ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލާން ދެ ދުވަހުގެ މުއްދަތެއް ދީފި

ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގެ ތެރެއިން؛ ޑިމޮކްރެޓްސްގެ ޕްރައިމަރީއަށް ކުރިމަތިލާން ދެ ދުވަހުގެ މުއްދަތެއް ދީފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގެ ތެރެއިން؛ ޑިމޮކްރެޓްސްގެ ޕްރައިމަރީއަށް ކުރިމަތިލާން ދެ ދުވަހުގެ މުއްދަތެއް ދީފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ސެޕްޓެމްބަރު 9، ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލައި ފޯމު ހުށަހަޅަން ދެ ދުވަހުގެ މުއްދަތެއް ދީފި އެވެ.

ޑިމޮކްރެޓްސް އިން ދެންމެ ކުރި ޓްވީޓެއްގައިވާ ގޮތުން، އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ޖަހާއިރުގެ ނިޔަލަށެވެ.

އޮންލައިންކޮށް އަދި ޕާޓީގެ އިދާރާއަށް ވެސް ގޮސް ފޯމު ހުށަހެޅޭނެ ކަމަށް އޭގައިވެ އެވެ. އަދި ޕާޓީގެ މައި އިދާރާ ހުޅުވާފައި ހުންނާނީ ހެނދުނު 10:00 އިން ހަވީރު 4:00 އަކަށް ކަމަށް ބުނެފައިވެ އެވެ.

ދަ ޑިމޮކްރެޓްސްއަކީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ލިބުނު ނާކާމިޔާބީއަށް ފަހު އެ ޕާޓީގެ ރައީސް ކަމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި "ފިކުރެއްގެ ދިރުން" ފެކްޝަނުން ހެދި ޕާޓީއެކެވެ.

އެ ޕާޓީ އުފެއްދުމުގެ މަސައްކަތް ފެށިގެން އައީ "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް ހަދައިގެން އެމްޑީޕީގެ އެތެރެއިން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަމުން ދިޔުމުން ބައެއް މީހުން ސަރުކާރު މަގާމުތަކުން ދުރުކޮށް އަދި ޕާޓީން ވަކިކުރަން ފެށުމުންނެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް އެއްވެސް ޝައުގެއް ހުރިތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އެއްވެސް ޝައުގެއް އެ ކަމަށް ނެތް ކަމަށެވެ. ނަޝީދު ވަނީ އިދިކޮޅު ސިޔާސީ ހުރިހާ ޕާޓީއަކުން ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމުގެ ހިޔާލު ވެސް ކުރިއަށް ނެރުއްވައިފަ އެވެ.

ނަޝީދަކީ މީގެ ކުރިން 2008، 2013، އަދި 2018 ގައި ވެސް އެމްޑީޕީގެ ޕްރައިމަރީން ކަނޑައެޅި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ. ނަމަވެސް 2018 ގައި އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި އޮތުމުން، އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް އޭރުގެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހަށް ޓިކެޓު ދިނުމަށް ނިންމީ އެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމްޑީޕީގެ އެތެރޭގެ ގުނަންތައް އޮތީ އެމަނިކުފާނުގެ ބާރުގެ ދަށުގަ އެވެ. އަދި އެމްޑީޕީގެ އެތެރޭގައި ބޭއްވި ބޮޑެތި އިންތިހާބުތައް ވެސް ކާމިޔާބު ކުރެއްވީ އެމަނިކުފާނެވެ. އަދި ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވައި، މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox