ލީވާން ވަކި ގޮޅިއަކަށް ލައި އެކަހެރިކޮށްފި

Ldga

Ldga


އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މުސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޖިނާއީ ދައުވާތައްކޮށްގެން އުޅޭ މައްސަލައިގައި ހިމެނޭ "އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދައްކަން ކްރިމިނަލް ކޯޓުން އަމުރުކުރި ހަބަރު ލިޔުމުން އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ނިންމައި 10 ދުވަހަށް ޖަލަށް ލާފައިވާ ލީވާން އަލީ ނާސިރު ވަކި ގޮޅިއަކަށް ލައި އެކަހެރިކޮށްފި އެވެ. 

އެ އަމުރާ ހިލާފުވި ކަމަށް ނިންމައި އަދަދުގެ ލީވާން އަދި މުހައްމަދު ޝަހުޒާން ވެސް އޮތީ ޖަލުގަ އެވެ. މިދިޔަ ހުކުރު ދުވަހާ ހަމައަށް ދެ މީހުން ބަންދުކޮށްފައި ތިބީ ޔުނިޓު 12 ގެ އެއް ގޮޅިއެއްގަ އެވެ. 

ނަމަވެސް، ހުކުރު ދުވަހު ލީވާން ވަނީ ޔުނިޓު 10 އަށް ބަދަލުކޮށްފަ އެވެ. އެ ތަނަކީ ސާފުތާހިރުކަން ކުޑަ، ތަފާތު ސޫފިތައް އުޅޭ ތަނަކަށް ވުމުން އޭނާގެ ހަމުގެ ބަލި އިތުރަށް ގޯސްވެފައިވާ ކަމަށާއި، ބިންމަތީގައި ނިދަންޖެހުމުގެ ސަބަބުން ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާކަން ވަނީ އެނގިފަ އެވެ.

ލީވާނަކީ ހަމުގެ މައްސަލަތަކެއް ހުންނަ މީހެއް ކަމަށްވާއިރު އޭނާ ބޭނުންކުރަން ޖެހެނީ ހާއްސަ ލޯޝަނެކެވެ. ނަމަވެސް، އެ ފުރުސަތު ވެސް ދީފައެއް ނުވެ އެވެ.  ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތަކަށް ފާއިތުވި ދުވަސްތަކުގައި ލީވާން އެދުމުން ވެސް އެ ފުރުސަތު މިހާތަނަށް ފަހިކޮށްދީފައި ނުވެ އެވެ. 

އެ ދެ ނޫސްވެރިންގެ އާއިލާއިން ވެސް އެ މީހުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ގަތުމަށް ފޮނުވި ފައިސާއިން އެ ތަކެތި ގަތުމުގެ ފުރުސަތު ދީފައި ނުވާ ކަމަށް ވަކީލު ވަނީ މައުލޫމާތު ދެއްވާފަ އެވެ. އަދި ހުކުރު ދުވަހު އާއިލާތަކުން ފޮނުވި އަންނައުނު ވެސް ލީވާނާއި ޝަހުޒާނަށް ރައްދުކޮށްދީފައި ނުވާކަން ވަނީ އެނގިފަ އެވެ.

ދެ ނޫސްވެރިންގެ އަޒުމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށް ވަކީލު މި ނޫހަށް މައުލޫމާތު ދެއްވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox