
މުހައްމަދު އުޝާމް
ޖާނަލިސްޓް
މުހައްމަދު އުޝާމް އަކީ ސިޔާސީ އަދި ޝަރުއީ ދާއިރާ ފުޅާ ދާއިރާއެއްގައި ކަވަރުކުރާ ނޫސްވެރިއެކެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އެވޯޑުގައި ސިޔާސީ ދާއިރާގެ އިނާމަށް ދެ ފަހަރު ނޯމިނޭޓުވެފައިވެ އެވެ. ވީ މީޑިއާގެ އިންޓާންޝިޕަކުން ނޫސްވެރިކަމުގެ ކެރިއާ ފެށި އުޝާމް މީގެ ކުރިން ވަނީ "އަވަސް" އަދި "ވަގުތު" ނޫހުގައި ވެސް މަސައްކަތް ކޮށްފަ އެވެ.
1923 ލިޔުން
ހަބަރުބޭރުން ފަރުވާ ހޯދުމުގެ މުއްދަތު އިތުރުކޮށްދޭން އަދީބު އެދިއްޖެ
ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު (ހަނަފީ) މީގެ ކުރިން "އަދަދު" އަށް ވިދާޅުވި ގޮތުގައި އަދީބު ސިންގަޕޫރަށް ދަތުރުކުރެއްވީ އޭނާގެ ދާއިމީ ޕާސްޕޯޓާ އެކުގައެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާއަށް ދޫކޮށްފައި ވަނީ ވަގުތީ ޓްރެވެލް ޑޮކިއުމެންޓެއް ކަމަށް ހަނަފީ ވިދާޅުވި އެވެ.
ހަބަރުޖުމްހޫރީ މައިދާނުން ހައްޔަރުކުރި އިދިކޮޅު ލީޑަރުން ދޫކޮށްލައިފި
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް "އަދަދު" ނޫހަށް ވިދާޅުވީ އެ ހުރިހާ ބޭފުޅުން ވެސް މިހާރު ދޫކޮށްލާފައިވާއިރު ތަހުގީގަށް ބަޔާން ދިނުމަށް ޓަކައި އެކި ބޭފުޅުންނަށް އެކި ވަގުތު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައި ޗިޓު ދީފައިވާ ކަމަށެވެ.
ހަބަރުދެ ނޫސްވެރިޔަކު ކޮއްޕާލި މައްސަލަ ބަލަން ސީޕީ އަންގަވައިފި
"އަދަދު" ނޫހުން ސުވާލު ކުރުމުން ޕޮލިސް ކޮމިޝަނަރު ވިދާޅުވީ، އެ މައްސަލަ ބެލުމަށް އެސްއޯ ފުލުހުންގެ ޑިޕާޓްމަންޓަށް އަންގާފައިވާނެ ކަމަށެވެ. އަދި ތުހުމަތުކުރެވޭ ފުލުސް މީހާ މަސްއޫލިއްޔަތުތަކުން ދުރުކުރަން ވެސް އަންގަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
