ޑިމޮކްރެޓްސްގެ "ފަސޭހަ ވިޔަފާރި ސިޔާސަތު" ލޯންޗު ކުރަން ޓީމުތައް 36 ރަށަކަށް

ޑިމޮކްރެޓްސްގެ ސިޔާސަތު ލޯންޗުކުރަން ރައީސް މުހައްމަދު ނަޝީދު ބ. ފެހެންދުއަށް ވަޑައިގެން - ފޮޓޯ: ދަ ޑިމޮކްރެޓްސް

ޑިމޮކްރެޓްސްގެ ސިޔާސަތު ލޯންޗުކުރަން ރައީސް މުހައްމަދު ނަޝީދު ބ. ފެހެންދުއަށް ވަޑައިގެން - ފޮޓޯ: ދަ ޑިމޮކްރެޓްސް

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ދަ ޑިމޮކްރެޓްސް އިން ހުށަހަޅާ "ފަސޭހަ ވިޔަފާރި" ސިޔާސަތު ލޯންޗު ކުރުމަށް ޓީމުތަކަކަށް ބަހާލެވިގެން، ޕާޓީގެ އެ ޓީމުތައް 36 ރަށަކަށް މިއަދު ދަތުރު ކުރާ ގޮތަށް، ބޮޑު ދަތުރެއް ފަށައިފި އެވެ.

ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހުންނެވި، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިހާރު ވެސް ހުންނެވީ ބ. އަތޮޅުގަ އެވެ. އިތުރު ޓީމުތަކެއް، އެހެން ބައެއް ރަށްރަށަށް ދަތުރުކުރަމުންދާ އިރު އޭގެ ފޮޓޯއާއި ވީޑިއޯ އެ ޕާޓީން ދަނީ ޓްވިޓާގައި ހިއްސާކުރަމުންނެވެ.

ޑިމޮކްރެޓްސް އިން ބުނީ އެ ޕާޓީއާ ގުޅިވަޑައިގަތް ސަރުކާރުގެ އެކި މަގާމުތަކުން މި ފަހުން އިސްތިއުފާ ދެއްވި އަދި ވަކިކުރި އެންމެހާ ބޭފުޅުން ވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި, ޑިމޮކްރެޓްސްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެެންބަރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ޑިމޮކްރެޓުން މިއަދާއި މާދަމާ ވެސް ދަތުރުކުރާ ޖުމްލަ 50 ގިނަ ރަށަށް ޒިޔާރަތްކުރާނެ އެވެ.

ޕާޓީގެ މެނިފެސްޓޯގައި ހިމެނޭ ސިޔާސަތެއް ލޯންޗު ކުރުމަށް ބޮޑު ހަރަކާތެއް ރާވައިގެން ކުރިއަށް ގެންދާއިރު، މެނިފެސްޓޯގެ މަސައްކަތްތައް އިސްކޮށް ބަލަހައްޓަވަން ހަވާލުކޮށްފައި ވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށެވެ.

ސިޔާސަތު ލޯންޗުކުރާން ދަތުރުކުރާ ރަށްތައް؛

  • ހއ. ހޯރަފުށި، ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ހދ. ވައިކަރަދޫ
  • ށ. ބިލެތްފަހި، ށ. މިލަންދޫ، ށ. ކޮމަންޑޫ، ނ. ކެނދިކުޅުދޫ، ނ. ކުޑަފަރި
  • ރ. އުނގޫފާރު، ރ. ދުވާފަރު، ރ. މަޑުއްވަރީ، ބ. ތުޅާދޫ
  • ޅ. ނައިފަރު، ޅ. ކުރެންދޫ، ކ. މާފުށީ، ކ. ގުރައިދޫ، މާލެ ސިޓީ
  • އއ. ރަސްދޫ، އއ. ތޮއްޑޫ، އއ. އުކުޅަސް، އއ. މާޅޮސް، އއ. ހިމަންދޫ
  • އދ. މާމިގިލި، އދ. މަހިބަދޫ، ވ. ކެޔޮދޫ
  • ފ. ބިލެތްދޫ، ފ. މަގޫދޫ، ދ. ކުޑަހުވަދޫ، ތ. ގުރައިދޫ
  • ލ. ގަން، ލ. އިސްދޫ، ގއ. ވިލިނގިލި، ގއ. ދާންދޫ، ގއ. ގެމަނަފުށި
  • އައްޑޫ ސިޓީ، އަދި ފުވައްމުލަކު ސިޓީ

ސެޕްޓެމްބަރު 9، ގައި އޮންނަ ރިޔާސީ އިންތިހާބަށް ޑިމޮކްރެޓްސް އިން ކެންޑިޑޭޓެއް ނެރޭނެ ކަމަށް އިއުލާން ކުރި ނަމަވެސް ކެންޑިޑޭޓަކު އަދި ކަނޑަނާޅަ އެވެ. އެ ޕާޓީން ނިންމާފައިވަނީ ޕްރައިމަރީއަކުން ކެންޑިޑޭޓަކު ކަނޑައެޅުމަށެވެ. އެ ކަމަށް ކުރިމަތިލާން މި ހަފުތާ ހުޅުވާލާނެ ކަމަށް ބުނެފައިވެ އެވެ.

ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް ހެދުމުގެ މަސައްކަތް ނަޝީދުގެ ސަޕޯޓަރުން ފެށީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން އެމަނިކުފާނަށް ލިބުނު ނާކާމިޔާބީއަށް ފަހު އެ ޕާޓީގެ ތެރެއިން "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއްގައި މަސައްކަތް ކުރަމުން ދަނިކޮށް، އޭގައި ހަރަކާތްތެރިވަމުން ދިޔަ ބައެއް މީހުނަށް ޕާޓީން ފިޔަވަޅު އަޅަން ފެށި ހިސާބުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox