ބޮޑު ހާދިސާއެއް ހިނގައިގެންއުޅޭއިރު ޖަޕާން ސަފީރު ހަނދާނަށް ގެންނެވީ ކޯސްޓު ގާޑަށް ހަދިޔާކުރި ސާމާނުގެ ވާހަކަ

އޭރު ޑިފެންސް މިނިސްޓަރަކަށް ހުންނެވި ގައްސާން މައުމޫނާއެކު ސަފީރު އެ ސާމާނުތައް ބައްލަވާލައްވަނީ --- ފޮޓޯ: ޖަޕާން އެމްބަސީ

އޭރު ޑިފެންސް މިނިސްޓަރަކަށް ހުންނެވި ގައްސާން މައުމޫނާއެކު ސަފީރު އެ ސާމާނުތައް ބައްލަވާލައްވަނީ --- ފޮޓޯ: ޖަޕާން އެމްބަސީ

ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ހިތާމަވެރި އަދި ނުރައްކާތެރި ޑައިވިން ހާދިސާ ހިނގައިގެން އުޅޭ މި ދަނޑިވަޅުގައި ކޯސްޓް ގާޑަށް ޖަޕާންގެ ސަރުކާރުން ހަދިޔާކުރި އެތައް މިލިއަން ޑޮލަރުގެ ސަމާނުގެ ވާހަކަ އެ ގައުމުގެ ސަފީރު އިޝިގާމީ ރުމިކޯ ހަނދާނަށް ގެންނަވައިފި އެވެ. 

ވާވު އަތޮޅު ދެވަނަ ކަނޑުގެ ވަރަށް ފުނުގައި އޮންނަ ހޮހޮޅައަކަށް ފީނަނިކޮށް ފަސް އިޓަލީ މީހުން ވަނީ ނިޔާވެފަ އެވެ. އޭގެ ތެރެއިން އެކެއްގެ ހަށިގަނޑު ހޯދިފައިވާއިރު އެ އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށް އެމްއެންޑީއެފްގެ ކޯސްޓް ގާޑު ސްޓާފް ސާޖަންޓު މުހައްމަދު މަހުދީ ވެސް ވަނީ ނިޔާވެފަ އެވެ. މި ހާދިސާގައި ހަ މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ. 

ޑިސެމްބަރު 17، 2024، ގައި ޖަޕާން ސަރުކާރުން ކޯސްޓް ގާޑަށް 7.6 މިލިއަން ޑޮލަރު ނުވަތަ 800 މިލިއަން ޔެންގެ ސާމާނު ހަދިޔާކުރި އެވެ. މި ސާމާނު އެމްއެންޑީއެފްއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އޭރުގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އަދި ޖަޕާންގެ ސަފީރުކަށް އޭރު ހުންނެވި ތަކެއުޗީ މިދޯރީ ބައިވެރިވެވަޑައިގަތެވެ. 

މިހާރުގެ ސަފީރު އިޝިގާމީ އެކްސްގައި ވިދާޅުވި ގޮތުގައި އޭރު އެމްއެންޑީއެފްއާ ހަވާލުކުރި ބައެއް ސަމާނު ލިސްޓު ކުރައްވާފަ އެވެ. އޭގެ ތެރޭގައި މެރިޓައިމް ކޮމިއުނިކޭޝަން ސިސްޓަމްތަކާއި، ޕްރޮފެޝަނަލް ޑައިވިން ގިއަރާއި، ސާޗު އެންޑް ރެސްކިއު ސާމާނު ހިމެނެ އެވެ. އަދި ހައްސާސް އޮޕަރޭޝަންތަކަށް ބޭނުންވާނެ ފަދަ ޕޯޓަބަލް ރީކޮމްޕްރެޝަން ޗެމްބަރު ވެސް ހަދިޔާކޮށްފައިވެ އެވެ.

އެ ސާމަނަކީ މިފަދަ ވަގުތެއްގައި އެމްއެންޑީއެފްއަށް ވަރަށް ބޭނުންތެރިވާނެ ސާމާނު ކަމަށް އުންމީދުކުރައްވާ ކަމަށް ސަފީރު އިޝިގާމީ ވިދާޅުވި އެވެ. 

އެމްއެންޑީއެފްއިން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަނުގައި ބޭނުންކުރަނީ ކޮން ސާމާނުތަކެއް ކަން ހާމަކޮށްފައެއް ނުވެ އެވެ. 

އިޓަލީގެ ފަސް ޑައިވަރުން ފޭބި ހޮހޮޅައަކީ ކަނޑުގެ 60 މީޓަރު އަޑި ކަމަށް ވާއިރު، ހޮހޮޅައިގެ ދިގު މިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ ކަމަށް އެމްއެންޑީއެފްއިން ކުރިން ބުނެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox