޝަމްހޫޒާ ވަކިކޮށްފި

ޝަމްހޫޒާ: ކުރިން ހުންނެވީ މާލޭ ސިޓީ ކައުންސިލްގެ ކައުންސިލް އެގްޒެކެޓިވެއްގެ މަގާމުގައި -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ޝަމްހޫޒާ: ކުރިން ހުންނެވީ މާލޭ ސިޓީ ކައުންސިލްގެ ކައުންސިލް އެގްޒެކެޓިވެއްގެ މަގާމުގައި -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލޭ ވޯޓާ އެންޑް ސިވުރެޖް ކޮމްޕެނީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ސ. ފޭދޫ، ނާޒްކީގޭ، ޝަމްހޫޒާ އަހުމަދު އެ މަގާމުން ވަކިކޮށްފި އެވެ. 

ވެރި ރަށް މާލެއަށް ފެނުގެ ހިދުމަތް ދީ، ނަރުދަމާގެ ނިޒާމު ބަލަހައްޓައިދޭ އެމްޑަބްލިއުއެސްސީގެ ޗެއާޕާސަންގެ މަގާމަށް ޝަމްހޫޒާ އައްޔަނު ކުރީ ޑިސެމްބަރު 26، 2023 ގަ އެވެ.

ޗެއާޕާސަންގެ މަގާމުގެ އިތުރުން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވެސް އޭނާ ވަނީ ވަކިކޮށްފަ އެވެ. އެއީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގެ އެވެ. 

އެ މަގާމާ ހަވާލުވުމުގެ ކުރިން ޝަމްހޫޒާ ހުންނެވީ މާލޭ ސިޓީ ކައުންސިލުގެ ކައުންސިލް އެގްޒެކެޓިވްގެ މަގާމުގަ އެވެ. އަދި އޭގެ ކުރިން ހައުސިން މިނިސްޓްރީގެ ޑިރެކްޓަރެއްގެ ވަޒީފާ ވެސް އޭނާ އަދާ ކުރެއްވި އެވެ.

އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމަށް ވެސް ދާދިފަހުން ބަދަލުތަކެއް ގެނެސްފައިވެ އެވެ. އެ މަގާމުގައި ހުންނެވި އަބްދުލް މަތީން އިސްތިއުފާ ދިނުމުން މިހާރު އެ މަގާމުގައި ހުރީ މުއިއްޒުގެ އަރިސް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ. 

އެމްޑަބްލިއުއެސްސީ އުފެއްދީ އޭޕްރީލް 1، 1995، ގަ އެވެ. އެ ކުންފުނިން ފުޅީގައި ބަންދުކޮށްގެން ބޯފެން ވެސް އުފައްދަ އެވެ. މާލޭގެ އިތުރުން ބައެއް ރަށްރަށާއި ރިސޯޓުތަކިުގައި ވެސް އެ ކުންފުނިން ހިދުމަތްދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox