
އައްޒާމް އަލިފުޅު
ސްޕޯޓްސް އެޑިޓަރ
އައްޒާމް އަލިފުޅަކީ ކުޅިވަރަށް ހާއްސަ ނޫސްވެރިންގެ ތެރެއިން ރާއްޖޭގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އަދި އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ އެވެ. މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް އޭނާ ވަނީ ފަސް ފަހަރު ހޯދައިފަ އެވެ. އަދި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އިން ހޮވި ރާއްޖޭގެ އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ މަގާމު، 2022 އާއި 2024 ވަނަ އަހަރު ހޯދީ އައްޒާމް އެވެ. “ސީއެންއެމް" އިން ކެރިއަރު ފެށުމަށް "ހަވީރު" އަދި "މިހާރު" ގައި ވަނީ މަސައްކަތްކޮށްފަ އެވެ.
1049 ލިޔުން
ކުޅިވަރުބީޗްހޭންޑްބޯޅަ އަށް މި ވަގުތު އޮތް މަންޒިލަކީ ކުޅުދުއްފުށި
ގައުމީ ބީޗްހޭންޑްބޯޅަ ޓީމުގެ ހަރަކާތްތައް ހދ. ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް، ހޭންޑްބޯލް މޯލްޑިވްސް އިން ނިންމުމާ އެކު، އިވިގެންދިޔައީ މަސްހުނި ވާހަކަތަކެއް. ސެންޓްރަލައިޒްކޮށް މާލޭގައި މި ކަން ކުރިއަށްނުދާތީ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން ވެސް ކުޅުދުއްފުށި ތައްޔާރު
ކުޅިވަރުފުރަތަމަ ތިން މަސް: ޒުހޫރު ވިދާޅުވީ އެފްއޭއެމް ކުރިއަށްދާ ކަމަށް
ފީފާ އިން އައްޔަންކުރި ނޯމަލައިޒިން ކޮމިޓީން އެފްއޭއެމްގެ ހިންގުމާ ހަވާލުވިތާ މި މަހުގެ 19 ވަނަ ދުވަހަށް ތިން މަސް ހަމަވެފައިވާއިރު، ނޯމަލައިޒިން ކޮމިޓީގެ ޗެއާމަން، އަހުމަދު ޒުހޫރު ވިދާޅުވީ، އުންމީދުކުރާ އެންމެ އެކަށީގެންވާ ދުވެލީގައި ނޫން ކަމުގައި ވިޔަސް އެފްއޭއެމް ހިނގާކަމަށް
ކުޅިވަރުބީޑަބްލިއުއެފް އެއް މުބާރާތަކުން ތިން މެޑަލް: ނަބާ އަށް ޝަރަފެއް!
ޒެމްބިއާ އިންޓަނޭޝަނަލް ސީރީސްގައި ވާދަކޮށް، ރާއްޖޭގެ ރިވައިވަލް ސްޕޯޓްސް ކްލަބުން ހޯދި ތިން މެޑަލްގައި ވެސް ނަބާހާގެ ބައިވެރިވުން އޮތްއިރު، އޭނާ ވެފައި މި ވަނީ ރާއްޖޭގެ ތާރީހުގައި ވެސް ބީޑަބްލިއުއެފް އެއް މުބާރާތެއްގައި ތިން މެޑަލް ހޯދި ފުރަތަމަ އެތުލީޓަށް
