ބީޑަބްލިއުއެފް އެއް މުބާރާތަކުން ތިން މެޑަލް: ނަބާ އަށް ޝަރަފެއް!

ބީޑަބްލިއުއެފް އެއް މުބާރާތަކުން ތިން މެޑަލް: ނަބާ އަށް ޝަރަފެއް!

ދާދި ފަހުން ނިމިގެންދިޔަ، ޒެމްބިއާ އިންޓަނޭޝަނަލް 2024، ބެޑްމިންޓަން މުބާާރާތުގައި ވާދަކޮށް، ރާއްޖޭގެ ރިވައިވަލް ސްޕޯޓްސް ކްލަބުން ހޯދި ތިން މެޑަލްގައި ވެސް، ގައުމީ ބެޑްމިންޓަން ޓީމުގެ ފާތިމަތު ނަބާހާ (ނަބާ)ގެ ބައިވެރިވުން އޮތްއިރު، އޭނާ ވެފައި މި ވަނީ ރާއްޖޭގެ ތާރީހުގައި ވެސް ދުނިޔޭގެ ބެޑްމިންޓަން ޖަމިއްޔާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރުހުން ދީފައިވާ އެއް މުބާރާތެއްގައި ތިން މެޑަލް ހޯދި ފުރަތަމަ ދިވެހި އެތުލީޓަށެވެ.

ބެޑްމިންޓަންގައި ވިދަމުން އަންނަ ރާއްޖޭގެ ދެބެން، ނަބާ އާއި އައިމިނަތު ނަބީހާ (ނަބީ) ވަނީ، ޒެމްބިއާ އިންޓަނޭޝަަނަލްގެ އަންހެން ޑަބަލްސް އިން ރަން މެޑަލް ހޯދައިފަ އެވެ. އަދި މިކްސް ޑަބަލްސް އިން ނަބާ ވަނީ ޒަޔާން ޒަކީއާ އެއް ޕެއާއެއްގައި ކުޅެގެން ލޯ މެޑަލް ހޯދައިފަ އެވެ. އަދި އަންހެން ސިންގަލްސްގައި، ނަބާ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

މިއީ، 2019 ވަނަ އަހަރުގެ ފަހުން، ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ލެވަލްގެ މުބާރާތަކުން ރާއްޖޭން ހޯދި ތިން ވަނަ ރަން މެޑަލް އެެވެ. އެ ފަހަރު ރަން މެޑަލް ހޯދީ މިކްސް ޑަބަލްސް އިން ޒަޔާން ޒަކީ އާއި ނަބާގެ ޕެއާ އާއި އަންހެން ޑަބަލްސް އިން ނަބާ އާއި ނަބީގެ ޕެއާ އެެވެ. އެހެންކަމުން، ނަބާ އާއި ނަބީގެ ޕެއާ މި ވަނީ، ބީޑަބްލިއުއެފް ދެ މުބާރާތުން ރަން މެޑަލް ހޯދައިފަ އެވެ.

ނަބާ އާއި ނަބީ ވަނީ މިދިޔަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އަންހެން ޑަބަލްސް އިން ވެސް ރަން މެޑަލް ހޯދައިފަ އެވެ. ޒެމްބިއާގެ މުބާރާތުގެ މި ކާމިޔާބީއާ އެކު، މިހާތަނަށް، ނަބާ އާއި ނަބީގެ ޕެއާ އިން ވަނީ އިންޓަނޭޝަނަލް މުބާރާތްތަކުގެ ޑަބަލްސް އިވެންޓުން، ތިން ރަން މެޑަލާއި، ތިން ރިހި މެޑަލް އަދި ފަސް ލޯ މެޑަލް ހޯދައިފަ އެވެ.

ގައުމީ ބެޑްމިންޓަން ޓީމުގެ ހަރަކާތްތައް މި ވަގުތު މަޑުޖެހިފައި އޮތްއިރު، ރިވައިވަލް ސްޕޯޓްސްއާ ގުޅިގެން މުބާރާތްތަކުގައި ވާދަކުރަމުން އަންނަ ނަބާ، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، މުބާރާތަށް ދިޔައިރު ވެސް ގައުމަށް ރީތި ނަން ހޯދައިދީ ރަން މެޑަލް ހޯދުމަކީ އަމާޒެއް ކަމަށެވެ.

"އަސްލު ޓާގެޓް ކުރި ރިޒަލްޓެއް ނޫން ލިބުނީ، އުންމީދުކޮށްގެން އައީ ތިން އިވެންޓްގެ ވެސް ފައިނަލުގައި ކުޅެ ރަން މެޑަލް ހޯދަން،" ނަބާ ބުންޏެވެ.

"އެކަމަކު ވެސް، ވަރަށް އުފާވެއްޖެ، އަންހެން ޑަބަލްސް އިން ރަން މެޑަލް ލިބުނީމަ. ބީޑަބްލިއުއެފް ސެންކްޝަން މުބާރާތަކުން ފަސް އަހަރު ފަހުން އަނެއްކާ ވެސް ރަން މެޑަލެއް މި ލިބުނީ، އެންމެ ފުރަތަމަ ޕާކިސްތާންގައި ލިބުނު ފަހުން. ވަރަށް އުފާވޭ ވާދަކުރި ތިން އިވެންޓުން ވެސް މެޑަލް ލިބުނީމަ،"

ނަބާ އާއި ނަބީގެ އިތުރުން ރިވައިވަލް ކުޅުންތެރިންނަށް ދެން ކުރިއަށް އޮތީ، މި މަހު 21-24 އަށް އޮތް ބޮޓްސްވާނާ އިންޓަނޭޝަނަލް އެވެ. މިއީ ވެސް ރިވައިވަލް އިން މެޑަލްތަކަކަށް ޓާގެޓްކުރާ މުބާރާތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox