ގޯތި ނުލިބުނު މީހަކު، "މާލެ މީހާ" ޝަރުތު މާނަކޮށްދޭން އެދި ކޯޓަށް

ގޯތި ނުލިބުނު މީހަކު، "މާލެ މީހާ" ޝަރުތު މާނަކޮށްދޭން އެދި ކޯޓަށް

މާލެ ސަރަހައްދުން ގޯތި ދޭން ސަރުކާރުން ހިންގާ "ބިންވެރިޔާ ސްކީމް" އިން ގޯތި ނުލިބޭ ކަމަށް ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވަނީ އޭގެ އުސޫލުގައި ބަޔާންނުކުރާ ޝަރުތަކަށް ހަވާލާދީ ކަމަށް ކަނޑައަޅައިދިނުމަށް އެދި، ގޯތި ނުލިބުނު މީހަކު ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.

ގޯއްޗަށް އެދި ފޯމް ލީ މީހުންގެ ތެރެއިން ގޯތި ނުލިބުނު މީހަކު ހައި ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވާ ގޮތުގައި އޭނާއަށް ގޯތި ނުލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން ބަޔާންކުރާ ސަބަބުގެ ލިޔުމުގައި ހަވާލާދީފައިވަނީ ގޯތި ދިނުމުގެ އުސޫލުގައި މާލެ ރައްޔިތެއްކަން ބެލުމުގެ މިންގަނޑުގައި ބަޔާން ކޮށްފައި ނެތް އިބާރާތަކަށެވެ.

މާލެ ރައްޔިތެއް ކަން ބެލުމުގެ މިންގަނޑު ބަޔާންކޮށްފައިވަނީ އުސޫލުގެ 11 ވަނަ މާއްދާގެ ހ. ގަ އެވެ. އޭގައި ވަނީ "އެ މީހެއްގެ މަންމަ ނުވަތަ ބައްޕައަކީ މާލެ ރައްޔިތަކަށް ވެފައި ސަރުކާރުން ހިންގާފައިވާ ސިޔާސަތެއްގެ ސަބަބުން ނުވަތަ ކަނޑައެޅިފައިވާ އުސޫލުގެ ސަބަބުން އެހެން ތަނެއްގައި ރަޖިސްޓްރީ ޖެހުމަށް ފަހު މިހާރު މާލޭގެ ރަޖިސްޓްރީގައިވާނަމަ އެ މީހަކު ބަލާނީ މާލޭގެ ރައްޔިތެއްގެ ކަމުގަ" އެވެ.

ހައުސިން މިނިސްޓްރީން އޭނައަށް ފޮނުވި ޖަވާބުގައި ބުނަނީ "ތިޔަ ފަރާތަކީ ކުރިން މާލެ ފިޔަވައި އެހެން ތަނެއްގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށް ވެފައި، ތިޔަ ފަރާތުގެ މައިންބަފައިންގެ ތެރެއިން އެއްވެސް މީހެއް އުފަންވީއްސުރެން މާލެ ފިޔަވައި އެހެން ތަނެއްގައި ރަޖިސްޓްރީ ވެފައި ނުވާ ފަރާތެއް ގޮތުގައި މިނިސްޓްރީއަށް ސާބިތު ކުރެވިފައި ނުވާތީ" ކަމަށެވެ.

އޭނާ ހުށަހެޅި ދުސްތޫރީ މައްސަލާގައި އެދިފައިވަނީ ގޯތި ލިބުމަށް ޝަރުތު ހަމަނުވި ސަބަބުގެ ގޮތުގައި މިނިސްޓްރީން ދީފައިވާ ޖަވާބުގައި ހިމެނޭ އިބާރާތަކީ އުސޫލުގައި ނުހިމެނޭ އިބާރާތެއް ކަމުގައި ކަނޑައަޅައިދިނުމަށެވެ. އެ އުސޫލު މަނާކޮށްދިނުމުގެ އިތުރަށް، އޭނާއަށް ގޯތި ނުލިބޭ ކަމަށް މިނިސްޓްރީން ކަނޑައަޅާފައިވަނީ އުސޫލާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ވެސް އޭގައި އެދިފައިވެ އެވެ.

އެ މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

ގެދޮރުވެރިޔާ ކޮމެޓީގެ ޗެއާ އަދި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަކްރަމް ކަމާލުއްދީން ވެސް ވިދާޅުވި ގޮތުގައި ގޯތި ލިބޭ މީހުންގެ ލިސްޓަށް 800 އެއްހާ ޝަކުވާ ލިބުނު ނަމަވެސް އޭގެ ތެރޭގައި ގިނައީ ގޯތި ދިނުމުގެ އުސޫލަށް ފާޑުކިޔާފައި ހުރި ޝަކުވާތަކެވެ. އެފަދަ ޝަކުވާތައް ބަލާނީ ވެސް ސައްހަ ނޫން ޝަކުވާތައް ގޮތުގައި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

"މިހާރު ހުރެދާނެ ހިޔާ ފްލެޓަކީ މިލްކެއް ނޫނޭ، ސޯޝަލް ހައުސިން ކަމަކަށް ނުބެލެވޭނޭ، މިހެން ޝަކުވާތަކެއް، އެކަމަކު އުސޫލުގައި ސާފުކޮށް ބަޔާންކޮށްފައި އޮންނާނެ ސޯޝަލް ހައުސިން އޮތް ފަރާތްތަކަށް ނުލިބޭނެކަން،" އަކްރަމް ތަފްސީލްކޮށްދެއްވި އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދެނީ ހުޅުމާލޭގެ އިތުރުން, ހިއްކުމުގެ މަރުހަލާގައި އޮތް ގުޅިފަޅާއި ގިރާވަރުފަޅުންނެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ހުޅުމާލެއިން 2,200 ގޯތި, ގުޅީފަޅުން 2,000 ގޯތި އަދި ގިރާވަރުން 2,000 ގޯތި ދޭނެ އެވެ.

މިހާރު ގޯތި ލިބޭނެ ކަމަށް ލިސްޓުގައި ބުނެފައިވާ މީހުންނަށް ގޯތި ދެނީ ކޮންތަންތަނަކުން ކަމެއް އަދި ހާމައެެއް ނުކުރެ އެވެ. އޭގެ އުސޫލު ފަހުން ހާމަކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 23،088 މީހުންގެ ފަރާތުން، 15،164 އެޕްލިކޭޝަން ހުށައަޅާފައިވެ އެވެ. ވަކިން ހުށަހެޅި ފޯމްތަކާއި ޖޮއިންޓް ފޯމުތައް ހިމެނޭ ގޮތުން ގޯތި ލިބޭ މީހުންގެ ލިސްޓްގައި 10،314 މީހުން ހިމެނެ އެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން، 19،857 މީހުން ހުށަހެޅި، 12،794 ފޯމު ވަނީ ޝަރުތު ހަމަވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox