"ގައުމީ ކުޅިވަރު ފަންޑް" ގެ ބޭނުންހިފޭނީ ޒިންމާދާރު ކުރުވައިގެން!

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގެ ތެރެއިން، ސްޕޯޓްސް މިނިސްޓަރު ރާފިއު (ކ) އާއި ރައީސް، ޑރ މުހައްމަދު މުއިއްޒު.--- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގެ ތެރެއިން، ސްޕޯޓްސް މިނިސްޓަރު ރާފިއު (ކ) އާއި ރައީސް، ޑރ މުހައްމަދު މުއިއްޒު.--- ފޮޓޯ: ރައީސް އޮފީސް

ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ)، ކެބިނެޓަށް ހުށަހަޅުއްވައިގެން، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން، "ގައުމީ ކުޅިވަރު ފަންޑް"ގެ މަސައްކަތް ކުރިއަށްގެންދަވަން ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާއިރު، މި ފަންޑުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން، މެނުވީ ރާއްޖޭގެ ކުޅިވަރު ރަނގަޅު މިސްރާބަކަށް ދިއުމަކީ ދުރުގައި އޮތް ކަމެކެވެ.

އެއީ، މީގެ ކުރިން ވެސް ފަށާފައިވާ މި ފަދަ، ސްކޮލަޝިޕް ނޫނީ ފަންޑްތަކުގެ ކަންކަން ކުރިއަށްގޮސްފައި ހުރި ގޮތަށް ބަލާއިރު، މީގެ މަންފާ ރާއްޖޭގެ ކުޅިވަރަށް ޖުމްލަކޮށް ކުރާ މިންވަަރުން ފެންނަން އޮތް ހަގީގަތެވެ.

"...."ގައުމީ ކުޅިވަރު ފަންޑު"ގެ ނަމުގައި ފަންޑެއް ގާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ދިވެހި ކުޅުންތެރިންނާއި އެތުލީޓުން އިތުރުކޮށް، ކުޅިވަރު ކުރިއަރުވައި ތަރައްގީ ކުރުމަށާއި، ދިވެހި ކުޅިވަރު ޖަމާއަތް ނުވަތަ ކުޅިވަރު އާއިލާ ބާރުވެރިކުރުވުމުގެ މަގުސަދުގަ އެވެ." ރައީސް އޮފީހުގެ ވެބްސައިޓުގައި ލިޔެފައިވެ އެެވެ.

މީގެ ތިން މަސް ކުރިން، "އަދަދު ސްޕޯޓްސް" އަށް ސްޕޯޓްސް މިނިސްޓަރު، ރާފިއު ދެއްވި އިންޓަވިއުއެއްގައި ވަނީ "ކުޅިވަރު ފަންޑް"ގެ ވާހަކަތައް ހިއްސާކުރައްވައިފަ އެވެ.

މިނިސްޓަރު ރާފިއު ވިދާޅުވީ، ގެންނަން މަަސައްކަތްކުރަމުން އަންނަ ކުޅިވަރު ގާނޫނުގެ އިސްލާހުގެ ތެރެއިން އެންމެ ބޮޑު ތަފާތެއް ގެނުވާނެ އެއް ކަމަކީ ސްޕޯޓްސް ފަންޑް ކަމަށެވެ.

ސްޕޯޓްސް ފަންޑަކީ އަސްލު މިނިވަން މުސްތަގިިއްލު ގޮތެއްގައި، މިނިސްޓްރީގެ ދަށުން ހިނގާނެ ބައެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"(ސްޕޯޓްސް ފަންޑްގެ) މެމްބަރުންނަކީ އިންޑިޕެންޑެންޓް މެމްބަރުން ނަގައިގެން، ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ބޮޑީއެއް. މީގެ ބޭނުމަކީ ފަންޑް އެކުލަވާލާފައި ސްޕޯޓްސް ޑިވެލޮޕްމަންޓަށް ސްޕެންޑް ކުރުން (ހަރަދުކުރުން) މީގެއިން. އެންމެ މުހިންމު ކަމަކީ ބަޖެޓަށް ލޯޑުކުޑަވާގޮތް ހެދުން. މި ފަންޑަށް އަންނާނީ އެސްއޯއީން ސަޕޯޓް ދިނަސް، އެސްއޯއީން ކްލަބްތަކަށް ނޫނީ ފެޑެރޭޝަން ނޫނީ އެސޯސިއޭޝަނަށް ގިނައިން ދިނުމުގެ ބަދަލުގައި، މި ފަންޑަށް އަންނާނީ. ފަންޑަކީ ސްޕޯޓްސް ޑިވެލޮޕްކުރާ އެތި،" ރާފިއު ވިދާޅުވި އެވެ.

"މިސާލަކަށް އަޅުގަނޑު ކެބިނެޓަށް ހުށަހަޅަން ޕޭޕަރެއް ލިޔެފައި އޮންނާނެ، މިހާރު ފަންޑަށް ލާރި ހޯދާނެ ގޮތެއް، މިސާލަކަށް ހަށިގަނޑަށް ނުރައްކާ ނޫނީ ގެއްލުންދެނިވި މާއްދާތަށް ހިމެނޭ އެއްޗެހީގެ ޑިއުޓީން ވަކި ޕަސަންޓެއް މި ފަންޑަށް އަންނަ ގޮތަށް. އެއީ އަޅުގަނޑުމެން މި އުޅެނީ ހަށިހެޔޮ މުޖުތަމައު އެއް ބިނާކުރަން،"

އެ ގޮތުން، މިހާރު ކުޅިވަރު ކުޅުންތެރިންނަށް ކުރިއަށްގެންދާ "އަރުތަ" ޕްރޮގްރާމް ފަދަ ކަންކަމާއި ގައުމީ ޓީމުތަކުގެ ކޯޗުންގެ ކަންކަން ހަމަޖެއްސުމާއި ކުޅިވަރުގެ މީހުން ބިނާކުރުމުގެ ކަންކަން މައިގަނޑު ގޮތެއްގައި ކުރާނީ މި ފަންޑްގެ ތެރެއިންނެވެ.

ފުރަތަމަ މަޝްވަރާ ކުރެވުނު އެއް ކަމަކީ، ކިޔާނީ ސްޕޯޓްސް ފަންޑް ތޯ ނޫނީ ސްޕޯޓްސް ފައުންޑޭޝަން ތޯ އެވެ.

ރާފިއު ވިދާޅުވީ، ނަމުގެ ގޮތުގައި ފަންޑް ބޭނުންކުރަން ނިންމީ "ރީފައިނޭންސް" ކުރެވޭ މޮޑަލަކަށް ކުރިއަށްގެންދާ ކަމަކަށް ވާތީ އެވެ.

"ފަންޑް ވީމަ ފަސޭހަ އަކީ އެ މެދުވެރިކޮށް ރީ-ފައިނޭންސް ކުރެވޭނެ. ފަންޑްގައި ހުރި ފައިސާ ބޭނުންކޮށްގެން ފައިސާ ޖެނެރޭޓް ކުރެވޭނެ. ކުރެވޭތީވެ މިކަން ކުރަނީ ވެސް، އެހެން ނޫނީ ހަމަ ބަޖެޓަށް ބަރޯސާވާން މި ޖެހެނީ. ބަޖެޓަށް ލުއިކަމެއް ލިބޭނީ މި މޮޑެލް އިންޑިޕެންޑެންޓްވާ ވަރަކަށް. ފަންޑަކީ އޭގެ ޒާތުގައި އޮޕަރޭޓްކުރެވޭ އެއްޗަކަށް ވާން ޖެހޭނެ. ރީފައިނޭންސްކޮށްގެން އެ ލިބޭ ޕްރޮފިޓާ އެކު، ސްޕޯޓްސް ޑިވެލޮޕްމަންޓަށް އިންވެސްޓްކުރުން،" ރާފިއު ވިދާޅުވި އެވެ.

މީގެ ކުރިން ވެސް އެކި ސިފަ ސިފައިގައި ކުޅިވަރު ފަންޑެއްގެ ވާހަކަ ދެކެވުނެވެ. އެކަމަކު، އޭގެ ކުރިން ވުޖޫދުވީ، ކުޅިވަރު ފަންޑެކޭ ދާދި އެއް ކަހަލަ ޒިންމާތަކެއް އުފަލަމުން އަންނަ "އަރުތަ" ޕްރޮގްރާމް އެވެ.

"އަރުތަ" ޕްރޮގްރާމްގެ ތެރެއިން، އެތުލީޓުން/ކުޅުންތެރިންނަށް ކުރު އަދި ދިގު މުއްދަތުގެ ކޮންޓްރެކްޓްތައް ދީފައިހުރީ، ބަލަން ޖެހޭ މިންގަނޑަށް އެކަށީގެންވާ މިންވަރަށް ބެލުމެއް ނެތި ކަމީ މިކަމުގައި ޝާމިލުވާ ގިނަ ބަަޔަލު މިއަދު ވެސް ދައްކަމުން އަންނަ ވާހަކަ އެވެ.

އަދި "އަރުތަ" ޕްރޮގްރާމްގެ ތެރެއިން ކުޅުންތެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި ހުރި ކަމަށް، "އަދަދު ސްޕޯޓްސް"އާ މައުލޫމާތު ހިއްސާކުރި ބައެއް އެތުލީޓުން ވަނީ ބުނެފަ އެވެ. އެހެންކަމުން، އަލަށް މި އަންނަ "ގައުމީ ކުޅިވަރު ފަންޑް" ގެ ކަންކަން ހިންގުމުގައި ވެސް ދެމެހެއްޓެނިވި އުސޫލުތަކެއް ހުރުން ވަރަށް މުހިންމެވެ.

"ހަގީގަތުގައި މިހެން އަންނަ ކުޅިވަރުގެ ފަންޑްތައް، ނޫނީ، އެތުލީޓުންނާ ގުޅޭ ފައިސާއާ ބެހޭ ކަންކަން ކުރާއިރު، އެސޯސިއޭޝަންތަކާއި މި ފައިސާ ހަރަދުކުރެވޭ އެތުލީޓަށް މީގެ ފައިދާ ކުރަނީ ކިހާ މިންވަރަކަށްތޯ ބެލޭނެ ނިޒާމެއް އޮންނަން ޖެހޭ،" ކުޅިވަރުގެ އެޑްމިނިސްޓްރޭޝަނުގައި މަސައްކަތްކުރި ފަރާތެއް، "އަދަދު ސްޕޯޓްސް" އަށް އޭނާގެ ހިޔާލު ހިއްސާކުރި އެވެ.

"ރަނގަޅު ނިޒާމެއްގެ ތެރެއިން، ޖަވާބުދާރީ ކުރުވުމާއި ޕްރޮގްރެސް ފެންނަން އޮންނަ އުސޫލުތަކެއް ފެންނާނެ ގޮތްތަކެއް ވެސް އޮތް ގޮތަކަށް މި ކަހަަލަ ކަންކަން އައިސްގެން ނޫނީ މި ކަހަލަ ކިތަންމެ ފަންޑެއް އައި ކަމުގައި ވިޔަސް، އެންމެ ފަހުން ބަލާއިރު ފެންނާނީ ދެކޮޅު ނުޖެހޭ މައްސަލަތަކެއް،"

އޭނާ، ދެން، މިސާލު ދެއްކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ދެމެދުގައި، އެއްބަސްވުމެއް ހަދައިގެން، ބެޑްމިންޓަން ކުޅުންތެރިޔާ، ނިބާލް އަހުމަދުގެ އޮލިމްޕިކް ސްކޮލަޝިޕް ފައިސާ އަށް އެސޯސިއޭޝަނުން ހިޔާނަތްތެރިވިއިރު، އެ ކަމުގެ މައްސަލަތައް އެކަށޭނެ ގޮތަށް ބެލޭނެ ނިޒާމެއް، ޖަވާބުދާރީ ކުރެވޭނެ ގޮތެއް ފެންނަން ނެތުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox