އެއް ކެންޑިޑޭޓަކަށް ޕީޕީއެމް ދެއްކީ އަނެއްކާ ވެސް ޔާމީން

ރައީސް އަބްދުﷲ ޔާމީން؛ އިދިކޮޅު ހުރިހާ ޕާޓީއަކުން އެއްބަސްވާންވީ ޔާމީން ކެންޑިޑޭޓަކަށް ހެދުމަށް ކަމަށް އަނެއްކާ ވެސް ބުނެފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރައީސް އަބްދުﷲ ޔާމީން؛ އިދިކޮޅު ހުރިހާ ޕާޓީއަކުން އެއްބަސްވާންވީ ޔާމީން ކެންޑިޑޭޓަކަށް ހެދުމަށް ކަމަށް އަނެއްކާ ވެސް ބުނެފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިކުރަން، ވާދަވެެރި ސިޔާސީ ޕާޓީތަކަށް އެއްބަސްވެވޭ ކެންޑިޑޭޓަކު ނެރުމުގެ މައްސަލާގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އެއް ކެންޑިޑޭޓަކަށް ހަމަޖެއްސުމަށް އެ ޕާޓީން އަނެއްކާ ވެސް ބުނެފި އެވެ.

ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް މިއަދު މެންދުރުފަހު 1:00 ގައި ސިޔާސީ އެ މަޝްވަރާތައް ކުރެއްވުމަށް މ. ކުނޫޒަށް ވަޑައިގެންނެވި އެވެ.

މަޝްވަރާތަކަށް ފަހު މީޑިއާއާ ބައްދަލު ކުރެއްވަމުން އެ ތިން ބޭފުޅުން ވެސް ވިދާޅުވީ ޕާޓީތަކަށް އެއްބަސްވެވޭ ކެންޑިޑޭޓަކު ހޯދުމުގެ މަސައްކަތް ފަށަން އެ ތިން ޕާޓީއަށް ވެސް އެއްބަސްވެވޭ ކަމަށެވެ. އަދި އޭގައި ޕީޕީއެމްގެ ރުހުމާއި ބައިވެރިވުން ވަރަށް މުހިންމު ކަމަށް ގާސިމް ވިދާޅުވި އެވެ.

އެ ކަމާ ގުޅިގެން ޕީޕީއެމްއާ މީޑިއާތަކުން ސުވާލު ކުރަމުން ދިޔުމުން، މީޑިއާތަކަށް މައުލޫމާތު ދިނުމަށް އޮންނަ އެ ޕާޓީގެ ވަޓްސްއެޕް ގްރޫޕަށް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ފޮނުއްވި މެސެޖުގައި ވިދާޅުވީ އެ ޕާޓީން އެދެނީ އެއްބަސްވެވޭ އެއް ކެންޑިޑޭޓަކީ ޔާމީން ކަމުގައި ކަނޑައެޅުމަށެވެ.

"އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ނިންމުމުގައި ރައީސް ޢަބްދުﷲ ޔާމީނަކީ ޕާޓީތަކުން އެއްބަސްވެވަޑައިންނަވާ ކެންޑިޑޭޓް ކަމުގައި ހަމަޖެއްސެވުމަކީ މި ޕާޓީން އެދޭ ގޮތެވެ. އަދި އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ނިންމުމުގައި ޕާޓީތަކުން ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތަށް މި ކޯލިޝަނުން މަރުހަބާ ކިޔައި ޝުކުރު ދަންނަވަމެވެ." ތޮލާލް ހިއްސާ ކުރެއްވި މެސެޖުގައިވެ އެވެ.

އެއް ކެންޑިޑޭޓެއްގެ ހިޔާލު އެންމެ ފުރަތަމަ ގެންނެވި ބޭފުޅަކީ، މި ސަރުކާރާ މެދު ހިތްހަމަނުޖެހި ސަރުކާރުން ހިންގާ ޕާޓީ، އެމްޑީޕީން ވަކިވި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދު އެދިވަޑައިގަތީ ވެސް އެއް ކެންޑިޑޭޓަކީ ޔާމީން އަދި އެމަނިކުފާނު ފިޔަވައި އެހެން ބޭފުޅަކު ހަމަޖެއްސެވުމަށެވެ. އަދި އެއީ ޕާޓީތަކަށް އެއްބަސްވެވޭ ބޭފުޅަށް ވުމަށެވެ.

އޭރު ވެސް ޕީޕީއެމްގެ ލީޑާޝިޕުން ގޮވާލީ އިދިކޮޅު ހުރިހާ ޕާޓީއަކުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރުމަށެވެ.

ނަމަވެސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ. ފަނޑިޔާރަކު ޗުއްޓީގައި ހުންނެވުމުން ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި ހުއްޓުމަކަށް އައިސްފަ އެވެ.

އެހެންވިޔަސް ޔާމީން ނޫން ކެންޑިޑޭޓެއްގެ ވާހަކަ ފާޅުގައި ދައްކަން ލީޑާޝިޕުން ދަނީ ދެކޮޅު ހަދަމުންނެވެ. އޭގެ މަޝްވަރާތައް އެތެރޭގައި އޮތް އިރު، ލީޑާޝިޕްގެ އެތެރޭގައި ކެންޑިޑޭޓަކާ މެދު ހިޔާލުތަފާތުވުންތަކެއް އޮތް ކަން ވަނީ އެނގިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox