ބާސްކެޓްބޯލް އެސޯސިއޭޝަންގެ އަސާސީ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުން ބޭއްވި ހާއްސަ އާންމު ޖަލްސާގެ ތެރެއިން.--- ފޮޓޯ: އެމްބީއޭ

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުން ބޭއްވި ހާއްސަ އާންމު ޖަލްސާގެ ތެރެއިން.--- ފޮޓޯ: އެމްބީއޭ

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި އެސޯސިއޭޝަންގެ ހިންގާ ގަވާއިދަށް ބަދަލުތަކެއް ގެނައުމަށް ފަހު ފާސްކޮށްފި އެވެ.

އެމްބީއޭ އިން ބޭއްވި މި ހާއްސަ ޖަލްސާގައި، މި ގަވާއިދު ފާސްވެގެން ދިޔައީ ޖަލްސާގައި ހާޒިރުވި ފުރިހަމަ މެންބަރުން ކަމަށްވާ 19 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ ތާއިދާއި އެކު އެވެ. އެމްބީއޭގެ ފުރިހަމަ މެންބަރުންގެ ޖުމްލަ އަދަދަކީ 20 އެވެ.

އެ ގޮތުން، ފާސްކުރެވުނު ހިންގާ ގަވާއިދަށް ގެނެވުނު ބަދަލުތައް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ، ފަސް ކަމެއްގެ މައްޗަށެވެ. އެއީ،

Advertisement

•⁠ ⁠އެސޯސިއޭޝަންގެ ކޮމިޓީތަކުގެ އޮނިގަނޑު ބަދަލުތަކެއް ގެނެވުން.

•⁠ ⁠އެސޯސިއޭޝަންގެ ހިންގުން ފަސޭހަ ކުރުމުގެ ގޮތުން އިތުރު ދާއިމީ ކޮމިޓީއެއް އުފެއްދުން.

•⁠ ⁠އެސޯސިއޭޝަންގެ މެންބަރުންގެ ގިންތި ތަކަށް ބަދަލު ތަކެއް ގެނެވި އާ ގިންތި އުފެދުން.

•⁠ ⁠އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އުފެދިގެން އަންނަގޮތަށް ބަދަލު ތަކެއް ގެނައުން.

•⁠ ⁠އެސޯސިއޭޝަންގެ ފުރިހަމަ މެންބަރެއްގެ ހައިސިއްޔަތު ލިބޭނެގޮތް އަދި އެ އަށް އަމަލު ކުރުމަށް ހަތަރު އަހަރުގެ ގްރޭސް ޕީރިއަޑެއް ހިމެނުން. އަދި އެ މާއްދާ އެކްޓިވް ވަންދެއް އަމަލު ކުރަމުންދާނީ މިހާރު ވެސް އަމަލުކުރަމުންދާ ގޮތަށް.

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުން ބޭއްވި ހާއްސަ އާންމު ޖަލްސާގެ ތެރެއިން.--- ފޮޓޯ: އެމްބީއޭ

އެމްބީއޭ އިން މިއަދު މީޑިއާ އަށް ހިއްސާކުރި މައުލޫމާތަށް ބަލާއިރު، އަސާސީ ގަވާއިދަށް މި ބަދަލުތައް ގެންނަން އިއުލާނުކުރެވުނީ، މިި މަހުގެ ތިން ވަނަ ދުވަހު އެވެ. އަދި މެމްބަރުންގެ ލަފަޔާއި ހިޔާލު ހޯދުމަށް، މި މަހު ފަސް ވަނަ ދުވަހު ހުޅުވާލި އެވެ.

ހިޔާލާއި ލަފާ ހުށަހެޅުމަށް ދެވުނު ފުރުސަތުގައި، އެކަމަށް އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭތީ، މި މަހުގެ 14 އާއި 15 ވަނަ ދުވަހު، މި ގަވާއިދުތަކާ ބެހޭގޮތުން، މައުލޫމާތު ސެޝަންތަކެއް މެމްބަރުންނަށް ބޭއްވިގެންދިޔަ އެވެ. އަދި މި ބައްދަލުވުންތަކަށް ފުރިހަމަ މެމްބަރު ކްލަބްތަކުގެ ތެރެއިން، 14 ފަރާތެއް ހާޒިރުވި އެވެ. އަދި އެ ބައްދަލުވުމުގެ ތެރެއިން ހުށަހެޅުނު ކަންކަމަށް ބަލައި، އިސްލާހުތަކެއް އަސާސީ ގަވާއިދަށް ގެނެވުނު، ކަމަށް އެމްބީއޭ އިން ހާމަކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox