ދިވެހި ޔޫތު ލީގުން ރާއްޖޭގެ ފުޓްބޯޅަ އަށް ފައިދާކުރާނެ: ސާންތީ

ދިވެހި ޔޫތު ލީގުން ރާއްޖޭގެ ފުޓްބޯޅަ އަށް ފައިދާކުރާނެ: ސާންތީ

އަންނަ ބުރާސްފަތި ދުވަހު ފަށަން ނިންމާފައިވާ ދިވެހި ޔޫތު ލީގުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅަ އަށް ފައިދާކުރާނެ ކަމަށް އެ ލީގުގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަން ނިންމާފައިވާ، މަޝްހޫރު ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެެވެ.

ފުޓްބޯޅަ ކޯޗެއްގެ ގޮތުގައި ވެސް ޔޫތު ޑިވެލޮޕްމަންޓަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދީފައިވާ ސާންތީ ވަނީ، އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރިއިރު، ޔޫތު ލީގެއް ބާއްވައި، ފުޓްބޯޅައިގެ ގްރާސްރޫޓު ރަނގަޅުކުރަން މުހިންމު މަސައްކަތްތަކެއް ކޮށްފަ އެވެ.

ދިވެހި ޔޫތު ލީގުގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި، އެ ލީގުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާ ހަވާލުވުމާ ބެހޭގޮތުން ސާންތީ ބުނެފައިވަނީ، މި ލީގު ބާއްވަން ގަސްދުކުރާ ހައިބަތާއި މި ލީގު ބޭއްވުމުގެ މަގްސަދުގެ ސަބަބުން މި ކަމުގައި ބައިވެރިވުމުގެ ޝައުގުވެރިކަން އުފެދުނީ ކަމަށެެވެ.

"އުންމީދަކީ ރާއްޖޭގެ ފުޓްބޯޅައިގެ ޔޫތު ޑިވެލޮޕްމަންޓަށް ބަލާއިރު ބޮޑު ފިޔަވަޅެއް ކުރިއަށް އެޅޭނެ މުބާރާތަކަށް ދިވެހި ޔޫތު ލީގު ވެގެންދިއުން،" ސާންތީ ބުންޏެވެ.

ޔޫތު ލީގު ކުރިއަށްދާނީ އަށް ކްލަބެއްގެ މެދުގައި، ތިން އުމުރުފުރާ ކެޓަގަރީ އަކުންނެވެ. އެއީ، 12 އަހަރުން ދަށާއި 14 އަހަރުން ދަށް އަދި 16 އަހަރުން ދަށަށެވެ. ބައިވެރިވެފައިވާ ކްލަބްތަކަކީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ޔުނައިޓެޑް ވިކްޓަރީ، ކްލަބް އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި ހުއްރިއްޔާ ސްޕޯޓްސް ކްލަބް (ހުރާ) އެވެ.

ޔޫތު ލީގުގެ ތެރެއިން، ސާންތީ ކުރަން ނިންމާފައިވާ މަސައްކަތްތަކުގެ ތެރެއިން އެއް ކަމަކީ، ހުނަރުވެރި ކުޅުންތެރިން ފާހަގަކޮށް، އެ ކުޅުންތެރިންނަށް ރާއްޖޭގެ ފުޓްބޯޅަ ސިސްޓަމްގެ ތެރެއިން ކުރިއަށްދާން މަގުކޮށައިދީ ގައުމީ އަދި ބައިނަލްއަގުވާމީ ލެވަލްގައި ކެރިއަރެއް ބިނާކުރަން އެހީތެރިވެދިނުމެވެ.

އެ ގޮތުން، ދިވެހި ޔޫތު ލީގުގެ އެންމެ ބޮޑު އެއް މަގުސަދަކީ ކުޅުންތެރިންނަށް ދެމެހެއްޓެނިވި ގޮތެއްގައި މެޗުތަކެއް ކުޅެވޭނެ ގޮތެއް ހޯދައިދިނުން ކަމަށްވާއިރު، ސާންތި ދެކޭގޮތުގައި މިއީ ކުޅުންތެރިން ޑިވެލޮޕްކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަން ޖެހޭ ކަންތައް ކަމަށެވެ.

ކުޅުންތެރިއެއްގެ ކުރިއެރުން ބަރާބަރަށް ވަޒަންކުރެވޭނެ ގޮތަކީ، ގަވާއިދުން މެޗު ކުޅުން ކަމަށާއި އޭރުން ކުޅުންތެރިޔާ ފިޒިކަލީ، މެންޓަލީ، ޓެކްނިކަލީ އަދި ޓެކްޓިކަލީ ޑިވެލޮޕްވާގޮތް ދެނެގަނެވޭނެ ކަމަށް ވެސް ސާންތީ ފާހަގަކުރި އެވެ.

އެންމެ ބޮޑު އުންމީދަކީ، މި މުބާރާތް ފޯރިގަދަ މާހައުލެއްގައި ކުރިއަށް ގޮސް، މިއީ ކޮންމެ އަހަރަކު ވެސް ކުޅުންތެރިންނަށް ކުޅެވޭ މުބާރާތަކަށް ވުން ކަމަށް ވެސް ސާންތީ ބުނެފައިވެ އެވެ. އަދި ކުޅުންތެރިންނަށް އާއިލާ އާއި މި ކަމުގައި ޝާމިލުވެ އުޅޭ އެންމެން ދޭ ސަޕޯޓް ފާހަގަކޮށް، ސާންތީ ބުނީ، ކުޅުންތެރިންނަށް ހިތްހަމަޖެހިގެން ކުޅެ، ފުޓްބޯޅައިން ކުރިއަށްދެވޭނެ ގޮތަށް، ފެއާޕްލޭގެ އުސޫލުތަކާ އެއްގޮތަށް މި މުބާރާތުގެ ކަންކަން ދިއުމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދިނުން މުހިންމު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox