ގޯތި ލިސްޓަށް 800 އެއްހާ ޝަކުވާ ލިބުނަސް ގިނައީ ގޯތި ދިނުމުގެ އުސޫލަށް ފާޑުކިޔުން

ގޯތި ދޫކުރުމުގެ މަސައްކަތަށް އެކުލަވާފައިވާ ކޮމިޓީގެ ބައްދަލުވުމެއް؛ ގިނަ ޝަކުވާތަކެއް ލިބުނަސް ގިނައީ ގުޅުން ނެތް ޝަކުވާތަކެއް ކަމަށް ބުނެފި -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ގޯތި ދޫކުރުމުގެ މަސައްކަތަށް އެކުލަވާފައިވާ ކޮމިޓީގެ ބައްދަލުވުމެއް؛ ގިނަ ޝަކުވާތަކެއް ލިބުނަސް ގިނައީ ގުޅުން ނެތް ޝަކުވާތަކެއް ކަމަށް ބުނެފި -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކުރުމުން ޝަކުވާ ހުށަހަޅަން ހުޅުވާލި މުއްދަތުގައި 800 އެއްހާ ޝަކުވާ ލިބުނަސް އޭގެ ތެރޭގައި ގިނައީ ލިސްޓާއި ޕޮއިންޓް ދިން ގޮތާ އެއްވެސް ގުޅުމެއް ނެތް ޝަކުވާތަކެއް ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ގެދޮރުވެރިޔާ ކޮމެޓީގެ ޗެއާ އަދި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަކްރަމް ކަމާލުއްދީން 'އަދަދު' އަށް މިއަދު ވިދާޅުވީ ޝަކުވާތަކުގެ ތެރޭގައި ގިނައީ މާލެ ރަށްވެއްސެއްގެ ގޮތުގައި ބަލަން އުސޫލުގައި މާނަ ކޮށްފައިވާ ގޮތާއި ސޯޝަލް ހައުސިން ހުރުމުން ބަލައިނުގަންނަން ނިންމި ކަންކަމާ ގުޅޭ ޝަކުވާ އެވެ.

"މިހާރު ހުރެދާނެ ހިޔާ ފްލެޓަކީ މިލްކެއް ނޫނޭ، ސޯޝަލް ހައުސިން ކަމަކަށް ނުބެލެވޭނޭ، މިހެން ޝަކުވާތަކެއް، އެކަމަކު އުސޫލުގައި ސާފުކޮށް ބަޔާންކޮށްފައި އޮންނާނެ ސޯޝަލް ހައުސިން އޮތް ފަރާތްތަކަށް ނުލިބޭނެކަން،" އަކްރަމް ތަފްސީލްކޮށްދެއްވި އެވެ.

އަކްރަމް ވިދާޅުވީ ޝަކުވާތައް ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަމާޒަކީ މި މަހުގެ ތެރޭގައި ދާއިމީ ލިސްޓު އާންމު ކުރުމަށް ކަމަށެވެ. ޝަކުވާތަކަށް ހަތް ދުވަހުގެ ތެރޭގައި ޖަވާބު ދޭން ޖެހޭނެ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ސަރުކާރުން ހިންގާ ބިންވެރިޔާ ސްކީމަށް ހުށަހެޅި މީހުންގެ ތެރެއިން އާއިލީ ގުޅުން އޮތް މީހުންނާ ގުޅިގެން "ޖޮއިންޓް ވެގެން ގޯތި ހޯދުމުގެ ފުރުސަތު ލިބޭ" ސްޓޭޓަސް ދީފައިވެ އެވެ. އެ ކަމަށް ހުޅުވާލި މުއްދަތު ވެސް މިހާރު ހަމަވެފައިވާއިރު އެ ލިސްޓު ދިރާސާކުރަން ވަގުތު ނަގާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 23،088 މީހުންގެ ފަރާތުން، 15،164 އެޕްލިކޭޝަން ހުށައަޅާފައިވެ އެވެ. ވަކިން ހުށަހެޅި ފޯމްތަކާއި ޖޮއިންޓް ފޯމުތައް ހިމެނޭ ގޮތުން ގޯތި ލިބޭ މީހުންގެ ލިސްޓްގައި 10،314 މީހުން ހިމެނެ އެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން، 19،857 މީހުން ހުށަހެޅި، 12،794 ފޯމު ވަނީ ޝަރުތު ހަމަވެފަ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދެނީ ހުޅުމާލޭގެ އިތުރުން, ހިއްކުމުގެ މަރުހަލާގައި އޮތް ގުޅިފަޅާއި ގިރާވަރުފަޅުންނެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ހުޅުމާލެއިން 2,200 ގޯތި, ގުޅީފަޅުން 2,000 ގޯތި އަދި ގިރާވަރުން 2,000 ގޯތި ދޭނެ އެވެ.

މިހާރު ގޯތި ލިބޭނެ ކަމަށް ލިސްޓުގައި ބުނެފައިވާ މީހުންނަށް ގޯތި ދެނީ ކޮންތަންތަނަކުން ކަމެއް އަދި ހާމައެެއް ނުކުރެ އެވެ. އޭގެ އުސޫލު ފަހުން ހާމަކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox