ޑިމޮކްރެޓްސްއިން ހަދާ މެނިފެސްޓޯގެ މާލިމީކަން އަމްރާއި އިލްޔާސަށް

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގެ ތެރެއިން؛ ޑިމޮކްރެޓްސްގެ މެނިފެސްޓޯ ތައްޔާރުކުރުމުގެ މަސައްކަތުގެ މާލިމީކަން އަމްރު އަދި އިލްޔާސަށް ދީފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގެ ތެރެއިން؛ ޑިމޮކްރެޓްސްގެ މެނިފެސްޓޯ ތައްޔާރުކުރުމުގެ މަސައްކަތުގެ މާލިމީކަން އަމްރު އަދި އިލްޔާސަށް ދީފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރިޔާސީ އިންތިހާބަށް ދަ ޑިމޮކްރެޓްސްއިން ތައްޔާރު ކުރާ މެނިފެސްޓޯގެ މަސައްކަތް ބެލެހެއްޓުމުގެ އިސްކޮށް އުޅޭ މެމްބަރުންގެ ގޮތުގައި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހަމަޖައްސައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވާ ޕާޓީ ރަޖިސްޓްރީވުމަށް ފަހު މިހާރު ހިނގަނީ އިންތިގާލީ މަރުހަލާ އެވެ. އިންތިގާލީ މަރުހަލާގައި އެ ޕާޓީ ހިންގާނެ ކޮމިޓީތަކެއް ހެދުމަށް ޕާޓީގެ އިންތިގާލީ ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ.

އެ ކޮމިޓީތަކުގެ ތެރެއިން އެއް ކޮމިޓީއަކީ ރިޔާސީ އިންތިހާބަށް ޕާޓީން ހުށަހަޅާ މެނިފެސްޓޯ ތައްޔާރު ކުރުމުގެ މަސައްކަތް އިސްވެ ބެލެހެއްޓުން ހަވާލުކުރާން އެކުލަވާލާފައިވާ ކޮމިޓީގަ އެވެ. އޭގައި ދެ މެމްބަރުން ހިމަނަން ނިންމައި، އެއީ އަމްރާއި އިލްޔާސް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

Advertisement

އޭގެ އިތުރުން، ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގެ ކަންކަން ބަލަހައްޓަން ކޮމިޓީއަކާއި މާލީ މުއާމަލާތްތައް ބަލަހައްޓަން ފަސް މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލާފައިވެ އެވެ.

ޕްރައިމަރީގެ އިންތިހާބީ ކޮމިޓީ

  1. މުހައްމަދު އިބްރާހިމް މަނިކު، ހުޅުމާލެ ލޮޓް 11329
  2. ހުސައިން ރަޝީދު، މ. ހުދުހުދާމަލަ، ކ. މާލެ
  3. އައިޝަތު ޝާޒްލީ، މ. ސެވޯއީ، ކ. މާލެ

މާލީ މުއާމަލާތްތަކުގެ ކޮމިޓީ

  1. އަހުމަދު ޝާހިދު، މއ. ޗަނބޭލީމާގެ، ކ. މާލެ
  2. އަހުމަދު މައުސޫމް، ގ. ޕެލެސެންޓް ވޭވްސް، ކ. މާލެ
  3. އިސްމާއިލް ޝަފީގު، މއ. ސަމިޓް، ކ. މާލެ
  4. މަރިޔަމް ޖެނިފާ މުސްތަފާ، ގ. ބޮޑުފެންވަޅުގެ، ކ. މާލެ
  5. މުހައްމަދު ޝާޒު، ގ. މެޑޯ، ކ. މާލެ

ޑިމޮކްރެޓްސްގެ އިންތިގާލީ ކައުންސިލަށް ހިމަނަން ޕާޓީގެ މުއައްސިސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކަނޑައަޅާ 12 މެމްބަރުންނާއި ކައުންސިލަށް ހިމަނަން ކައުންސިލުން ފާސްކޮށްފައިވާ އަށް ފަންނީ މީހުން ވެސް ވަނީ ކަނޑައަޅައި ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox