އަތޮޅުތަކުގައި ފުޓްބޯޅަ މުބާރާތް ބާއްވާ ފަރާތްތަކަށް ސުޒޭނުގެ ޝުކުރު

ގައުމީ ޓީމުން އިއްޔެ ބޭއްވި ޕްރެކްޓިހުގެ ތެރެއިން ސުޒޭން.--- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު ސްޕޯޓްސް

ގައުމީ ޓީމުން އިއްޔެ ބޭއްވި ޕްރެކްޓިހުގެ ތެރެއިން ސުޒޭން.--- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު ސްޕޯޓްސް

ރާއްޖޭގެ ފުޓްބޯޅަ އަށް ދިމާވެފައިވާ މި އުނދަގޫ ހާލަތުގައި، ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ހުއްޓިފައި އޮތްއިރު، ރާއްޖޭގެ އެކި އަތޮޅުތަކުގައި ބޭއްވި ފުޓްބޯޅަ މުބާރާތްތަކުގެ ސަބަބުން އޭގެ ފައިދާ ގައުމީ ފުޓްބޯޅަ ޓީމަށް ވެސް ކުރާތީ އެ ކަމަށްޓަކައި، ގައުމީ ކޯޗު އަލީ ސުޒޭން ޝުކުރު އަދާކޮށްފި އެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ އެންމެ ފަހުން އޮތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ގައުމީ ޓީމުން އަހަރަކަށް ފަހު، ބައިނަލްއަގުވާމީ މެޗުތަކެއްގައި އަންނަ މަހު، ބަންގްލަދޭޝްގައި އެ ގައުމާ ދެކޮޅަށް ކުޅޭނެ އެވެ.

ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ އެ މެޗުތަކަށް އިއްޔެ ހަވީރު، ގައުމީ ޓީމުން ވަނީ ޕްރެކްޓިސް ފަށައިފަ އެވެ.

"އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ސުޒޭން ބުނީ، ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ހިމެނޭ މާޒިޔާ އިން އަންނަނީ އޭއެފްސީ ޗެލެންޖް ލީގަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެެހެން ކަމުން އެ ޓީމުން ގައުމީ ޓީމަށް އަންނަ ކުޅުންތެރިންގެ ފިޓްނަސްއާ ކަންކަން ރަނގަޅުވާނެ ކަމަށެވެ.

ދިވެހި ޕްރިމިއާ ލީގުގައި ކުޅޭ ކުޅުންތެރިންނަށް ކްލަބް ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ނެތް ކަމުގައި ވިޔަސް، އެއީ، ހުރިހާ ގޮތަކުން މާޔޫސްވާން ޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ސުޒޭން ފާހަގަކުރި އެވެ.

"އެންމެ ބޮޑަށް ފާހަގަކޮށްލަން ޖެހޭ އެއް ކަމަކީ، އަތޮޅުތަކުގަޔާއި އެކި ގޮތްގޮތަށް ރޭވިގެން ކުޅެވުނު އެކި މުބާރާތްތަކުގައި މި ކުޅުންތެރިން ކުޅެފައި މި ތިބީ. އެހެންވީމަ، ގައުމީ ޓީމަށް އެ ބޭނުންވާ ގޮތަށް އެ ކުޅުންތެރިން ސެޓުކޮށްލުން މި އޮތީ. ދެން ފިޓްނަސް ކޮންމެ ވެސް ވަރަކަށް އެ އަށް އެޓެންޑްވާނެ. ދެން، ފިޓްނަސްގެ އެކަމުގެ ތަޖުރިބާކާރުންނާ އެއްކޮށް. މަސައްކަތްކޮށްގެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ވިއްސަކަށް ދުވަސް ތެރޭގައި ޓީމު ހަމަޔަަކަށް އަޅުވާލެވޭނެ ކަމަށް މި ބަލަނީ،" ސުޒޭން ބުންޏެވެ.

"ދެން މާޒިޔާ، އަންނައިރު، އިރާދަކުރެއްވިއްޔާ މާޒިޔާ ވަަރަށް ރަނގަޅު ފޯމެއްގައި ހަމަ ދެ ވަނަ ބުރަށް ގޮސްގެން އަންނާނެ ކަމަށް އުންމީދުކުރަނީ."

އެންމެ ފަހުން ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖޭން ކުޅުނު ފަސް މެޗަށް ބަލާއިރު ތިން މެޗުން ބަންގްލަދޭޝް މޮޅުވިއިރު، ރާއްޖެ މޮޅުވީ އެއް މެޗުންނެވެ. އަނެއް މެޗު ވަނީ އެއްވަރުވެފަ އެވެ.

އެ ގޮތުން، ރާއްޖެ އަތުން ބަންގްލަދޭޝް މޮޅުވީ، 2021 ވަނަ އަހަރު ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕާއި މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާއި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގަ އެވެ. ރާއްޖެ މޮޅުވީ، 2022 ވަނަ އަހަރު މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގަ އެވެ. އެއްވަރުވީ، މިދިޔަ އަހަރު މާލޭގައި ކުޅުނު ވޯލްޑް ކަޕް ކޮލިފައިން ފުރަތަމަ ލެގުގަ އެވެ.

ސުޒޭން ބުނީ އެންމެ ފަހުން ބަންގްލަދޭޝް އަތުން ބަލިވި މެޗުގައި ޕޮޒިޓިވް ކަންތައްތަކެއް ވެސް ފެނިގެންދިޔަ ކަމަށެވެ.

"އިރާދަކުރެއްވިއްޔާމު، މި ދަނޑިވަޅުގައި ފުޓްބޯޅަ ކިތަންމެ އަޑިއަޅާލައިފައި އޮތް ކަމުގައި ވިޔަސް ގައުމީ ޓީމުގެ ފަރާތުން ހަމަގައިމު ވެސް ކޮންމެ ވެސް ހިނިތުންވުމެއް ގެނެސްދެވޭތޯ އަޅުގަނޑުމެން ހުރިހާ ކުޅުންތެރިންނާ އެކު މަސައްކަތްކުރާނަން. ދެން މީގަ އެއްވެސް އުޒުރެއް ސަބަބެއް ދެއްކުމެއް ނެތް، މި އޮތީ ފުޓްބޯޅަ އަށް ބޮޑު މަސައްކަތެއް ކުރަން ޖެހިފައި، އެހެންވީމަ މި މަސައްކަތް ކުރަން އަޅުގަނޑު މި ނުކުތީ." ސުޒޭން ބުންޏެވެ.

މަތީ ފަންތީގެ ފުޓްބޯޅަ އޮތް ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް ސުޒޭން ބުނީ ހުރިހާ ކަމެއް ގޯސްވެފައި ނެތީ، އަތޮޅު ތެރޭގަައި ކުޅުންތެރިންނަށް ކުޅެން ލިބުނު މުބާރާތްތަކުގެ ސަބަބުން ކަމަށެވެ. ސުޒޭނަށް ވެސް އަތޮޅު ތެރޭގެ ދެތިން މުބާރާތެއް ބަލާލަން ފުރުސަތު ލިބިގެންދިޔަ އެވެ. އޭނާ ފާހަގަކުރީ، އެ މުބާރާތްތަކުގައި އިންތިޒާމް ރަނގަޅުވުމާއި މެޗުތަކުގެ ލެވަލް ވެސް ކުރިއަށް ވުރެ ރަނގަޅު ކަމެެވެ.

"ހަމަ ވަރަށް އިންޓެންސިޓީ ހައިކޮށް ބޭރުގެ ވެސް ކުޅުންތެރިން ތިބެގެން ރަނގަޅު މެޗުތަކެއް ކުޅެލި. ދެން، އަތޮޅުތަކުގައި ވެސް މި އިންތިޒާމްކުރާ ގޮތް ވަރަށް ރަނގަޅު. ވަރަށް ޗެލެންޖިން މެޗުތަކެއް ގިނަ ކުޅުންތެރިން ކުޅެފައި އެ ތިބީ. އެހެންވީމަ، ޖުމްލަކޮށް އެ ކުޅުންތެރިންނަށް އޭގެއިން ބޮޑު ފައިދާއެއް ކުރާނެ." ސުޒޭން ބުންޏެވެ.

"ދެން، ގައުމީ ޓީމަށް އެ ކުޅުންތެރިން ސެޓުކޮށްލުމަކީ އަޅުގަނޑުގެ ޒިންމާ އަކީ. އަނެއްހެން ލީގު ނުކުޅުނު ކަމުގައި ވިޔަސް، ހަމަ ރަނގަޅިު ގިނަ މެޗު މި ކުޅުންތެރިން ކުޅެފައި އެތިބީ. އެކަމަށްޓަކައި، އަޅުގަނޑު، އަތޮޅުތަކުގައި އެ މުބާރާތްތައް އޮގަނައިޒްކުރި ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،"

ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނާއި އެފްއޭއެމް އިން އިއުލާނުކުރި ގޮތުގައި، މި ދެ ގައުމު ކުޅޭ ދެ މެޗު އޮތީ އަންނަ މަހުގެ 13 އާއި 16 ވަނަ ދުވަހު، ބަޝުންދަރާ އެރީނާގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox