ގޯލްޑް ކަޕަކީ އަތޮޅު ފުޓްބޯޅަ އަށް ބޭނުންތެރި ފުރުސަތެއް

މި މަހު 20 ވަނަ ދުވަހު ފަށަން ނިންމާފައިވާ ނައިންޓީ ޕްލަސްގެ ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ މަޝްހޫރު ކޯޗު ޝާޒް.--- ފޮޓޯ: އަދަދު

މި މަހު 20 ވަނަ ދުވަހު ފަށަން ނިންމާފައިވާ ނައިންޓީ ޕްލަސްގެ ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ މަޝްހޫރު ކޯޗު ޝާޒް.--- ފޮޓޯ: އަދަދު

ނައިންޓީ ޕްލަސް އިން އިންތިޒާމްކުރާ، ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ ރާއްޖޭގެ އަތޮޅު ފުޓްބޯޅަ އަށް ބޭނުންތެރި ފުުރުސަތެއް ފަހިވެގެންދާނެ މުބާރާތެއް ކަމަށް އެ މުބާރާތުގެ އިސް ފަރާތެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޕްރޯ ލައިސަންސް ކޯޗު، މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި އަލުން ވީހާވެސް ބޮޑަށް ގަދަ ކުރުމުގެ ބޭނުމުގައި "ގޯލްޑް ކަޕް"ގެ ނަމުގައި މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ ފުޓްބޯޅަ މުބާރާތެއް ނައިންޓީ ޕްލަސް އާއި ސްޕޯޓްސް މިނިސްޓްރީން ގުޅިގެން ބޭއްވުމަށް ލޯންޗްކުރީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅޭ ގޯލްޑް ކަޕް ތާވަލުކޮށްފައި އޮތީ، މި މަހު 20 އިން އަންނަ މަހުގެ 25 އާ ހަމައަށް ކުރިއަށްދާ ގޮތަށެވެ. ނައިންޓީ ޕްލަސް އިން އިއުލާނުކުރި ގޯލްޑް ކަޕްގައި ބައިވެރިވުމަށް ހުޅުވާލައި، މުއްދަތު ހަމަވިއިރު، 22 ޓީމެއް (ރަށެއް ނޫނީ ސިޓީއެއް) ވަނީ ބައިވެރިވެފަ އެވެ.

މުބާރާތް ފަށާ ތާރީހު ގާތްވެފައިވާއިރު، "އަދަދު ސްޕޯޓްސް" އިން ކުރި ސުވާލަކަށް ދިން ޖަވާބުގައި ޝާޒް ބުނީ، މުބާރާތުގައި ބައިވެރިވި ރަށްރަށުގެ ފަރާތުން ލިބެމުން އަންނަ ފީޑްބެކް ވަރަށް ރަނގަޅު ކަަަމަށެވެ.

"ހަގީގަތުގައި ރަށްރަށުން، އަތޮޅުތަކުން ވަރަށް ބޭނުންވެފައި ހުރި ފުރުސަތެއް މި ފަހިކޮށްދެވެނީ، އަތޮޅު ފުޓްބޯޅަ އަށް ހާއްސަކޮށް، ދެން ރާއްޖޭގެ މުޅި ފުޓްބޯޅަ އަށް ވެސް ފައިދާކުރާނެ ފުރުސަތެއް. މި ފަހަރު ބައިވެރިވާ 22 ޓީމުން ވެސް ވަރަށް ބޮޑަށް އެބަ މަސައްކަތްކުރޭ ހަގީގަތުގައި، އެއީ ގަލޮޅު ދަނޑުގައި އަމިއްލަ ރަށް ތަމްސީލްކޮށްލަން ލިބޭ ފުރުސަތެއް މިއީ،" ޝާޒް ބުންޏެވެ.

"ދެން، ހަގީގަތުގައި މުބާރާތް އިތުރު ފޭސްތަކަކަށް ބެހިގެންދާއިރު، އަތޮޅުތަކުގައި ކޮލިފައި ކުޅޭ ގޮތަށް ކުރިއަށް އޮތްތާގައި ހަމަޖެހިގެން ދާ ގޮތަށް މި އޮތީ. މިއީ ވެސް ރަށްރަށުން މި މުބާރާތާ މެދު ޝައުގުވެރިކަން އިތުރުވާ ކަމެއް. އެހެންވީމަ، ވަރަށް ބޮޑު ތަރުހީބަކާ އެކީގައި ކުރިއަށް މި ދަނީ،"

މި ފަަހަރުގެ ގޯލްޑް ކަޕްގައި، ބައިވެރިވެފައިވާ ރަށްތަކަކީ، ހއ. ދިއްދޫ، ހދ. ނޭކުރެންދޫ، ރ. އަލިފުށި، ބ. އޭދަފުށި. ބ. ތުޅާދޫ، ބ. ކެންދޫ، ޅ. ނައިފަރު، ޅ. ހިންނަވަރު، ޅ. ކުރެންދޫ، މާލެ ސިޓީ، ކ. މާފުށި، ކ. ހުރާ، ކ. ގުރައިދޫ، އއ. ތޮއްޑޫ، ފ. ނިލަންދޫ، ދ. މީދޫ، ދ. ކުޑަހުވަދޫ، ތ. ތިމަރަފުށި، ގއ. ދެއްވަދޫ، ގދ. ފަރެސްމާތޮޑާ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ އެވެ.

މުބާރާތުގެ ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ، މި މަހު 12 ވަަނަ ދުވަހު (އަންނަ އަންގާރަ ދުވަހުގެރޭ) ކަމަށް ނައިންޓީ ޕްލަސް އިން ވަނީ މައުލޫމާތުދީފަ އެވެ.

ގޯލްޑް ކަޕްގައި ކުޅޭ ކޮންމެ ޓީމަކަށް ރަށުންބޭރުން ދެ ކުޅުންތެރިއަކު ޓީމުގައި ޖެހޭނެ އެވެ. ރަށުންބޭރުން ޖެހޭ ދެ ކުޅުންތެރިންގެ ތެރޭގައި، ގޯލްޑް ކަޕްގައި ކުޅޭ އެހެން ރަށެއްގެ ކުޅުންތެރިއަކު ވެސް ހިމެނިދާނެ އެވެ. ޝާޒް ބުނީ، އެ ގޮތަށް ގަވާއިދުން ވެސް ޖާގަދިނުމުގެ ބޭނުމަކީ ކުޅުންތެރިއަކަށް ބޭނުން ޓީމަކަށް ކުޅުމުގެ ހައްގު އޮންނާތީ އެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތާއި އެފްއޭއެމް އިން މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްމޭޓްސް)އާ ގުޅިގެން ބާއްވާ އެފްއޭއެމް ޔޫތު ލީގު އެއް ދުވަސްވަރެއްގައި ގަލޮޅު ދަނޑުގައި ކުޅެން ތާވަލުތަކެއް އައުމާ އެކު އެކަމާ ގުޅޭ ފުށުއެރުންތަކެއްގެ މައްސަލަތަކެއްގައި ގިނަ ބަޔަކު ވަނީ ޝުއޫރުފާޅުކޮށްފަ އެވެ. މިހާރު އެ ކަމަށް ހައްލު ހޯދައިފައިވަނީ، ގޯލްޑް ކަޕް ނިމުމުން، ޔޫތު ލީގުގެ މެޗުތައް ގަލޮޅު ދަނޑުގައި ކުޅޭ ގޮތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox