ފުޓްބޯޅައިގެ ހާލަތު އުނދަގޫ ވިޔަސް ތައްޔާރީތަކުން މާޒިޔާ ކޯޗަށް އޮތީ އުންމީދެއް

މާޒިޔާގެ ކޯޗު ޑްރަގަން ޑުކަނޮވިޗް، އެ ކްލަބުން މާލޭގައި ކުރިއަށްދިޔަ ޕްރެކްޓިހެއްގެ ތެރެއިން.-- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

މާޒިޔާގެ ކޯޗު ޑްރަގަން ޑުކަނޮވިޗް، އެ ކްލަބުން މާލޭގައި ކުރިއަށްދިޔަ ޕްރެކްޓިހެއްގެ ތެރެއިން.-- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

އޭއެފްސީ ޗެލެންޖް ކަޕްގައި ވާދަކުރާއިރު، މާޒިޔާ ސްޕޯޓްސް ކްލަބަށް އޮތީ މިދިޔަ ދޮޅު މަހެއްހާ ދުވަހު އެކުގައި ކުރެވުނު ޓްރެއިނިންތަކަށް އިތުބާރުކޮށް ޕޮޒިޓިވްކޮށް ތިބެގެން ހިތްވަރާ އެކު މަސައްކަތްކުރުން ކަމަށް މާޒިޔާގެ ކޯޗު ސާބިއާގެ ޑްރަގަން ޑުކަނޮވިޗް ބުނެފި އެވެ.

ޕްރޯ ލައިސަންސް ކޯޗު، ޑުކަނޮވިޗް ބުނީ، ބޭނުންވި އެންމެ ރަނގަޅަށް ޓްރެއިނިންތައް ނުގެންދެވުނު ކަމުގައި ވިޔަސް، ކުޅުންތެރިން ކުރި ބުރަ މަސައްކަތާ މެދު އޭނާ ހިތްހަމަޖެހޭ ކަމަށެވެ.

"ހަގީގަތަށް ބުނަންޏާ ކުރު މުއްދަތެއްގައި މި ހުރިހާ ކަމެއް މި ކުރީ، އެހެންވީމަ، އެންމެ ޓޮޕް ލެވަލްގައޭ މި ތިބީ. އެހެނެއް ނުބުނެވޭނެ. އެކަމަކު، އަހަރެމެން ކޮންމެ ވެސް ވަރަކަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުނިން، އޭގެއިން ފެނުނު ޓީމު ވެސް މައްޗަށް ހިއްލެމުންދާތަން،" މާލޭގައި މާޒިޔާ އިން ކުރިއަށްގެންދިޔަ އެންމެ ފަހު ޓްރެއިނިން ސެޝަންގެ ތެރެއިން ޑްރަގަން ބުންޏެވެ.

"އުންމީދަކީ އަހަރެމެންނަކީ މި ފަހަރުގެ އޭޝިއާ ކަޕް (އޭއެފްސީ ޗެލެންޖް ލީގު)ގައި އިދިކޮޅަށް ނުކުންނަ ކޮންމެ ޓީމަކަށް ވެސް އުނދަގޫ ބަޔަކަށް ވުން،"

މާޒިޔާގެ ގްރޫޕްގައި ހިމެނޭ ކުވެއިތުގެ އަލް އަރަބި އަކީ އެ ގައުމުގެ ޕްރިިމިއާ ލީގުގެ ރަނަރަޕް އެވެ. އެ ގްރޫޕްގައި ދެން އޮތް، އަކްރަޑަގް އަކީ ތުރުކުމެނިސްތާންގެ ލީގާއި ކަޕް ޗެމްޕިއަންކަން އެންމެ ފަހުން ހޯދި ޓީމެވެ. އަދި ޕްލޭއޮފް ބުރުން އައި ކިރްގިސްތާންގެ އަބްދީޝް އާޓާ، ދެން އެ ގްރޫޕްގައި އޮތްއިރު އެ ޓީމަކީ، އެ ގައުމުގެ އެންމެ ފަހުން ދެ ފަހަރު ވެސް ލީގު ޗެމްޕިއަން ހޯދި ޓީމެވެ.

ޗެލެންޖް ލީގަށް ވަރުގަދަ ކުރުމުގެ ގޮތުން މާޒިޔާ އިން ވަނީ ބިދޭސީ ހަ ކުޅުންތެރިން ޓީމަށް ގެނެސްފަ އެވެ. ޑްރަގަން ބުނީ، އެ ކުޅުންތެރިންނަށް މާޒިޔާ ބޭނުންވާ ހިސާބަށް ދާން އެހީތެރިވެދެވިދާނެ ކަމަށެވެ. އަދި އެ ކުޅުންތެރިންނަށް ކުރިން ޓީމާ ގުޅެވުނު ނަމަ، އެ ކުޅުންތެރިންގެ ބޭނުން އެންމެ ރަނގަޅަށް ހިފުމުގައި، މާ ބޮޑަށް ވެސް ފަސޭހަވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ޑްރަގަން ބުނެފައިވެ އެވެ.

"އެކަމަކު، އެ އަށް ރާއްޖޭގެ ފުޓްބޯޅަ އޮތް ހާލަތު ތަނެއް ނުދޭ. އެއީ، ގައުމީ ލެވަލްގެ މުބާރާތްތަކެއް ނެތް މި ވަގުތުގައެއް. އެއީ، އުނދަގޫކޮށް ހުރި ކަމެއް. އެކަމަކު، އަދިވެސް ޔަގީންކަން އެބައޮތް މި ބިދޭސީ ކުޅުންތެރިންނާ އެކު، އަހަރެމެންގެ ޓީމުގެ ކޮލިޓީ ރަނގަޅު ވެއްޖެ، މި ދެކޭ ހުވަފެން ހަގީގަތަކަށް ހަދަން އެ މީހުންނަށް އެހީވެވޭނެ،" އިންޑޮނޭޝިއާ އާއި ބަންގްލަދޭޝްގައި ވެސް މީގެ ކުރިން މަސައްކަތްކޮށްފައިވާ ޑްރަގަން ބުންޏެވެ.

އޭނާ އަކީ ކޮންމެ ކަމެއްގައި ވެސް އަމިއްލަ އަށް ކަނޑައަޅާ ޓާގެޓް ވަރަށް މަތި ކުރާ މީހެއް ކަމަށް ޑްރަަގަން ވަނީ ބުނެފަ އެވެ. އާންމު ގޮތެއްގައި އެންމެ އުނދަގޫކޮށް ހާލަތު އޮންނަ ވަގުތެއްގައި ރަނގަޅު މަސައްކަތްކުރަން އޭނާ އަމިއްލަ އަށް ހިތްވަރު ހޯދާކަން ފާހަގަކޮށް، ޑްރަގަން ބުނީ، ޕޮޒިޓިވް ވިސްނުމުގައި އޭނާ ހުރެ، އެކަން މުޅި ޓީމުގެ ކުޅުމަށް ގެންނަން ކުރެވުނު ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

"އަހަންނަށް ޔަގީންކަން އެބައޮތް، މެޗުތަކުގައި އަހަރެމެން ޑިސިޕްލިންވާނެ. 100 ޕަސެންޓް. އަހަރެން ދެކޭގޮތުގައި، މި މެޗުތަކުގައި ވަރަށް ރަނގަޅު ކަންކަން ހާސިލްކުރެވޭނެ،" ޑްރަގަން ބުންޏެވެ.

ކުވެއިތުގައި ކުރިއަށްދާ އޭއެފްސީ ޗެލެންްޖް ލީގުގެ ގްރޫޕް ބީގެ މެޗުތަކަށް ބަލާއިރު، މި މަހު 26 ގައި މާޒިޔާ އިން ފުރަތަމަ މެޗަށް ނުކުންނާނީ އަކްރަޑަގާ ދެކޮޅަށެެވެ. ދެ ވަނަ މެޗުގައި އަލް އަރާބީއާ ބައްދަލުކުރާނީ، މި މަހުގެ 29 ގަ އެވެ. އަދި ފަހު މެޗުގައި، ނޮވެމްބަރު އެއް ވަނަ ދުވަހު، އަބްދީޝްއާ ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox