ވެރިކަމުގެ ދަހިވެތި ކަމަށް ކުރާ އެއްވެސް ކަމަކު ބައިވެރި ނުވެވޭނެ: ނަޝީދު

ރައީސް މުހައްމަދު ނަޝީދު ޑިމޮކްރެޓްސްގެ އިވެންޓެއްގައި؛ ވެރިކަމުގެ ދަހިވެތިކަމުގައި ކުރެވޭ އެއްވެސް މަސައްކަތެއްގައި ބައިވެރިއެއް ނުވާނެ ކަމަށް ވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރައީސް މުހައްމަދު ނަޝީދު ޑިމޮކްރެޓްސްގެ އިވެންޓެއްގައި؛ ވެރިކަމުގެ ދަހިވެތިކަމުގައި ކުރެވޭ އެއްވެސް މަސައްކަތެއްގައި ބައިވެރިއެއް ނުވާނެ ކަމަށް ވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ވެރިކަމުގެ ދަހިވެތިކަމުގައި ކޮންމެ ކަމެއް ކުރާން ވެސް އެއްބަސްވެވޭ ގޮތަށް ހިންގޭ އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ނަޝީދު އިސްވެގެން އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސްގެ "ފަސޭހަ ވިޔަފާރި ސިޔާސަތު" ލޯންޗު ކުރުމަށް ބ. ތުޅާދޫގައި ކުރިއަށްދިޔަ އިވެންޓްގައި އެމަނިކުފާނު ވިދާޅުވީ އުމްރާނީ ތަރައްގީގެ މަސައްކަތްތައް މިދިޔަ 10 އަހަރު ވެސް ފެނިގެން ދިޔައީ ވޯޓަށް ޓަކައި ކުރެވުނު މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.

"އެއިން ކޮންމެ މަސައްކަތެއް ވެސް ފަށާނީ ކޮން ދުވަހެއް ކަން އެނގި، އެ ކަމަށް ހުރި ވަސީލަތްތައް ޔަގީންކޮށް، އެ ނިންމޭނެ ދުވަހެއް އަންދާޒާކޮށް ނިމި ދެން ކުރިއަށް ގެންދާނީ،" ޑިމޮކްރެޓްސްގެ ސަރުކާރެއްގައި އެ ކަން ބަދަލުކޮށްދިނުމުގެ ވައުދުވެވަޑައިގަންނަވަމުން ވިދާޅުވި އެވެ.

Advertisement

ނަޝީދު ވަކިވެވަޑައިގެންނެވި އެމްޑީޕީގެ ރިޔާސީ ޓިކެޓުގައި މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިރޭ ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ވިދާޅުވީ، ދެވަނަ ދައުރެއްގެ ބޭނުމުގައި ބައެއް ޕާޓީތަކުން ކެމްޕޭން ކުރާތީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"އެއީއެއް ނޫން، އަޅުގަނޑުމެންގެ އަމާޒަކަށް ވާންވީއެއް، މަސައްކަތަކަށް ވާންވީއެއް، އަޅުގަނޑުމެން ކުރަންވީ ކަމަކީ، ރައްޔިތުންގެ ދިރިއުޅުން އާރާސްތު ކުރުމަށް މި މަސައްކަތް ކުރަން ވާނީ،" ނަޝީދު ވިދާޅުވި އެވެ.

ވެރިކަމުގެ ދަހިވެތިކަން އޮތުމުން ސަރުކާރުން ދޫކުރާ ލޯނަކީ ވެސް ސަރުކާރު ކޮޅަށް މީހުން ލަންބާފައި ބޭއްވުމުގެ ވަސީލަތަކަށް ހަދާފައިވާ ކަމަށް ވެސް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.

"ވެރިކަމަށް ޓަކައި ކުރާ އެއްވެސް ކަމެއްގައި ބައިވެރިއެއް ނުވެވޭނެ، އެއްވެސް މީހަކު ތާއަބަދު ބޭނުންވާ ކަމަކީ ވެރިކަން ކަމަށް ވަންޏާ، އަޅުގަނޑުމެން އެކަކަށް ވެސް ރަނގަޅު ގޮތެއް ނޫން،" ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި ވެރިކަން ކުރުމުގެ ސަގާފަތް މިދިޔަ 15 އަހަރު އޮތް ގޮތަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ ސަރުކާރު ހިންގެން އޮތީ ރައްޔިތުންގެ މަޖިލިހުގެ ރުހުން އޮވެގެނެވެ. ޚުދު އެމަނިކުފާނަށް ވެސް މަޖިލިހުގެ މެންބަރުންނާ ގާތް ގުޅުމެއް ބާއްވަން ޖެހިފައި އޮތް ކަމަށް ވިދާޅުވި އެވެ.

"މަޖިލިހުގެ ރުހުން ނެތި ސަރުކާރު ހިންގޭކަށެއް ނޯވޭ، ދެން އެ ރުހުން ހޯދަން މި ޖެހެނީ، ވަރަށް ނުރަނގަޅު އެތައް ކަމެއް ކޮށްގެން، މެންބަރުންނަށް ޕްރޮޖެކްޓްތައްދީ، ރައީސުލްޖުމްހޫރިއްޔާއަށް މަޖިލިސް ކޮންޓްރޯލް ކުރައްވަން ޖެހުމުން އެއީ ބޮޑު ގޯހެއް،" ނަޝީދު ވިދާޅުވި އެވެ.

ޑިމޮކްރެޓްސް އިން މިރޭ ތައާރަފުކުރި "ފަސޭހަ ވިޔަފާރި" ސިޔާސަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ ތުޅާދޫގެ އަމާޒަކަށް ވާންވީ ކަމަކީ އެ ރަށަށް އެތެރެވާ މުދަލަށް ވުރެ ބޭރު ކުރެވޭ މުދާ އިތުރުކޮށް، އާމްދަނީ ލިބޭނެ ރަށެއް ގޮތުގައި އޮތުމެވެ.

"ހަމައެކަނި މާލޭގައި ވަޒީފާ އަދާކުރާ މީހަކު ފޮނުވާ ފައިސާއިން، ރިސޯޓެއްގައި މަސައްކަތް ކުރާ މީހަކު ފޮނުވާ ފައިސާއިން ރަށްރަށެއް ނުދިރޭނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ވެރިކަމުގައި ޓެކްސް ނިޒާމު ތައާރަފުކުރި ފަހުން ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ އާމްދަނީ ދެގުނަވީ ނަމަވެސް އާންމު ރައްޔިތުންގެ އާމްދަނީއަށް ކުރިއެރުމެއް ލިބިފައިނުވާ ކަމަށް އެމަނިކުފާނު ވިދާޅުވަމުން ގެންދަވާ ވާހަކަތައް މިރޭ ވެސް ހިއްސާ ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox